މެންޗެސްޓާ ސިޓީ ދޫކޮށްލުމުގެ ކުރިން އެ ޓީމަށް އަންނަ ސީޒަނުްގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކޮށްދޭން ބޭނުން ވާކަމަށް ކެޕްޓަން ކެވިން ޑި ބްރޭނާ ބުނެފި އެވެ.
މެންޗެސްޓާ ސިޓީ ދޫކޮށްލުމުގެ ކުރިން އެ ޓީމަށް އަންނަ ސީޒަނުްގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކޮށްދޭން ބޭނުން ވާކަމަށް ކެޕްޓަން ކެވިން ޑި ބްރޭނާ ބުނެފި އެވެ.
ފަހަތުން އަރައި 5-2 އިން އިއްޔެ ކްރިސްޓަލް ޕެލަސް ބަލިކުރި މެޗުގައި ޑީބްރޭނާ ވަނީ މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. ސިޓީގެ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްދީ، އޭނާ ވަނީ ޓީމު މޮޅުވި ގޯލު އެސިސްޓް ކޮށްފަ އެވެ.
"މެޗުގެ ހާލަތު ބަދަލު ކޮށްލަން އަވަހަށް ގޯލެއް ޖެހުން އެއީ މުހިއްމު ކަމެއް. އަހަރެންނަކަށް ހިޔެއް ނުވޭ އަހަރެމެން ގޯސް ކޮށް ކުޅެގެން ހެނެއް ކުއްލިއަކަށް ނަތީޖާ އިދިކޮޅަށް ދިޔައީ. އަހަރެން ބޭނުމީ ދިޔުމުގެ ކުރިން ޗެމްޕިއަންސް ލީގު ޖާގައެއް ހޯދައިދޭން،" ޑިބްރޭނާ ބުންޏެވެ.
"މި ކްލަބުގައި އަހަރެން ހުރި 10 އަހަރު ވެސް ޗެމްޕިއަންސް ލީގު ކުޅުނިން، ބޭނުން ވަނީ އަންނަ ސީޒަނަށް ވެސް ކޮލިފައި ކޮށްދޭން."
ޑިބްރޭނާގެ ކުޅުމަށް ކޯޗު ޕެޕް ގާޑީއޯލާ ވެސް ތައުރީފު ކުރި އެވެ. އޭނާ ބުނީ ޑިބްރޭނާ އަކީ އަބަދުވެސް ހާލަތު ބަދަލު ކޮށްލާނޭ ގާބިލުކަން ލިބިފައިވާ ކުޅުންތެރިއެއް ކަމަށެވެ.
"އޭނާއަށް ފައުލް ކޮށްގެން ހިލޭޖެހުން ލިބުނީ، އޭނާ ވަރަށް ވިސްނުން ތޫނު. ގޯލަކާއި އެސިސްޓެއް ކޮށްގެން އޭނާ ވަނީ ޓީމު މޮޅު ވުމުގައި މުހިއްމު ދައުރެއް އަދާކޮށްފައި. ދެ ގޯލު ފަހަތުގައި އޮތުމުން ފަސޭހައެއް ނުވާނެ، އެކަމަކު އަހަރެމެން ޕްލޭނާ އެއްގޮތަށް ކުރިއަށް ދިޔައީ،" ގާޑިއޯލާ ބުންޏެވެ.
އެބެރޭޗީ އެޒީ އާއި ސްރިސް ރިޗަޑްސް 21 މިނިޓު ތެރޭ ޕެލަސް އަށް ދެ ގޯލުގެ ލީޑެއް ހޯދައިދީފައި ވަނިކޮށް، 28 ވަނަ މިނިޓުގައި އިތުރު ގޯލެއް ވެސް ޖެހި އެވެ. ނަމަވެސް މި ފަހަރު ވީއޭއާރުން ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
ފުރަތަމަ ހާފުގައި ސިޓީން ނަތީޖާ އެއްވަރު ކޮށްފައިވެ އެވެ. ފުރަތަމަ ލަނޑު 33 ވަނަ މިނިޓުގައި ހިލޭޖެހުމަކުން ކާމިޔާބު ކޮށްދިނީ ޑި ބްރޭނާ އެވެ. އަދި ތިން މިނިޓު ތެރޭ ނަތީޖާ އެއްވަރު ކުރި ގޯލު ޖަހައިދިނީ، އަނިޔާގައި ހުރި ހާލަންޑްގެ ބަދަލުގައި އެ ޓީމުގެ ކުރި ބަލަހައްޓަމުން އަންނަ އޮމަރު މާމޫޝް އެވެ.
ސިޓީ ލީޑު ނެގި ގޯލު ޖެހީ ދެ ވަނަ ހާފު ފެށިގެން ދެވަނަ މިނިޓު ތެރޭ، ޑިބްރޭނާ ދިން ބޯޅައަކުން މަޓެއޯ ކޮވަސިޗް އެވެ. އަނެއް ދެ ގޯލު ޖެހީ ޖޭމްސް މެކްއަޓީ އާއި ނިކޯއޯރެއިލީ އެވެ. މެކްއަޓީ ގޯލު ޖެހީ ކީޕަރު އެޑަސަން ކުރިއަށް ޖެހި ބޯޅައެއް ހޯދައި ކީޕަރު ކައިރިން ނައްޓައިފަ އެވެ. މިއީ އެޑަސަން ލީގުގައި ކުރި ހަތް ވަނަ އެސިސްޓެވެ.
ސިޓީން ދައްކާލީ ޑިބްރޭނާ އެނބުރި އަތުވެއްޖެކަން
ލީގުގައި ހާލަންޑްގެ 30 ވަނަ ގޯލު ބައިސްކަލް ކިކަކުން
ޓޮޓެންހަމުން އާސެނަލް މާޔޫސް ކޮށްލައިފި
އަނިޔާގެ ސަބަބުން ޑިބްރޭނާ އަށް 10 މެޗު ގެއްލިދާނެ
ޑިބްރޭނާ ކުޅުމާ ދުރަށްދިޔައިރު އަގުއޭރޯ ފިޓްވުމާ ގާތަށް
އެސްޓަން ވިލާ މޮޅުވެ، ޗެލްސީ އަށް ޕްރެޝަރު
"ފޮޑެންގެ މަންމައަށް ފުރައްސާރަކުރުން ބަލައެއްނުގަނެވޭ"
ކެވިން ޑިބްރޭނާ 10 އަހަރަށް ފަހު ސިޓީ ދޫކޮށްލަނީ
ޗެމްޕިއަންސް ލީގުގެ ޖާގަ ވެސް ސިޓީއަށް ގެއްލިދާނެ
ހަތަރު ވަނަ ހޯދުނަސް ވާނީ ބޮޑު ކާމިޔާބަކަށް: ގާޑިއޯލާ