ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ބައިތިއްބާނެ ތަނެއް ހެދުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށައިފި އެވެ.
29 ޖޫން 2022
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ބައިތިއްބާނެ ތަނެއް ހެދުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށައިފި އެވެ.
ހުޅުމާލޭގައި ހަދާ އެތަނާ ބެހޭ ގޮތުން އެޗްޑީސީން މިއަދު ބުނީ، ގެވެށި އަނިޔާ ލިބޭ މީހުން ރައްކާތެރިކަމާ އެކު ބޭތިއްބުމަށް ވަކި ހާއްސަ ތަނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެތަން ހުޅުވާނެ ކަމަށެވެ.
އެ މަރުކަޒު ހަދަނީ އަނިޔާ ލިބޭ މީހާ އަށް ފަރުވާދެވޭނެ ވަސީލަތްތަކާ ވެސް އެކުގަ އެވެ. އެކަމަކު، އެ ތަން ގާއިމުކުރަނީ ހުޅުމާލޭގެ ކޮން ސަރަހައްދެއްގައި ކަމެއް އަދި ސާފެއް ނުވެ އެވެ.
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ގާނޫނީ އެހީތެރިކަމާ އެކު ކައުންސިލިންގެ ހިދުމަތް ވެސް އެ މަރުކަޒުން ލިބޭނެ އެވެ.
"ގެވެށި އަނިޔާ ލިބޭ މީހުންގެ މަރުކަޒު ތަރައްގީކުރަނީ އެންމެ ރަނގަޅު ސާވިސްއާ އެކު، އަނިޔާ ލިބޭ މީހާ އަށް ފަރުވާ ލިބި، އިތުރަށް ދިރިއުޅުމުގައި ކުރިއަށް ދެވޭނެ ގޮތަށް،" އެޗްޑީސީން ބުންޏެވެ.
އެތަނަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގައި، ޖެންޑާ މިނިސްޓްރީން ހަދާ ތަނެކެވެ.
A Domestic Violence Shelter is coming soon in Hulhumalé.
— HDC (@hdcmaldives) June 29, 2022
It’s a safe horizon for domestic violence fighters, equipped with the best of services for them to heal, grow and find success in their lives. @MoGFSSmv #HDCProjects pic.twitter.com/dwmQhvgkIq
އެއީ ގެވެށި އަނިޔާ ލިބޭ މީހުންނަށް އެހީތެރިކަން ދިނުމަށް ރާއްޖޭގައި ހާއްސަކުރާ ފުރަތަމަ މަރުކަޒެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް ގިނަ އެެވެ. އެންމެ ފަހުން އެ މިނިސްޓްރީން އާންމުކުރި އޭޕްރީލް މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މަހު އެކަނިވެސް ގެވެށި އަނިޔާގެ 31 މައްސަލައަކާއި ގެވެށި އަނިޔާގެ އަމަލެއް ހިންގާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލައެއް ރިޕޯޓް ކޮށްފައިވެ އެވެ.
ގެވެށިއަނިޔާ ލިބޭ މީހުންގެ މަރުކަޒު ހަދަން ބިން ދީފި
ކުޑަކުދިންގެ ދުވަހުގެ "އުފާ ފެސްޓިވަލް" ހަވީރު ފަށަނީ
ކުލި ނުދައްކާ ފްލެޓްތަކަށް ނޯޓިސް ފޮނުވަން ފަށައިފި
ހުޅުމާލެއިން އާބަން ފާމިންއަށް 18 ބިމެއް ދީފި
ހުޅުމާލޭގެ އާ މާސްޓަޕްލޭނަށް އާންމުންގެ ހިޔާލު ހޯދަނީ
ހިޔާ 2 ގެ އާ ލިފްޓުތައް ބޭނުންކުރަން ފަށައިފި
ހުޅުމާލެ ރަމްޒުކޮށްދޭ 100 މީޓަރު އުސް ޓަވަރެއް
"ކުންފުނިތަކަށް ބަދަލުތައް ގެންނަން، ފައިދާ ފެނޭ"
މާސްޓަޕްލޭނަށް ބަދަލު ގެނައީ ބަނދަރުގެ ޖާގަ ކުޑަވާތީ
ހުޅުމާލޭގެ މާސްޓަޕްލޭނަށް ބަދަލު ގެެނެސް އާންމުކޮށްފި