08 ޖެނުއަރީ 2025
ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ހުޅުމާލޭ މަސްޖިދުލް ޝައިހް ގާސިމް ބިން އަލްޘާނީ (ހުޅުމާލެ ބޮޑު މިސްކިތް) ގައި އޭސީ ހަރުކޮށް، އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް އުރީދޫއާ ހަވާލުކޮށްފި އެވެ.
ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ހުޅުމާލޭ މަސްޖިދުލް ޝައިހް ގާސިމް ބިން އަލްޘާނީ (ހުޅުމާލެ ބޮޑު މިސްކިތް) ގައި އޭސީ ހަރުކޮށް، އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް އުރީދޫއާ ހަވާލުކޮށްފި އެވެ.
އުރީދޫން ބުނީ، އެ މަސައްކަތް ކުރަނީ އެންޖީއޯ، ގަތަރު ޗެރިޓީއާ ގުޅިގެން ކަމަށެވެ.
ދޯހާގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް ހަމާދީ އާއި ގަތަރު ޗެރިޓީގެ ޗީފް މާކެޓިން އޮފިސަރު އަހްމަދު ފަޚްރޫ އެވެ. އެ ރަސްމިއްޔާތުގައި އުރީދޫ ޗެއަޕާސަން ފާތިމާ ސުލްތާން ކުވާރީ ވެސް ބައިވެރިވެ ވަޑައިގަތެވެ.
ހުޅުމާލޭ ބޮޑު މިސްކިތަކީ 1،800 އަށް ވުރެ ގިނަ މީހުންނަށް ޖާގަ އޮންނަ މިސްކިތެކެވެ. އެ މިސްކިތް ހުޅުވީ 2006 ވަނަ އަހަރު އެވެ.
އުރީދޫއިން ބުނީ މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި ރޯދައިގެ ކުރިއަށް އެ މަސައްކަތް ނިންމާލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މަރާމާތުގެ މަސައްކަތް ކުރިއަށްދާ ދުވަސްވަރު މިސްކިތް ބޭނުންކުރާ މީހުންނަށް ދަތިނުވާނެ ގޮތަކަށް އިންތިޒާމުތައް ރާވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސީއީއޯ ހާލިދު ވިދާޅުވީ، ހުޅުމާލޭގެ އެންމެ ދުވަސްވީ މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ މި މަސައްކަތުގެ ސަބަބުން މި ބަރަކާތްތެރި މައްސަރުގައި ވެސް އަދި އޭގެ ފަހުން ވެސް އަޅުގަނޑުމެންގެ މުޖުތަމައުއަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް." އުރީދޫގެ ސީއީއޯ ވިދާޅުވި އެވެ.
އެމްފައިސާ މެދުވެރިކޮށް ވަގުފު ފަންޑަށް އެހީވަނީ
އުރީދޫގެ ފޯރިގަދަ ކަލަ ރަން ނިންމާލައިފި
އުރީދޫގެ ހިދުމަތް ދޭ މަރުކަޒެއް ހުޅުމާލޭގައި ހުޅުވައިފި
ނަމާދަށް ހުރި އިމާމަށް ހަމަލާދޭން އުޅެނިކޮށް ހައްޔަރު
ހުޅުމާލެ ފޭސް 2ގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރެއް
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަސްތަރީގެ ފާހާނާތައް
އުރީދޫގެ ދައުވަތަކަށް ޕީއެސްޖީގެ ލެޖެންޓް އޮކޯޗާ ރާއްޖެއަށް
ޓެލެކޮމް ދާއިރާގެ ހާއްސަ އެވޯޑެއް އުރީދު އަށް
އުރީދޫގެ "ފަން ރަން" ލ. ގަމުގައި ބާއްވަނީ
އުރީދޫގެ ޑިޖިޓަލް އައިލެންޑަކަށް ނ.ލަންދޫ