އުރީދޫގެ މި އަހަރުގެ މަސް ރޭސް ކ. ހިންމަފުށީގައި މިއަދު ފަށާނެ އެވެ.
09 އޯގަސްޓް 2024
އުރީދޫގެ މި އަހަރުގެ މަސް ރޭސް ކ. ހިންމަފުށީގައި މިއަދު ފަށާނެ އެވެ.
މެންދުރު ފަހު 2 ޖަހާއިރު ފަށާ މި ރޭހަކީ މާލެއިން ބޭރުގައި މި ރޭސް ބާއްވާ ފުރަތަމަ ފަހަރެވެ. މިރޭ 9 ޖަހަންދެން ކުރިއަށްދާ މި ރޭހުގައި ހިންމަފުށިން 21 ޓީމު ބައިވެރިވެ އެވެ.
މި މުބާރާތުގެ އެއް ވަނަ ޓީމަށް ހުށަހަޅާފައި ވަނީ 25،000ރ. އެވެ. ދެ ވަނަ އަށް 10،000ރ. ހުށަހަޅާފައި ވާއިރު، ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 5،000ރ. އެވެ. އަދި އެންމެ މޮޅު މަސްވެރިޔާއަށް 1،000ރ. ހުށަހަޅާފައިވާއިރު އެންމެ މޮޅު ފިޝަވުމަން ނުވަތަ އަންހެން މަސްވެރިޔާ އަށް ވެސް 1،000ރ. ވަނީ ހުށަހަޅައިފަ އެވެ. އޭގެ އިތުރުން އެންމެ މޮޅު މަސްވެރިޔާ އާއި އަންހެން މަސްވެރިޔާ އަށް ޕިއޯ އަލްޓިމެޓްސީ ސްޕިރިޓް/ގޭންގްސްޓަ (އެޗް/ޑީ) ދޮއްޓެއް ވެސް ވަނީ އިނާމަކަށް ހުށަހަޅައިފަ އެވެ.
ތިން ރަށެއްގައި މި އަހަރު މި މުބާރާތް ބާއްވާއިރު، ކޮންމެ ރަށަކުން ވެސް ވަކިވަކިން ވަނަތައް ހޮވާނެ އެވެ. މުބާރާތުގެ ކުރިއަށް އޮތް ދެ ރޭސް އޮންނާނީ ޅ. ނައިފަރު އަދި ގދ. ތިނަދޫގަ އެވެ. ނައިފަރުގައި މުބާރާތް އޮންނާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އަދި ތިނަދޫގައި 23 ވަނަ ދުވަހު އެވެ.
މިއީ އުރީދޫގެ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުންދާ މަސް ރޭހެކެވެ. މިއީ ކޮންމެ އަހަރަކު ވެސް ގިނަ ބައެއްގެ ތަރުހީބު ލިބޭ ހަރަކާތެކެވެ.
އުރީދޫ އެޕަށް އުރީދޫ ޑިޖިޓަލް މަސް ރޭސް!
އުރީދޫ މަސް ރޭހުގެ ޗެމްޕިއަން ޓީމަކީ "ބާކީ"
އުރީދޫ މަސްރޭހުގެ ފުރަތަމަބުރު ހުރާގައި ފަށަން ތައްޔާރު
އުރީދޫ މަސް ރޭސް މި އަހަރު ފުނަދު އާއި ހުރާގައި
މަސްރޭހުގެ ނައިފަރުގެ ޗެމްޕިއަންކަން "ހުސްބުޅި" ޓީމަށް
އުރީދޫގެ ނައިފަރު މަސް ރޭސް މިއަދު އޮންނާނެ
އުރީދޫ މަސް ރޭހުގެ އެއް ވަނަ ބްލެކް އޭންޓް ފިޝިންއަށް
އުރީދޫގެ މަސްރޭހުން އެއްވަނަ ސިފްކޯ އަށް
އުރީދޫގެ މަސް ރޭސް މި ފަހަރު ތިން ރަށެއްގައި!
އުރީދޫ މަސްރޭހުގައި ތާރީހީ ކާމިޔާބީތަކެއް