Roadha Mihaaru
އުރީދޫން ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވަނީ

ކުޑަކުދިންގެ ދުވަސް ފާހަގަކުރަން އުރީދޫން ކުޑަކުދިންގެ ހަވީރެއް

20 ނޮވެމްބަރ 2021

ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަން އުރީދޫން ކުޑަކުދިންގެ ހަވީރެއް ބާއްވަން މިއަދު ތައްޔާރުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަން އުރީދޫން ކުޑަކުދިންގެ ހަވީރެއް ބާއްވަން މިއަދު ތައްޔާރުވެއްޖެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ، ހިޔާ ފްލެޓްތައް ސަރަހައްދުގައި ހަވީރު 4:00-6:00 އަށް ކުރިއަށް ގެންދާ މި ހަވީރުގައި ކުޑަކުދިންނަށް ހާއްސަ ގިނަ ގޭމުތަކެއް އުރީދޫން ވަނީ ރާވައިފަ އެވެ. އެހެންވެ ވީހާ ވެސް ގިނަ ބަޔަކު ކުޑަކުދިންނާއެކު މި ހަވީރުގައި ބައިވެރިވާން އުރީދޫން ދައުވަތު ދެ އެވެ.

ކޮންމެ އަހަރެއްގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން އުރީދޫން ތަފާތު ހަރަކާތްތައް ހިންގަ އެވެ. އެގޮތުން، އުރީދޫގެ އޮފީސްތައް ހުންނަ ރަށްތަކުގައި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތައް ބޭއްވުމާއި ހަދިޔާ ބެހުން ފަދަ ހަރަކާތްތައް ކުރިން ވެސް ވަނީ ބާއްވައިފަ އެވެ.