އޫރިދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ "އެސްތެޓިކް" ހިދުމަތްތަކުން މިހާރު 10 ޕަސެންޓު ޑިސްކައުންޓު ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
29 އެޕްރީލް 2025
އޫރިދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ "އެސްތެޓިކް" ހިދުމަތްތަކުން މިހާރު 10 ޕަސެންޓު ޑިސްކައުންޓު ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުގެ އެސްތެޓިކް ހިދުމަތްތަކުގެ ތެރޭގައި ހަންގަނޑު ރީތިކޮށް ދެމެހެއްޓުމާއި ދަތްޕިލަ ރީތިކުރުމުގެ ފަރުވާތައް ހިމެނެ އެވެ. އެސްތެޓިކް ޓްރީޓްމަންޓުތަކުގެ ތެރޭގައި ލޭޒާ ހެއާ ރިމޫވަލް އާއި ލަކުނު ފިލުވުމާއި ޓެޓޫ ފިލުވުން އަދި ހަމުގެ ރޫ ފިލުވުން ފަދަ ހިދުމަތްތައް ހިމެނެ އެވެ. އަދި ދަތްޕިލަ ރީތިކުރުމުގެ ހިދުމަތްތަކުގެ ތެރޭގައި ޑެންޓަލް ބްލީޗިން އަދި ޑެންޓަލް ޕޮލިޝިން ފަދަ ހިދުމަތްތައް ހިމެނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ ހަމުގެ ފަރުވާތަކަށް ބޭނުންކުރަނީ ދުނިޔޭގެ ގިނަ އެސްތެޓިކް ޑޮކްޓަރުންގެ އިތުބާރު ލިބިފައިވާ އަލްމާ ބްރޭންޑްގެ "އެކްސްއެލް ހާމޮނީ ޕްރޯ" ލޭޒާ މެޝިން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އަދި އެ ހިދުމަތްތައް ފޯރުކޮށްދެނީ ހަމުގެ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓުންގެ ޓީމެއްގެ ލަފާގެ މަތިންކަން ވެސް ފާހަގަކުރި އެވެ.
ޓްރީ ޓޮޕުން ބުނި ގޮތުގައި އެ ހޮސްޕިޓަލުން ދޭ ދަތުގެ ފަރުވާތަކަކީ ވެސް ރާއްޖެއިން ބޭރުގެ ތަޖުރިބާ ލިބިފައިވާ ކުޅަދާނަ ޑެންޓަލް ޓީމެއް ފޯރުކޮށްދޭ ހިދުމަތްތަކެއް ކަމަށެވެ. އޭގެ ތެރޭގައި "އެސްތެޓިކް ޑެންޓިސްޓްރީ" ނުވަތަ ދަތްޕިލަ ރީތިކުރުމުގެ ފަރުވާތަކަށް ހާއްސަ ޑޮކްޓަރުން ހިމެނޭ ކަން ފާހަގަކުރި އެވެ.
އޫރީދޫ ކްލަބް ޕްރިމިއާ އަކީ އުރީދޫގެ ބޮޑެތި ޕެކޭޖުތައް ގެންގުޅޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ދޭ ހާއްސަ މެމްބަޝިޕެކެވެ. އެ މެމްބަޝިޕްގެ ދަށުން އެކި އޮފާތަކާއި ޑިސްކައުންޓުތައް ކަސްޓަމަރުންނަށް ލިބެ އެވެ.
ފަން ރަން އަށް މެޑިކަލް ސަޕޯޓް ދިނީ ޓްރީ ޓޮޕުން
ޓްރީޓޮޕަށް އުރީދޫ އެމް-ފައިސާ ތައާރަފްކޮށްފި
އުރީދޫން އައިފޯން 17 ޕްރީ އޯޑަރަށް މިރޭ ހުޅުވާލަނީ
ކްލަބް ޕްރިިމިއާ ކަސްޓަމަރުންނަށް ނަސަންދުރާއިން އޮފާއެއް
އުރީދޫ ކަލަންޑަރުން ރަންނަމާރި އާއެކު ޗެޓުކޮށްލެވޭނެ
ޓްރީ ޓޮޕުން ނާސިން ސްކޮލަޝިޕަށް ހުޅުވާލައިފި
އުރީދޫގެ އުމްރާ ދަތުރުގެ 7 ވަނަ ނަސީބުވެރިޔާ ހޮވައިފި
ރަތްކަނޑުގެ ކޭބަލް ކެނޑުނަސް އިންޓަނެޓަށް ބުރުލެއްނާރާ
ޓްރީޓޮޕްއިން ހިލޭ ލޮލުގެ ސްކްރީންކޮށްދޭ ކެމްޕެއިނެއް
އުރީދޫ އެޕަށް އުރީދޫ ޑިޖިޓަލް މަސް ރޭސް!