ވަރަށް ގިނަ އަދަދެއްގެ ބައިވެރިންނާ އެކު ކުރިއަށް ގެންދިޔަ އުރީދޫގެ ފަން ރަން އަށް ބޭނުންވާ މެޑިކަލް ސަޕޯޓް ފޯރުކޮށްދިނީ ޓްރީ ޓޮޕުން ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
25 ޑިސެމްބަރ 2024
ވަރަށް ގިނަ އަދަދެއްގެ ބައިވެރިންނާ އެކު ކުރިއަށް ގެންދިޔަ އުރީދޫގެ ފަން ރަން އަށް ބޭނުންވާ މެޑިކަލް ސަޕޯޓް ފޯރުކޮށްދިނީ ޓްރީ ޓޮޕުން ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ޓްރީ ޓޮޕުން ބުނީ އުރީދޫ ފަން ރަންގެ މެޑިކަލް ޕާޓްނަރުގެ ގޮތުގައި ބައިވެރިވެ، އެ ދުވުމަށް ބޭނުންވާ މެޑިކަލް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ދުވުމަށް ތައްޔާރުވާން ބޭނުން ވާނެ މައުލޫމާތުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރުމުގެ އިތުރުން އިވެންޓު ކުރިއަށް ދިޔަ ވަގުތުގައި ބައިވެރިންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ވެސް ފޯރުކޮށްދިން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މިދިޔަ އަހަރުގެ ދުވުމުގައި ވެސް މެޑިކަލް ސަޕޯޓް ފޯރުކޮށްދިނީ ޓްރީ ޓޮޕުންނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ މިދިޔަ ތިން އަހަރު ވެސް މި ދުވުމަށް މެޑިކަލް ސަޕޯޓު ފޯރުކޮށްދީފަ އެވެ.
އެ ހޮސްޕިޓަލުން ބުނީ ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓުކުރުމަށް ބާއްވާ އެފަދަ ހަރަކާތްތަކަށް އެ ހޮސްޕިޓަލުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އުރީދޫ ފަން ރަން އަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދުވުން ޕްރޮމޯޓުކޮށް އާއިލާއާ އެކު މަޖާ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އުރީދޫން ކޮންމެ އަހަރަކު ވެސް ބާއްވާ ދުވުމެކެވެ.
މި އަހަރުގެ މި ދުވުމުގައި 6، 000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.
އެސްތެޓިކް ހިދުމަތްތަކަށް ކްލަބް ޕްރިމިއާ ޑިސްކައުންޓު
ޓްރީޓޮޕަށް އުރީދޫ އެމް-ފައިސާ ތައާރަފްކޮށްފި
އުރީދޫން އައިފޯން 17 ޕްރީ އޯޑަރަށް މިރޭ ހުޅުވާލަނީ
ކްލަބް ޕްރިިމިއާ ކަސްޓަމަރުންނަށް ނަސަންދުރާއިން އޮފާއެއް
އުރީދޫ ކަލަންޑަރުން ރަންނަމާރި އާއެކު ޗެޓުކޮށްލެވޭނެ
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕަށް ހުޅުވާލައިފި
އުރީދޫގެ އުމްރާ ދަތުރުގެ 7 ވަނަ ނަސީބުވެރިޔާ ހޮވައިފި
ރަތްކަނޑުގެ ކޭބަލް ކެނޑުނަސް އިންޓަނެޓަށް ބުރުލެއްނާރާ
ޓްރީޓޮޕްއިން ހިލޭ ލޮލުގެ ސްކްރީންކޮށްދޭ ކެމްޕެއިނެއް
އުރީދޫ އެޕަށް އުރީދޫ ޑިޖިޓަލް މަސް ރޭސް!