އުރީދޫގެ މި އަހަރުގެ ފޯރިގަދަ ކަލަ ރަން ހުޅުމާލޭގައި މިއަދު ނިންމާލައިފި އެވެ.
30 ނޮވެމްބަރ 2019
އުރީދޫގެ މި އަހަރުގެ ފޯރިގަދަ ކަލަ ރަން ހުޅުމާލޭގައި މިއަދު ނިންމާލައިފި އެވެ.
ހަވީރު 3:30 އިން 6:00 އަށް ކުރިއަށް ގެންދިޔަ ފަސް ކިލޯ މީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ މީހުންނާއި އާއްމުކޮށް ދުވާ މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް އޮތް މަޖާ ހަރަކާތެކެވެ.
ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރެ އެވެ. މި އަހަރުގެ މި ހަރަކާތުގައި 5،000 ވުރެ ގިނަ މީހުން ބައިވެރިވި އެވެ.
މިއަދު ހަވީރު ހުޅުމާލޭގައި އޮތް އުރީދޫ ކަލަ ރަންގެ ތެރެއިން.
އުރީދޫ ކަލަ ރަން އިތުރަށް ފޯރިގަދަކޮށް ގިނަ ބަޔަކު ބައިވެރި ކުރުމަށްޓަކައި "އުރީދޫ މޫދު މަޖާ" އާއި "އުރީދޫ ކައިޓް ފެސްޓިވަލް" އިއްޔެ ބާއްވާފައިވެ އެވެ. މި ހަރަކާތްތައް ނިންމާލުމުގެ ގޮތުން މިރޭ ކަލަ ރަން މިއުޒިކް ފެސްޓީވް އޮންނާނެ އެވެ.
މި ހަރަކާތުގައި ރާއްޖޭގެ ކުޅަދާނަ މިއުޒިކީ ފަންނާނުން ބައިވެރިވާނެ އެވެ. އެގޮތުން ހަބޭސް ބޮޑުބެރު، މޫޝާން އަދި ޒަކިއްޓެގެ އިތުރުން އެހެން އާޓިސްޓުން ފެންނާނެ ކަމަށް އުރީދޫން ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި، މި އަހަރުގެ ކަލަ ރަން ހަރަކާތަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އަދި ކުރިއަށް އޮތްތަނުުގައި ވެސް މި ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.
އުރީދޫން ހުޅުމާލެ ބޮޑު މިސްކިތް އޭސީކުރަނީ
އުރީދޫގެ ހިދުމަތް ދޭ މަރުކަޒެއް ހުޅުމާލޭގައި ހުޅުވައިފި
އުރީދޫން އިންޓަ ރިސޯޓު އީސްޕޯޓްސް ނިންމާލައިފި
އުރީދޫގެ ހިދުމަތް ދިނުމުގައި ކުޑަކުދިން ބައިވެރިވެއްޖެ
އުރީދޫ، އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރު ކުރަނީ
ހުޅުމާލެ ފޭސް 2ގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރެއް
އުރީދޫގެ ދައުވަތަކަށް ޕީއެސްޖީގެ ލެޖެންޓް އޮކޯޗާ ރާއްޖެއަށް
ޓެލެކޮމް ދާއިރާގެ ހާއްސަ އެވޯޑެއް އުރީދު އަށް
އުރީދޫގެ "ފަން ރަން" ލ. ގަމުގައި ބާއްވަނީ
އުރީދޫގެ ޑިޖިޓަލް އައިލެންޑަކަށް ނ.ލަންދޫ