Roadha Mihaaru

އުރީދޫ އެޕަށް އުރީދޫ ޑިޖިޓަލް މަސް ރޭސް!

މިދިޔަ މަހު އުރީދޫން ފެށި މަސް ރޭހުގައި އިއުލާނުކުރި ޑިޖިޓަލް މަސް ރޭހުގެ ގޭމު ބުދަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުނެފި އެވެ.

އުރީދޫ އެޕަށް އުރީދޫ ޑިޖިޓަލް މަސް ރޭސް!
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

01 ސެޕްޓެމްބަރ 2025

މިދިޔަ މަހު އުރީދޫން ފެށި މަސް ރޭހުގައި އިއުލާނުކުރި ޑިޖިޓަލް މަސް ރޭހުގެ ގޭމު ބުދަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މިއީ މަސް ރޭހާއި މަސްވެރިކަމަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށް ނެރުނު ގޭމެއް ކަމަށެވެ. މި ގޭމުގައި މިއަހަރު އުރީދޫ މަސް ރޭހުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ކޮންމެ ކުޅުންތެރިއަކަށް ވެސް ބޭނުން ޓީމެއް ހިޔާރުކޮށް، ގޭމު ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ. މި ގޭމުގައި މަސް ހިފުމަށް ޓެޕްކޮށް، ޕޮއިންޓް އެއްކޮށްގެން ލީޑާބޯޑުގައި ކުރިއަށް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ. މި ގޭމުގައި ޑިޖިޓަލީ ބާނާ ކޮންމެ މަހަކަށް އެއް ޕޮއިންޓް ލިބޭއިރު، މުބާރާތުގެ މުއްދަތުގެ ތެރޭގައި ކުޅުންތެރިންނަށް ލީޑާބޯޑުގެ ކުރިއަށް އެރުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ގޭމުގެ ވަނަތަކަށް ދާ ފަރާތްތައް ރާއްޖޭގެ އެންމެ ބޮޑު އެއް ފިޝިން ޓެކްލް ފިހާރަ، ހައި ފިޝިން ޓެކެލްގެ ފަރާތުން ޕްރިމިއަމް ފިޝިން ގިއާ ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން އެ ފިހާރައިން ގޭމުގެ އެއް ވަނަ ކުޅުންތެރިއަކަށް ޑައިވާ ސަލްޓިގާ 2025 ރީލްއެއް ހުށަހަޅާފައި ވާއިރު ދެ ވަނަ އަދި ތިން ވަނަ އަށް ހުށަހަޅާފައި ވަނީ ޕީއައިއޯ އަލްޓިމޭޓް ސީ ސްޕިރިޓް/ގޭންގްސްޓާ (އެޗް/ޑީ) ރޮޑެވެ.

ރާއްޖޭގައި މަސްވެރިކަމުގެ އާލާތްތައް ފޯރުކޮށް ހައި ފިޝިން ޓެކަލްސް އިން ބައިނަލްއަގުވާމީ ފެންވަރުގައި ބްރޭންޑްތައް ކަމަށްވާ ޑައިވާ، ޕެން، އަބޫ ގާސިއާ، ޔޯ-ޒޫރީ، ޒެނަކް، ޖިގިން މާސްޓާ، އޮކުމާ އަދި ޕަޔޯނިއާ ފަދަ ބްރޭންޑްތަކުގެ ފެންވަރު ރަނގަޅު ގިޔަރުތައް ލިބެން ހުންނާނެ އެވެ.

އުރީދޫން ވަނީ އުރީދޫ އެޕް މެދުވެރިކޮށް ޑިޖިޓަލް މަސްރޭހުގައި ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ހުރިހާ އެންމެންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އެކުންފުންޏަށް ލިބޭ ބޮޑު އުފަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ. އަދި މިއީ ދިވެހިންގެ ސަގާފަތާއި އާދަކާދަތަކާއި މަސްވެރިކަމަށް އޮތް ޝައުގުވެރިކަން ޑިޖިޓަލް ތަޖުރިބާއެއްގެ ސިފައިގާ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ލޯންޗުކުރި ގޭމެއް ކަމަށް އެކުންފުނިން ބުންޏެވެ.