Roadha Mihaaru
ކުޑަކުދިންގެ ދުވަހުގެ "އުފާ ފެސްޓިވަލް" ހަވީރު ފަށަނީ

ކުޑަކުދިންގެ ދުވަހުގެ "އުފާ ފެސްޓިވަލް" މިއަދު ހަވީރު ފަށަނީ

10 މެއި 2024

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އުރީދު އާއި ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އަދި އެޗްޑީސީ ގުޅިގެން ބާއްވާ "އުފާ ފެސްޓިވަލް" މިއަދު އޮންނާނެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އުރީދު އާއި ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އަދި އެޗްޑީސީ ގުޅިގެން ބާއްވާ "އުފާ ފެސްޓިވަލް" މިއަދު އޮންނާނެ އެވެ.

މި ފެސްޓިވަލް އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. ދެ ދުވަހުގެ މި ފެސްޓިވަލް އޮންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ.

މިއީ އާއިލާއާ އެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭ ގޮތަށް ރާވާފައިވާ ފެސްޓިވަލެކެވެ. ފެސްޓިވަލުގައި މުނިފޫހިފިލުވުގެ ގިނަ ހަރަކާތްތަކާއި އެކި ގޭމުތަކާއި ކުޅިވަރު ހިމެނޭ ގިނަ ސްޓޯލްތަކެއް ހުންނާނެ އެވެ.

ފެސްޓިވަލުގެ ފޯރި އިތުރަށް ގަދަކުރުމުގެ ގޮތުން މާދަމާ ފެސްޓިވަލުގައި އުރީދޫން ފެންކުޅި އަދި ފޯމް ޕާޓީއެއް ބާއްވާނެ އެވެ. މި ޕާޓީގައި އަމިއްލަ ފެންބަޑި ހިފައިގެން އައިސް ބައިވެރިވެވޭނެ އެވެ. މި ހަރަކާތް އޮންނާނީ މާދަމާގެ ހަވީރު 4 އިން 6 އަށެވެ.

ފެސްޓިވަލުގައި މާދަމާ ރޭ 8 ޖަހާއިރު މޫވީ ނައިޓެއް ވެސް އުރީދޫން ވަނީ ރާވައިފަ އެވެ. މި މޫވީ ނައިޓުގައި ދެއްކުމަށް ހަމަޖެހިފައިވަނީ "ވުޑީ ވުޑްޕެކަ ގޯޒް ޓު ކޭމްޕް" ފިލްމެވެ.

އުރީދޫން ބުނީ، ފެސްޓިވަލުގެ މަގުސަދަކީ ކުޑަކުދިންގެ ދުވަހުގެ ފޯރި އިތުރަށް ގަދަކޮށް، އެ ދުވަހު ކުދިންނަށް ތަފާތު މަޖާ ތަޖުރިބާއެއް ހޯދައިދިނުން ކަމަށެވެ.