31 ޑިސެމްބަރ 2024
އުރީދޫން އާ އަހަރަށް އިއުލާންކުރި ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް އޮފާތަކުގެ ލިސްޓަށް އާ އެޑްއޮންތަކެއް އިތުރުކޮށްފި އެވެ.
އުރީދޫން އާ އަހަރަށް އިއުލާންކުރި ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް އޮފާތަކުގެ ލިސްޓަށް އާ އެޑްއޮންތަކެއް އިތުރުކޮށްފި އެވެ.
އުރީދޫން ތައާރަފްކުރި "ޕަވާ ސްޕީޑް ޕްރޯ"ގެ ނަމުގައި 125ރ. އަށް އަންލިމިޓެޑް ޑޭޓާއި އާއި ކޯލް 25 ގަޑިއިރަށް ލިބޭ އެޑްއޮންއަކާއި 25ރ. އަށް 25 ޖީބީ ޑޭޓާ އާއި ކޯލް 60 ގަޑިއިރަށް ލިބޭ "ޕަވާސްޕީޑް" އެޑްއޮން އެވެ.
އުރީދޫން މީގެ ކުރިން ވެސް އާ އަހަރަށް ހާއްސަކޮށް އޮފާތަކެއް ވަނީ ތައާރަފްކޮށްފަ އެވެ. އެ އޮފާތަކުގެ ތެރޭގައި ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑްގެ ބައެއް އެޑް އޮންތަކާއި އެކު 175 ޖީބީއާ ހަމައަށް ބޯނަސް ޑޭޓާ 175ރ. އާއި ލިބޭ އޮފާއަކާއި 50 ޖީބީގެ ބޯނަސް ޑޭޓާއާ އެކު ޖުމްލަ 150 ޖީބީ 150ރ. އަށް ފަސް ދުވަހަށް ލިބޭ އޮފާއެއް ހިމެނެ އެވެ.
އުރީދޫން ބުނީ އާ އަހަރަށް އިއުލާންކުރި އޮފާތައް އިތުރުކުރީ ކަސްޓަމަރުންނަށް އާ އަހަރާ ގުޅިގެން ލިބޭ ބަންދު ދުވަސްތަކުގައި އެންމެ ފުރިހަމައަށް ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް ކަމަށެވެ.
އުރީދޫން ވަނީ 2025 ވަނަ އަހަރަށް މޮބައިލް ޑޭޓާގެ އަހަރީ ޕްލޭންއަކާއި 6 މަސްދުވަހުގެ ޕްލޭނަކާއި ތިން މަސް ދުވަހުގެ ޕްލޭނެއް ވެސް ތައާރަފްކޮށްފަ އެވެ. އެ ޕްލޭންތަކާ އެކު އަލަށް ތައާރަފްކުރި އެޑްއޮންތައް އުރީދޫގެ މޮބައިލް އެޕްއިން މިހާރު އެކްޓިވޭޓުކުރެވޭނެ އެވެ.
އުރީދޫން ހުޅުމާލެ ބޮޑު މިސްކިތް އޭސީކުރަނީ
ގޯލްޑަން ފުޓްސަލްގެ ޕްލެޓިނަމް ޕާޓްނަރަކަށް އުުރީދޫ
އެމްފައިސާ ކަސްޓަމަރުންނަށް މެޓަ ކުއެސްޓް 3 ދެނީ
ގޭމިން ފެސްޓިވަލް ފެބްރުއަރީ މަހު ބާއްވަނީ
އުރީދޫން އާ އަހަރަށް ބޮޑެތި އޮފާތަކެއް!
ފަން ރަން އަށް މެޑިކަލް ސަޕޯޓް ދިނީ ޓްރީ ޓޮޕުން
އުރީދޫން ހިލޭ ސައިކަލެއް ހޯދުމުގެ ފުރުސަތު ހަމަވަނީ
6،000 ބައިވެރިންނާ އެކު އުރީދޫން ކާމިޔާބު ދުވުމެއް
އުރީދޫ ފަންރަންގައި ކޮލޮމްބޯ ދެކޮޅު ޓިކެޓް ދެނީ
ކަސްޓަމާ ސަޕޯޓު ދޭން އުރީދޫގެ ވަޓްސްއެޕް އެކައުންޓެއް