އުރީދޫ ނޭޝަން އިންޓަ ރިސޯޓް އީސްޕޯޓްސް ޓޯނަމަންޓް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
އުރީދޫ ނޭޝަން އިންޓަ ރިސޯޓް އީސްޕޯޓްސް ޓޯނަމަންޓް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
ރާއްޖޭގެ ދިހަ ރިސޯޓަކުން 16 ޓީމު ވަނީ އެ މުބާރާތުގައި ބައިވެރިވެފަ އެވެ. ރާއްޖޭގައި ވެސް ބޭއްވި ފުރަތަމަ އީ ސްޕޯޓްސް ޓޯނަމަންޓުގައި ޓީމުތައް ވާދަކޮށްފައިވަނީ މަގުބޫލު ދެ ގޭމެއް ކަމަށްވާ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީ މޯބައިލްގަ އެވެ.
އެ މުބާރާތަށް ހޫނު ތަރުހީބެއް ރިސޯޓްތަކުން ލިބިފައިވާ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫގެ ގޭމް މުބާރާތުގެ ވަނަތަކަށް ދިޔަ ފަރާތްތައް -- ފޮޓޯ: އުރީދޫ
އުރީދޫ ނޭޝަންގެ މަގުސަދަކީ ރާއްޖޭގައި މިހާރު އޮތް އީ ސްޕޯޓްސް ކޮމިއުނިޓީ ބާރުވެރިކޮށް، ވާދަވެރިކަމާއި އެކުވެރިކަމާ އެކު ގޭމް ކުޅެ އެ ދާއިރާގައި ކުރިއަށް ދެވޭނެ މާހައުލެއް ގާއިމުކުރުން ކަމަށް އުރީދޫން ބުންޏެވެ.
އެ ދެ މުބާރާތުގެ ތެރެއިން މޯބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) ގެ އެއް ވަނަ އަށް ހޮވުނީ ޖޯލި ބިންގް އެވެ. ދެވަނައަށް ހޮވުނީ ވޯލްޑޯޕް އެސްޓޯރިއާ މޯލްޑިވްސް އެވެ. އަދި ތިން ވަނައަށް ވެސް ހޮވުނީ ޖޯލި ބިންގް އެވެ. ޕަބްޖީ މޯބައިލް މުބާރާތުގެ އެއްވަނައަށް ހޮވުނީ ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސް އެވެ. ރަނަ-ރަޕް އަށް ނިޔަމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް ހޮވުނު އިރު ސަމަ އައިލެންޑް މޯލްޑިވްސް ވަނީ ތިން ވަނައަށް ހޮވިފަ އެވެ.
އުރީދޫ ގޭމް މުބާރާތް
އެ މުބާރާތުގެ އެއް ވަނަ އަށް ހޮވުނު ފަރާތަށް 5،000ރ. ލިބިފައިވާ އިރު ދެވަނައަށް ހޮވުނު ފަރާތްތަކަށް 3،000ރ. އަދި ތިން ވަނަ އަހަރު ފަރާތްތަކަށް 2،000ރ. އިނާމެއް ލިބުނެވެ.
މި މުބާރާތް ބޭއްވިފައިވަނީ މުޅިން އޮންލައިންކޮށްނެވެ. އެގޮތަށް ރޭވިފައިވަނީ ރާއްޖޭގެ ކޮންމެ ހިސާބަކުން ބައިވެރިވާން ބޭނުންވިޔަސް އެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގަ އެވެ. އުރީދޫ ނޭޝަނުން މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ އެކި ހިސާބުގައި އުފެދިފައިވާ އީސްޕޯޓްސް ކުޅުންތެރިން އެއް ޕްލެޓްފޯމަކަށް ގެނެސް، ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވާދަކުރުމަށް ގިނަ ފުރުސަތުތަކެއް ހުޅުވައިދިނުމަށް ކަމަށް އުރީދޫން ބުންޏެވެ.
ޓެލެކޮމް ދާއިރާގެ ހާއްސަ އެވޯޑެއް އުރީދު އަށް
އުރީދޫގެ ޑިޖިޓަލް އައިލެންޑަކަށް ނ.ލަންދޫ
އުރީދު އަށް 18: ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް
އުރީދޫ ޕާސްޕޯޓް ސިމް ކާޑުތަކުން ބޮޑު ޑިސްކައުންޓް
އުރީދޫން "އިސްރަށްވެހިޕްލޭން" ޕެކޭޖެއް ތައާރަފްކޮށްފި
އުރީދޫގެ އަންނަ އަހަރުގެ ކަލަންޑަރުގައި ކަނޑުގެ ދިރުން
އުރީދޫން ކުޅުދުއްފުއްޓާއި ސިންގަޕޫރާއި ޔޫރަޕް ގުޅާލަނީ
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރަކަށް ނިޔާޒް
އުރީދޫ 5ޖީގެ ހިދުމަތް ސެމްސަންގް އެސް21 އަށް ދީފި
އުރީދޫން އިންޓަނެޓް ސޭފްޓީ ކެމްޕޭނެއް ފަށައިފި