މާލެ ވޯޓާ އެންޑް ސްވެރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން ކެޕިޓަލް މާކެޓަށް 400 މިލިއަން ރުފިޔާގެ ބޮންޑެއް ތައާރަފުކޮށް، އެ ބޮންޑުގައި އިންވެސްޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މާލެ ވޯޓާ އެންޑް ސްވެރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން ކެޕިޓަލް މާކެޓަށް 400 މިލިއަން ރުފިޔާގެ ބޮންޑެއް ތައާރަފުކޮށް، އެ ބޮންޑުގައި އިންވެސްޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ބޮންޑު ކެޕިޓަލް މާކެޓަށް ނެރެދިނުމުގައި މަސައްކަތް ކުރި، ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ބުނި ގޮތުގައި، މި ބޮންޑު ވިއްކުމަށް ނިންމާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.
މިގޮތުން، އެމްޑަބްލިޔުއެސްސީގެ ވިޔަނި ޕޯޓަލް މެދުވެރިކޮށް، އިންވެސްޓުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވަނީ 200 މިލިއަން ރުފިޔާގެ ބޮންޑަކަށެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަށް އިޝޫ ކުރާ މި ބޮންޑުގައި އިންވެސްޓުކުރާ ފަރާތްތަކަށް 7.5 ޕަސެންޓުގެ އިންޓަރެސްޓި ލިބޭނެކަމަށް ފަސްޓް ނޭޝަނަލުން ބުންޏެވެ.
ޖަޕާނުގެ މަޝްހޫރު ހިޓާޗީ ކުންފުނީގެ 20 ޕަސަންޓު ހިއްސާ އޮންނަ އެމްޑަބްލިޔުއެސްސީން މި ބޮންޑު ވިއްކުމުގެ މައިގަނޑު މަގުސަދަކީ، އެ ކުންފުނިން ހިންގާ މަޝްރޫއުތަކާއި ވިޔަފާރިތަކަށް ފައިނޭންސް ހޯދުން ކަމަށް ބުނެފައިވެ އެވެ.
މީގެތެރޭގައި، ފަސްޓް ނޭޝަނަލުން ބުނި ގޮތުގައި، ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް ބޭނުންވާ އިންވެސްޓްމެންޓްތަކާއި، އަތޮޅުތަކުގައި ހިންގާ ނަރުދަމާގެ މަޝްރޫއުތައް އަވަސް ކުރުމާއި، އަދި ކުންފުނީގެ އުފެއްދުންތެރިކަމުގެ ގާބިލުކަން އިތުރަށް ފުޅާކުރުން ހިމެނެ އެވެ.
ޓޫރިޒަމް ދާއިރާއިން ފެން ކުންފުންޏަށް ޑޮލަރު ހޯދަނީ
ފެޑޯއިން 55 މިލިއަން ރުފިޔާގެ ބޮންޑް ވިއްކަނީ
10ހާސް ޓަނުގެ ފެން ރައްކާކުރެވޭ ތާނގީ ނިންމައިފި
އެމްޑަބްލިޔުއެސްސީގެ މޮބައިލް އެޕް ރީލޯންޗުކޮށްފި
ސަސްޕެންޑް ކުރި ފަޒީލް ވަޒީފާއިން ވަކިކޮށްފި
އެމްޑަބްލިއުއެސްސީއަށް 217 މިލިއަން ރުފިޔާގެ ފައިދާ
މުސާރަ ލިބޭގޮތަށް ފަޒީލް ސަސްޕެންޝަނުގައި 6 މަސް ދުވަސް
ކެންދޫގައި ފެނާއި ނަރުދަމާ ގާއިމުކޮށްފި
ކުއްޔަށްދޫކުރި ތަންތަނުން ބިލްތަކަށް 2.5މިލިއަން ނުދޭ
ފެން ބިލް ޖޫނިމަނާ މާފުކޮށްދޭ ޕްލޭނެއް ފަށައިފި