Roadha Mihaaru
އުރީދޫގެ މަސްރޭހުން އެއްވަނަ ސިފްކޯ އަށް

އުރީދޫގެ މަސްރޭހުން އެއްވަނަ ސިފްކޯ އަށް

10 އޯގަސްޓް 2024

ކ. ހިންމަފުށީގައި އުރީދޫން އިއްޔެ ބޭއްވި މަސްރޭހުގެ އެއް ވަނަ ޓީމަކަށް ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ) ހޮވިއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ކ. ހިންމަފުށީގައި އުރީދޫން އިއްޔެ ބޭއްވި މަސްރޭހުގެ އެއް ވަނަ ޓީމަކަށް ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ) ހޮވިއްޖެ އެވެ.

ސިފައިންގެ ޓީމަށް އެއް ވަނަ ލިބުނީ 999 ޕޮއިންޓާ އެކު އެވެ. އެ ރޭހުގެ ދެ ވަނަ ހޯދީ 807 ޕޮއިންޓާ އެކު "ގޯޅިއަންސް" ސްޕޯޓްސް ކްލަބެވެ. ފޯރިގަދަ މި މަސްރޭހުގައި 608 ޕޮއިންޓު ހޯދައިގެން ތިން ވަނަ މަގާމަށް ދިޔައީ ޑިޓިއުން ފިޝިން އެވެ.

އުރީދޫގެ މި ފަހަރުގެ މަސްރޭހުގައި އެންމެ ބަރު މަސް ބޭނުމުގެ ރިކޯޑު ހެދީ ހުސެއިން ނައީމެވެ. އެއީ 37 ކިލޯގެ ފާނައެއް ބާނައިގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު މަސްވެރިއަކަށް ހޮވުނީ ގޯޅިއަންސް ސްޕޯޓްސް ކްލަބުގެ ހަސަން އައްޒާމެވެ. އެންމެ މޮޅު އަންހެން މަސްވެރިއަކަށް ހޮވުނީ ޑިޓިއުން ފިޝިންގެ ފާތިމަތު ފެޒްލީން އެވެ.

އެންމެ މޮޮޅު އަންހެން މަސްވެރިޔާގެ މަގާމު ކާމިޔާބުރި މަސްވެރިޔާ އިނާމާ ހަވާލު ވަނީ.

އެންމެ މޮޮޅު އަންހެން މަސްވެރިޔާގެ މަގާމު ކާމިޔާބުރި މަސްވެރިޔާ އިނާމާ ހަވާލު ވަނީ.

އުރީދޫން ބުނީ މި ފަހަރުގެ މަސްރޭހުގެ ފެށުން ވަރުގަދަ ވެފައި ފޯރި ވެސް ގަދަކަމަށެވެ. ކުރިއަށް އޮތް ދެ ރޭހަކީ ވެސް މި ފަދަ ފޯރިގަދަ ރޭހަށް ވާނެ ކަމަށް ބުންޏެވެ.

އުރީދޫ މަސްރޭހުގެ ދެން އޮތް ދެ މުބާރާތް ބާއްވާނީ ޅ. ނައިފަރާއި ގދ. ތިނަދޫގަ އެވެ. ނައިފަރުގައި މުބާރާތް އޮންނާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. ތިނަދޫގައި މި މަހުގެ 23 ގަ އެވެ. މި މުބާރާތް އޮންނަ ކޮންމެ ރަށަކުން ވެސް ވަކިވަކިން ވަނަތައް ހޮވާނެ އެވެ.

އެންމެ މޮޅު މަސްވެރިޔާގެ މަގާމު ކާމިޔާބުކުރި މަސްވެރިޔާ އިނާމާ ހަވާލު ވަނީ.

އެންމެ މޮޅު މަސްވެރިޔާގެ މަގާމު ކާމިޔާބުކުރި މަސްވެރިޔާ އިނާމާ ހަވާލު ވަނީ.

މަސްރޭހުގެ އެއް ވަނަ ޓީމަށް ހުށަހަޅާފައި ވަނީ 25،000ރ. އެވެ. ދެ ވަނަ އަށް 10،000ރ. އަދި ތިން ވަނަ ޓީމަށް ދެނީ 5،000ރ. އެވެ. އެންމެ މޮޅު މަސްވެރިޔާއަށް 1،000ރ. އަދި އެންމެ މޮޅު ފިޝަވުމަން ނުވަތަ އަންހެން މަސްވެރިޔާ އަށް ވެސް 1،000ރ. ވަނީ ހުށަހަޅައިފަ އެވެ. އެންމެ މޮޅު މަސްވެރިޔާ އާއި އަންހެން މަސްވެރިޔާ އަށް ޕިއޯ އަލްޓިމެޓްސީ ސްޕިރިޓް/ގޭންގްސްޓަ (އެޗް/ޑީ) ދޮއްޓެއް ވެސް ވަނީ އިނާމަކަށް ހުށަހަޅައިފަ އެވެ.

މިއީ އުރީދޫން ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ބާއްވާ މަސްރޭހެކެވެ.