އުރީދޫން މިދިޔަ ހުކުރުދުވަހު ކ. ހުރާގައި ކުރިއަށް ގެންދިޔަ މަސްރޭހުގެ ޗެމްޕިއަން ކަން ޓީމު "ބާކީ" އިން ހޯދައިފި އެވެ.
26 އޯގަސްޓް 2025
އުރީދޫން މިދިޔަ ހުކުރުދުވަހު ކ. ހުރާގައި ކުރިއަށް ގެންދިޔަ މަސްރޭހުގެ ޗެމްޕިއަން ކަން ޓީމު "ބާކީ" އިން ހޯދައިފި އެވެ.
މާލެ ސަރަހައްދުގެ 19 ޓީމެއް ވާދަކުރި ރޭހުގެ ޗެމްޕިއަންކަން ޓީމު ބާކީ އިން ހޯދީ 545 ޕޮއިންޓުންނެވެ. އެ ޓީމުން ވަނީ 25،000ރ. ގެ ފައިސާގެ އިނާމު ކާމިޔާބު ކޮށްފަ އެވެ. އެ ރޭހުގައި 490 ޕޮއިންޓާ އެކު ޓީމް "ނޮރަ" ވަނީ 10،000ރ. ކާމިޔާބުކޮށްފަ އެވެ. އަދި 370 ޕޮއިންޓާ އެކު ތިން ވަނަ އަށް ހުށައެޅި 5000ރ. ހޯދީ ޓީމު އަނަންތަރާއިންނެވެ.
މި ރޭހުގައި އެންމެ ބަރު މަހަކަށް ބޭނީ 21 ކިލޯގެ ފާނައެކެވެ. މި މަސް ބޭނީ ޓީމް އަނަންތަރާގެ މަލާޒް އެވެ. މި ރޭހުގެ އެންމެ މޮޅު ފިރިހެން މަސްވެރިޔަކަށް ހޮވުނީ 36 މަސް ބޭނި ކްލަބް އެމްޓީސީސީގެ ޒިޔާދު އެވެ. އެ ރޭހުގެ އެންމެ މޮޅު އަންހެން މަސްވެރިއަކަށް ހޮވުނީ ހަތް މަސް ބޭނި ސްޓެލްކޯ ކަނބަލުންގެ އަމީނާ އެވެ. މި ދެ މަސްވެރިންނަށް ވެސް ހައި ފިޝިން އިން ސްޕޮންސާކޮށްފައިވާ ޕީއައިއޯ އަލްޓިމޭޓް ސީ ސްޕިރިޓް/ގޭންގްސްޓާ (އެޗް/ޑީ) ދޮއްޓެއް ވަނީ ލިބިފަ އެވެ.
އުރީދޫގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ މަސް ރޭސް ކުރިއަށް ގެންދަނީ ކ. ހުރާ އާއި ށ. ފުނަދޫގަ އެވެ. މިއީ މަސްރޭސްގެ 16 ވަނަ އެޑިޝަނެވެ.
އުރީދޫ މަސްރޭހަކީ ދިވެހިންގެ މެދުގައި މަގުބޫލު ދިވެހި ސަގާފަތާއި މަސްވެރިކަމަށް އޮތް ޝައުގުވެރިކަން ދައްކުވައިދޭ ރޭހެކެވެ.
އުރީދޫ އެޕަށް އުރީދޫ ޑިޖިޓަލް މަސް ރޭސް!
އުރީދޫ މަސްރޭހުގެ ފުރަތަމަބުރު ހުރާގައި ފަށަން ތައްޔާރު
އުރީދޫ މަސް ރޭސް މި އަހަރު ފުނަދު އާއި ހުރާގައި
މަސްރޭހުގެ ނައިފަރުގެ ޗެމްޕިއަންކަން "ހުސްބުޅި" ޓީމަށް
އުރީދޫގެ ނައިފަރު މަސް ރޭސް މިއަދު އޮންނާނެ
އުރީދޫ މަސް ރޭހުގެ އެއް ވަނަ ބްލެކް އޭންޓް ފިޝިންއަށް
އުރީދޫގެ މަސްރޭހުން އެއްވަނަ ސިފްކޯ އަށް
އުރީދޫ މަސް ރޭސް މިއަދު ހިންމަފުށީގައި ފަށަނީ
އުރީދޫގެ މަސް ރޭސް މި ފަހަރު ތިން ރަށެއްގައި!
އުރީދޫ މަސްރޭހުގައި ތާރީހީ ކާމިޔާބީތަކެއް