Roadha Mihaaru
އުރީދޫން އާ އަހަރަށް ބޮޑެތި އޮފާތަކެއް!

އުރީދޫން އާ އަހަރަށް ބޮޑެތި އޮފާތަކެއް!

26 ޑިސެމްބަރ 2024

އުރީދޫން އާ އަހަރަށް އަމާޒުކޮށް ބޮޑެތި އޮފާތަކެއް ތައާރަފްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދޫން އާ އަހަރަށް އަމާޒުކޮށް ބޮޑެތި އޮފާތަކެއް ތައާރަފްކޮށްފި އެވެ.

އުރީދޫން ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ޑޭޓާ އެޑް އޮންގެ ގޮތުގައި ތައާރަފްކުރި އޮފާތަކުގެ ތެރޭގައި ބޯނަސް ޑޭޓާ ލިބޭ އޮފާއަކާއި ބަންދު ދުވަސްތަކުގައި ކުޑަ އަގަކަށް ބޮޑު އަދަދެއްގެ ޑޭޓާ ލިބޭ އޮފާއެއް ހިމެނެ އެވެ.

"ބޯނަސް ޑޭޓާ" އޮފާއިން ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑްގެ ބައެއް އެޑް އޮންތަކާއި އެކު 175 ޖީބީއާ ހަމައަށް ބޯނަސް ޑޭޓާ ލިބޭނެ އެވެ. އެ ޑޭޓާ އެޑްއޮންތަކުގެ ތެރޭގައި އާޗާ ޕެކްތައް، އުރީދޫ ޑޭޓާ ޕެކްތައް އަދި މަގޭ ޕްލޭންސް ހިމެނެ އެވެ.

"ބޮޑު ޗުއްޓީ އަށް ބޮޑު ޑޭޓާ"ގެ ނަމުގައި ކަނޑައަޅާފައިވާ އޮފާއަކީ 50 ޖީބީގެ ބޯނަސް ޑޭޓާއާ އެކު ޖުމްލަ 150 ޖީބީ 150ރ. އަށް ފަސް ދުވަހަށް ލިބޭ ޕެކޭޖެކެވެ.

މި އެޑްއޮންތައް އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް އެކްޓިވޭޓުކުރެވޭނެ އެވެ.

އުރީދޫން އެ އޮފާތަކުގެ އިތުރުން ކަސްޓަމަރުންނަށް ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ޑޭޓާ އޮފާތަކެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

• އާޗާ އަހަރީ ޕްލޭން

މި ޕްލޭން އަކީ 1.5 ޖީބީ ޑޭޓާ، އަންލިމިޓެޑް އުރީދޫ ކޯލް އަދި އަންލިމިޓެޑް ވައިބާ އާއި އައިއެމްއޯ ޗެޓް މުޅި އަހަރަށް 2025ރ. އަށް ލިބޭ ޕެކޭޖެކެވެ. މި ޕެކޭޖަށް ޖުމްލަ 550 ޖީބީ ޑޭޓާ ލިބޭނެ އެވެ.

• އާޗާ 6 މަހުގެ ޕްލޭން

މި ޕްލޭން އަކީ ދުވާލަކަށް 4.5 ޖީބީ ޑޭޓާ، އަންލިމިޓެޑް އުރީދޫ ކޯލް އަދި އަންލިމިޓެޑް ވައިބާ އާއި އައިއެމްއޯ ޗެޓް 6 މަސް ދުވަހަށް 2025ރ. އަށް ލިބޭ ޕެކޭޖެކެވެ. މި ޕެކޭޖަށް ޖުމްލަ 800 ޖީބީ ޑޭޓާ ލިބޭނެ އެވެ.

• އާޗާ 3 މަހުގެ ޕްލޭން

މި ޕްލޭން އަކީ ދުވާލަކަށް 4.5 ޖީބީ ޑޭޓާ، އަންލިމިޓެޑް އުރީދޫ ކޯލް އަދި އަންލިމިޓެޑް ވައިބާ އާއި އައިއެމްއޯ ޗެޓް 3 މަސް ދުވަހަށް 1100ރ އަށް ލިބޭ ޕެކޭޖެކެވެ. މި ޕެކޭޖަށް ޖުމްލަ 400 ޖީބީ ޑޭޓާ ލިބޭނެ އެވެ.

އުރީދޫން ތައާރަފްކުރި ޕްލޭންތަކާއި އޮފާތައް އުރީދޫ އެޕްއިން އެކްޓިވޭޓުކުރެވޭނެ އެވެ.