Roadha Mihaaru
ކަސްޓަމާ ސަޕޯޓު ދޭން އުރީދޫގެ ވަޓްސްއެޕް އެކައުންޓެއް

ކަސްޓަމަ ސަޕޯޓު ދޭން އުރީދޫގެ ވަޓްސްއެޕް އެކައުންޓެއް

19 ޑިސެމްބަރ 2024

އުރީދޫ މޯލްޑިވްސްގެ ވެރިފައިޑް ކަސްޓަމާ ސަޕޯޓް ވަޓްސްއެޕް އެކައުންޓު ލޯންޗުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދޫ މޯލްޑިވްސްގެ ވެރިފައިޑް ކަސްޓަމާ ސަޕޯޓް ވަޓްސްއެޕް އެކައުންޓު ލޯންޗުކޮށްފި އެވެ.

މި ހިދުމަތް ފެއްޓުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވަނީ އެ އެކައުންޓުން ކަސްޓަމަރުންގެ އެކި ސުވާލުތަކަށް ޖަވާބު ދެއްވައިފަ އެވެ.

އުރީދޫ ސީއީއޯ ހާލިދު އަލް ހަމާދީ ވަޓްސް އެޕް އެކައުންޓު މެދުވެރިކޮށް ކަސްޓަމަރުންނާ ވާހަކަ ދައްކަވަނީ.

އުރީދޫ ސީއީއޯ ހާލިދު އަލް ހަމާދީ ވަޓްސް އެޕް އެކައުންޓު މެދުވެރިކޮށް ކަސްޓަމަރުންނާ ވާހަކަ ދައްކަވަނީ.

އުރީދޫން ބުނީ ވަޓްސްއެޕް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ޕްލެޓްފޯމަކަށްވުމުން މި ޕްލެޓްފޯމުގައި ކަސްޓަމަ ސަޕޯޓު ލިބޭނެ އެކައުންޓެއް ހެދީ ހިދުމަތްތައް މިހާރަށް ވުރެ ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށެވެ. އަދި މި އެކައުންޓަކީ ވެރިފައިޑް އެކައުންޓަކަށްވުމުން މިއީ ރައްކާތެރި އެކައުންޓެއް ކަމަށް ބުންޏެވެ.

އުރީދޫ ވަޓްސްއެޕް އެކައުންޓުން 24 ގަޑިއިރު ހިދުމަތް ލިބޭނެ އެވެ. މި ހިދުމަތް 9611929 960+ ނަމްބަރުން ވަޓްސްއެޕް މެދުވެރިކޮށް ލިބޭނެ އެވެ. މި އެކައުންޓުން ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާއި ބިލިން އާއި ޓްރަބްލްޝޫޓިން އާއި އެހެނިހެން އެހީތެރިކަން ބޭނުންވާ ކަންކަމާ ބެހޭ އެހީތެރިކަން ލިބޭނެ އެވެ.

އުރީދޫން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ އެކި ޕްލެޓްފޯމުތަކާއި ވަސީލަތްތަކުގެ އެހީގައި އެ ކުންފުނީގެ ހިދުމަތްތައް މިހާރަށް ވުރެ ފުރިހަމައަށް ދިނުން ކަމަށެވެ.