ރަތް ކަނޑުގެ އަޑިން އަޅާފައިވާ ފައިބަރު ކޭބަލަށް ގެއްލުންވެ ބައެއް ގައުމުތަކުގައި އިންޓަނެޓަށް ބުރޫ އެރިޔަސް އުރީދޫގެ އިންޓަނެޓު ހިދުމަތަށް އަސަރެއް ނުކުރާނެ ކަމަށް ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ހުސެއިން ނިޔާޒް ވިދާޅުވެއްޖެ އެވެ.
09 ސެޕްޓެމްބަރ 2025
ރަތް ކަނޑުގެ އަޑިން އަޅާފައިވާ ފައިބަރު ކޭބަލަށް ގެއްލުންވެ ބައެއް ގައުމުތަކުގައި އިންޓަނެޓަށް ބުރޫ އެރިޔަސް އުރީދޫގެ އިންޓަނެޓު ހިދުމަތަށް އަސަރެއް ނުކުރާނެ ކަމަށް ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ހުސެއިން ނިޔާޒް ވިދާޅުވެއްޖެ އެވެ.
ނިޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަތް ކަނޑުގެ ކޭބަލް ކެނޑުމާ ގުޅިގެން މިވަގުތު އުރީދޫގެ އިންޓަނެޓު ހިދުމަތް ދިނުމުގައި އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވާ ކަމަށެވެ. އަދި އެކުންފުނީގެ ސަބްމެރިން ކޭބަލްތައް ސިންގަޕޫރު ފަދަ އިތުރު ތަންތަނުގައި އެބަހުރި ކަމަށާއި އެތަންތަނުގައި ހުންނާނީ މައްސަލައެއް ދިމާވެއްޖެ ނަމަ ހައްލު ހޯދޭނެ ގޮތަށް ކަމަށް ވިދާޅުވި އެވެ.
ރަތް ކަނޑުގެ އަޑިން އަޅާފައިވާ ކޭބަލަށް ގެއްލުންވީ މިދިޔަ އާދިއްތަ ދުވަހު އެވެ. އިންޓަނެޓް އެކްސެސް މޮނިޓަރިން އޯގަނައިޒޭޝަން ނެޓްބްލޮކްސް އިން ބުނީ ރަތް ކަނޑުގެ ސަބްމެރިން ކޭބަލް ހަލާކުވުމުގެ ސަބަބުން އިންޑިއާ އާއި ޕާކިސްތާން ހިމެނޭހެން އެތައް ގައުމެއްގެ އިންޓަނެޓް ކަނެކްޓިވިޓީއަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ.
އުރީދޫގެ އުމްރާ ދަތުރުގެ 7 ވަނަ ނަސީބުވެރިޔާ ހޮވައިފި
އުރީދޫ އެޕަށް އުރީދޫ ޑިޖިޓަލް މަސް ރޭސް!
އުރީދޫ ނޭޝަންގެ އެޓޯލް ލީގު ފޯރިގަދަކޮށް ކުރިއަށް ދަނީ
އުރީދޫ މަސް ރޭހުގެ ޗެމްޕިއަން ޓީމަކީ "ބާކީ"
އުރީދޫގެ ހިދުމަތުގެ އަގު ވަޒަންކޮށް ގައުމީ އިނާމު ދީފި
އުރީދޫ މަސްރޭހުގެ ފުރަތަމަބުރު ހުރާގައި ފަށަން ތައްޔާރު
އިންޓާ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް ނިންމާލައިފި
އުރީދޫގެ އުމްރާ ދަތުރުގެ ހަވަނަ ނަސީބުވެރިޔާ ހޮވައިފި
އެންމެ ގިނައިން ޓެކްސް ދެއްކި ކުންފުނިތަކަށް އެވޯޑް
އުރީދޫއިން ހަބޭސް ބޮޑުބެރާއެކު ބޮޑުބެރު ކްލާސްތަކެއް