Roadha Mihaaru
އުރީދޫގެ ހެޑްކުއާޓަރު އަޅަން ހުޅުމާލެއިން ބިމެއް ދީފި

އުރީދޫގެ ހެޑްކުއާޓަރު އަޅަން ހުޅުމާލެއިން ބިމެއް ދީފި

23 މާޗް 2017

‎އުރީދޫ މޯލްޑިވްސްގެ ހެޑްކުއަޓަރު އަޅަން ހުޅުމާލެއިން ބިމެއް ދޫކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

‎އުރީދޫ މޯލްޑިވްސްގެ ހެޑްކުއަޓަރު އަޅަން ހުޅުމާލެއިން ބިމެއް ދޫކޮށްފި އެވެ.

ބިން ހަވާލުކުރުމުގެ ހާއްސަ އެއްބަސްވުމެއްގައި އުރީދޫ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސީއީއޯ ވިކްރަމް ސިންހާ އެވެ. އެޗްޑީސީ ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.

އުރީދޫގެ ހެޑްކުއާޓަރު އެޅުމަށް ބިން ދޫކުރީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ދެކުނުން ނެވެ.

އުރީދޫން ބުނީ ‎ރާއްޖޭގައި ހިންގާ ބޮޑެތި ކުންފުނިތަކުގެ ތެރެއިން، ހުޅުމާލޭގައި ހެޑްކުއާޓަރު ގާއިމްކުރާ އެންމެ ފުރަތަމަ ކުންފުންޏަށް ވުމުގެ އިތުރުން، އުރީދޫ ވެގެންދާނީ ހުޅުމާލޭގައި މައި ހެޑްކުއާޓަރު ގާއިމް ކުރާ ފުރަތަމަ މަލްޓި ނެޝަނަލް ކުންފުންޏަށް ކަމަށެވެ.

އުރީދޫގެ ހެޑްކުއާޓަރު އެޅުމަށް ހުޅުމާލެއިން ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އުރީދޫގެ ސީއީއޯ ވިކްރަމް (ކ) އަދި އެޗްޑީސީގެ އެމްޑީ ސައިމަން ސަލާމްކުރައްވަނީ. ފޮޓޯ: އުރީދޫ

އުރީދޫގެ ހެޑްކުއާޓަރު އެޅުމަށް ހުޅުމާލެއިން ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އުރީދޫގެ ސީއީއޯ ވިކްރަމް (ކ) އަދި އެޗްޑީސީގެ އެމްޑީ ސައިމަން ސަލާމްކުރައްވަނީ. ފޮޓޯ: އުރީދޫ

‎އުރީދޫގެ ސީއީއޯ ވިދާޅުވީ ހުޅުމާލޭގައި އެ ކުންފުނީގެ ހެޑްކުއާޓަޒް ގާއިމްކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ ފަހުގެ ޓެކްނޮލޮޖީގެ ފަސޭހަކަން ލިބިދީފައިވާ މަސައްކަތްކުރާ ހިތްވާ ކަހަލަ މާހައުލެއް މުވައްޒަފުންނަށް ގާއިމްކޮށްދީގެން މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކޮށް، ހުނަރުތައް ތަރައްގީކުރުމާއި އެކު ރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި ހިދުމަތްތައް ފޯރުކޮށްދިނުމަށް މުވައްޒަފުން ކުރާ މަސައްކަތް އިތުރަށް ފުރިހަމަވެގެންދިއުން. ހުޅުމާލޭގައި މި އިމާރާތް ބިނާކުރަން އަޅުގަނޑުމެން ބޭނުންވަނީ ޑިޖިޓަލް އިނޮވޭޝަން ހަބެއް ގޮތުގައި. މިގޮތުން ޒުވާނުންނަށް ހާއްސަކޮށްގެން ޒަމާނީ ބިޒްނަސް އިންކިއުބޭޓަރެއް ބިނާކުރުމަށް ވެސް މި އިމާރާތުން ޖާގައެއް ކަނޑައެޅިފައިވާނެ،" ސިއީއޯ ވިދާޅުވި އެވެ.

އެ ކުންފުނިން ބުނީ ‎އުރީދޫގެ އަމާޒަކީ މުވައްޒަފުންނާއި ގުޅޭ، މަސައްކަތް ކުރަން ދާހިތްވާ ފަދަ މާހައުލެއްގެ ގޮތުގައި އާ ހެޑްކުއާޓަރު ބިނާކުރުން ކަމަށެވެ. އެ ގޮތުން އެ އިމާރާތުގައި ކެފޭއަކާއި ފިޓްނެސް ސެންޓަރަކާއި އުރީދޫގައި މަސައްކަތް ކުރާ މައިންބަފައިންގެ ފަސޭހައަށް ގާއިމްކުރެވޭ ޑޭކެއާ ސެންޓަރެއް ވެސް ހިމެނޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

‎"އުރީދޫގެ ފްލޭގްޝިޕް ބިލްޑިންގް ވެގެންދާނީ އެންމެ ޒަމާނީ، އަދި ހަމަ އެހެންމެ މުވައްޒަފުންނަށް ފަސޭހަޔާއި ހިތްހަމަޖެހުމާއި އެކު މަސައްކަތް ކުރެވޭނެ ފަދަ މާހައުލަކަށް. ހުރިހާ ފަންތިއެއްގެ މުވައްޒަފުންވެސް އެކުގައި އެންމެ ފުރިހަމަގޮތުގައި މަސައްކަތް ކުރުމަށް ފަސޭހަކޮށްދޭނެ 'އޯޕަން އޮފީސް ކަލްޗަ' އެއް ބިނާ ކުރުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒު،" އުރީދޫގެ ޑިރެކްޓަރު ހިއުމަން ރިސޯސަސް މުހައްމަދު ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އޮފީސް ބިލްޑިންގައި ގާއިމްކުރާ ޑޭކެއާ ސެންޓަރާއި ކުޅިވަރާއި މުނިފޫހިފިލުފިލުވުމުގެ ހާއްސަ ފެސިލިޓީތައް ވެގެންދާނީ އުރީދޫ މުވައްޒަފުންގެ އާންމު ދިރިއުޅުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށް ކަމަށެވެ. އަދި އުރީދޫ އަކީ ރާއްޖޭގެ އެންމެ މަގުބޫލް އެމްޕްލޯޔަ ބްރޭންޑް ކަމަށް ހެދުމަށް ކުރާ މަސައްކަތަށް، މި ޕްރޮޖެކްޓްގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ ފްލޭގްޝިޕް ބިލްޑިންގް ބިނާ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި އެކުންފުނިން މަސައްކަތް ކުރާނީ ކުރިޔަށް އޮތް 18 މަސްދުވަސް ތެރޭގައި ހެޑްކުއާޓަރުގެ މަސައްކަތް ނިންމުމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.