Roadha Mihaaru
އުރީދު އަށް 18: ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް

އުރީދު އަށް 18: ކަސްޓަމަރުންނަށް ވަރަށް ހާއްސަ އޮފާތަކެއް!

01 އޯގަސްޓް 2023

މިއަދު ފާހަގަކުރާ އުރީދޫގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.

މިއަދު ފާހަގަކުރާ އުރީދޫގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.

އެ ހަތަރު އޮފާގެ އިތުރުން އުރީދޫން މިއަދު ވަނީ އެ ކުންފުނީގެ އާ ފައިބާ ސުޕަނެޓް ޕްލޭނެއް ވެސް ތައާރަފްކޮށްފަ އެވެ. އެ ޕްލޭންގެ ބޭނުމަކީ ތްރޮޓުލް ނުވެ ނުވަތަ އިންޓަނެޓް ސްޕީޑަށް ބަދަލު ނައިސް އިންޓަނެޓް ފޯރުކޮށްދިނުން ކަމަށް ރާއްޖޭގައި ކާމިޔާބުކަމާ އެކު މުވާސަލާތީ ހިދުމަތް ދިނުމުގައި 18 އަހަރު ހޭދަކޮށްފައިވާ އުރީދޫން ބުންޏެވެ. އެ ޕްލޭންގެ ދަށުން މުޅި މަހު 18 އެމްބީޕީއެސް ސްޕީޑާ އެކު މެދުނުކެނޑި އިންޓަނެޓް ގެ ހިދުމަތް ލިބޭނެ އެވެ. އެ ޕްލޭނަށް މަހަކު ދައްކަން ޖެހެނީ 599ރ. އެވެ.

އުރީދޫން ބުނީ ޕްލޭން ފަރުމާކުރީ މެދުކެނޑުމެއް ނެތި އިންޓަނެޓް ބްރައުޒްކޮށް، ސްޓްރީމްކޮށް އަދި ގޭމް ކުޅޭ މީހުންނަށް ވެސް އެކަށީގެންވާ ގޮތަކަށް ކަމަށެވެ.

އުރީދޫން ވަނީ އެއްފަހަރާ ގިނަ މަސްތަކަށް އުރީދޫ ޕޯސްޓްޕެއިޑް ބިލް ދައްކައިގެން ޑިސްކައުންޓު ލިބޭ އޮފާއެއް ވެސް ތައާރަފްކޮށްފަ އެވެ. މިގޮތަށް ގިނަ ބިލްތަކަށް ފައިސާ ދެއްކުމުން ޑިސްކައުންޓްގެ އިތުރުން ބޯނަސް ޑޭޓާ ވެސް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ. އުރީދޫ އާޗާ ޕޯސްޓްޕެއިޑް އަދި ނެޓްހެޔޮ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއްފަހަރާ 3 މަހަށާއި 6 މަހާއި އެއް އަހަރު ދުވަހަށް އަދި ދެ އަހަރު ދުވަހަށް ވެސް ބިލް ދެއްކޭނެ އެވެ.

- ތިން މަސް ދުވަހަށް ބިލް ދައްކާ މީހުންނަށް ފަސް ޕަސެންޓްގެ ޑިސްކައުންޓެއް.

- ހަ މަސް ދުވަހަށް ބިލް ދައްކާ ނަމަ 10 ޕަސެންޓްގެ ޑިސްކައުންޓެއް.

- އެއް އަހަރު ދުވަހަށް ބިލް ދައްކާ ނަމަ 15 ޕަސެންޓްގެ ޑިސްކައުންޓެއް.

- ދެ އަހަރު ދުވަހަށް ބިލް ދައްކާ ނަމަ 20 ޕަސެންޓްގެ ޑިސްކައުންޓެއް.

މިގޮތަށް ބިލް ދައްކާ ކަސްޓަމަރުންނަށް ކޮންމެ މަހަކު 18 ޖީބީގެ ބޯނަސް ޑޭޓާ ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

އެއް ފަހަރާ ބިލް ދެއްކުމުގެ އިތުރުން އުރީދޫން ވަނީ މުޅި މަހަށް އެއް ޓީބީ ޑޭޓާ، 100 އެމްބީޕީއެސް ސްޕީޑާއެކު 5ޖީ އެއާ ފައިބާގެ އާ ޕްލޭނެއް ވެސް ތައާރަފްކޮށްފަ އެވެ. އެ ޕްލޭންގެ ދަށުން ކޮންމެ ހަފުތާއަކު 250ރ. އަށް 250 ޖީބީ ލިބޭނެ އެވެ. މިއީ ގޭމް ކުޅޭ މީހުންނަށް ހާއްސަ ޕެކޭޖެކެވެ. އެ ޕެކޭޖުގެ ދަށުން ކޮންމެ ހަފުތާއަކު 250 ޖީބީ އާ އެކު މުޅި ބަހަށް އެއް ޓީބީ ކަސްޓަމަރުންނަށް ލިބޭނެ އެވެ.

އުރީދޫން ވަނީ ގޭމް ކުޅޭ މީހުންނަށް ހާއްސަކޮށް "ނޭޝަން އުރީދޫ ގޭމް ކްލަބް" އެއް ވެސް ތައާރަފްކޮށްފަ އެވެ. އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް އެ ގޭމްސް ކްލަބަށް ވަދެވޭ އިރު 100 އަށް ވުރެ ގިނަ ގޭމްތައް މި ޕްލެޓްފޯމުގައި ހުންނާނެ އެވެ. އެ ހިދުމަތަށް ވަރަށް ހެޔޮ އަގުތަކެއް އުރީދޫން ވަނީ ކަނޑައަޅައިފަ އެވެ.

- ޑެއިލީ ސަބްސްކްރިޕްޝަނަށް: 24 ގަޑިއިރަށް ދެ ރުފިޔާ.

- ވީކްލީ ސަބްސްކްރިޕްޝަނަށް: ހަތް ދުވަހަށް 10 ރުފިޔާ.

- މަންތްލީ ސަބްސްކްރިޕްޝަނަށ: 30 ދުވަހަށް 20 ރުފިޔާ.

ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ސަބްސްކްރިޕްޝަން ފީ ދެއްކޭނެ އެވެ. ސަބްސްކްރިޕްޝަން ފީ ޕޯސްޓްޕެއިޑް ބިލަށް ވެސް އިތުރު ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫގެ މި ހާއްސަ ޕްލޭންތައް ތައާރަފްކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ، އުރީދޫގެ 18 އަހަރުގައި ލިބުނު ކާމިޔާބީ ހޯދުނީ ކަސްޓަމަރުންގެ އެއްބާރުލުމުގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ، ކަސްޓަމަރުންގެ ތަރުހީބާއި ދޭ ހިތްވަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކޮށް އާ ފުރުސަތުތަކާ ގުޅުވާލަދީ، ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން. އަދި މުޖުތަމައުގެ ލާބަ އާއި މަންފާއަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސް އިން ކުރިއަށް އޮތްތަނުގައި ވެސް ދެމިއޮންނާނީ ދިވެހިންނަށް ހިނިތުންވުން ގެނެސްދޭ ކުންފުންޏެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.