Roadha Mihaaru
ހުޅުމާލެ ފޭސް 2ގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރެއް

ހުޅުމާލެ ފޭސް 2 ގައި އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް

22 އޯގަސްޓް 2024

ހުޅުމާލެ ފޭސް 2 ގައި އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ހުޅުމާލެ ފޭސް 2 ގައި އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި އެވެ.

ފޭސް 2 ގައި ހުންނަ ވިނަރެސް ވީ6-ޖީ-03 ފްލެޓުގައި ހުޅުވި މި ސެންޓަރަކީ އެ ސަރަހައްދުގެ ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތްތައް ފޯރުކޮށް ދިނުމުގެ ގޮތުން ހުޅުވި ތަނެކެވެ. އަދި އުރީދޫގެ އެހެން އެކްސްޕީރިއަންސް ސެންޓަރުތަކުން ވެސް ލިބޭ ހުރިހާ ހިދުމަތާއި އެހީތެރިކަން މި ސެންޓަރުން ލިބޭނެ އެވެ.

އުރީދޫން ހުޅުވި އެކްސްޕީރިއަންސް ސެންޓަރުގެ އެތެރެ.

އުރީދޫން ހުޅުވި އެކްސްޕީރިއަންސް ސެންޓަރުގެ އެތެރެ.

ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދީ އުރީދޫގެ ހިދުމަތްތަކާ ގުޅޭގޮތުން ފަސޭހައިން މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ހުޅުވި މި ސެންޓަރުން ސިމް ކާޑު ރަޖިސްޓްރީ ކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޑިވައިސް ގަތުމާއި ޕާސަނަލައިޒްޑް ކަސްޓަމާ ސަޕޯޓް ފަދަ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ލިބޭނެ އެވެ. އަދި މި ސެންޓަރުން އިންޕާސަން ހިދުމަތްތަކާއި އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތައް ކަމަށްވާ އެމް-ފައިސާ މޮބައިލް ޕޭމަންޓާއި އުރީދޫ އެޕް ބޭނުން ކުރާނެ ގޮތުގެ އިރުޝާދު ވެސް ކަސްޓަމަރުންނަށް އެ ސެންޓަރުން ލިބޭނެ އެވެ.

އުރީދޫން ބުނީ މި ސެންޓަރުގައި އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު ކަސްޓަމަރުންނަށް ބޭނުންވާ ޓެލެކޮމިއުނިކޭޝަން ބޭނުންތަކަށް އެހީތެރިކަން ދިނުމަށް ތަމްރީނަށް ލިބިފައިވާ ފަންނުވެރިންގެ ޓީމެއް ހަރަކާތްތެރިވާނެ ކަމަށެވެ.

މި ސެންޓަރު ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 9 އިން މެންދުރު 12 އަށް އަދި މެންދުރު 1 އިން ހަވީރު 4 އާ ހަމައަށެވެ.