Roadha Mihaaru
ހުރިހާ މޮޅެއް އަލިފުއްޓަށް ނުލިބުނު، މާފުށި ކުރިއަށް

ހުރިހާ މޮޅެއް އަލިފުއްޓަށް ނުލިބުނު، މާފުށި ދެވަނަ ބުރަށް!

04 ޑިސެމްބަރ 2024

ގުރޫޕް ސްޠޭޖްގައި ވެސް ހުރިހާ މެޗެއް ކާމިޔާބު ކުރުމުގެ އަޒުމުގައި ނުކުތް ރ. އަލިފުށި ބަލިކޮށް، ކ. މާފުށި ގޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގުރޫޕް ސްޠޭޖްގައި ވެސް ހުރިހާ މެޗެއް ކާމިޔާބު ކުރުމުގެ އަޒުމުގައި ނުކުތް ރ. އަލިފުށި ބަލިކޮށް، ކ. މާފުށި ގޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

ކުރިން ކުޅުނު ދެ މެޗުން މޮޅުވެފައިވުމުން، އަލިފުށި ވަނީ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފަ އެވެ. އެކަމަކު އެ ޓީމު މުބާރާތާ ކުރިމަތިލީ ހުރިހާ މެޗެއް ކާމިޔާބު ކުރުމުގެ އަމާޒުގަ އެވެ.

ޓީމަށް ބައެއް ބަދަލުތައް ގެނެސް މާފުއްޓާ ދެކޮޅަށް ކުޅުނު މެޗުގައި ކުރިން ދެ މެޗުގައި ދެއްކުނު ތަފާތެއް އަލިފުއްޓަކަށް ނުދެއްކުނެވެ. ދެވަނަ ބުރަށް ގޮސްފައި އޮތުމުން ކުޅުނީ ހަމަޖެހިލައިގެން ތިބެ އެވެ.

މެޗުން އަލިފުށި މޮޅުވާނެކަމުގެ އިންތިޒާރުގައި އޮތީ ދަނޑު ބޭރުގައި ކުޅިބަލަން ތިބި ބ. ކެންދޫގެ ޓީމެވެ. އަލިފުށި މޮޅުވިނަމަ، މާފުއްޓަށް ކެންދުއަށް ފުރުސަތެއް އޮތީހެވެ.

އެކަމަކު މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށް ދެވަނަ ބުރުގެ ޖާގަ މާފުށިން ކަށަވަރު ކުރި އެވެ. ދެވަނަ ހާފު ފެށި ގޮތަށް މާފުށިން މެޗުގެ ހަމައެކަނި ލަނޑު ޖެހި އެވެ. އެ ލަނޑު ވައްދާލީ އިސްމާއީލް ނަޒީހެވެ.

މެޗާ ކުރިމަތިލި އިރު މާފުށީގެ ޓީމަށް އޮތީ ބަދަލެއް އައިސްފަ އެވެ. އެންމެ ފަހުން ކެންދުއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، އޭރު ކޯޗަކަށް ހުރި އަހްމަދު ޝަރީފް (ޑުންގާ) ވަނީ ޓީމުން އަމިއްލަ އަށް އިސްތިއުފާ ދީފަ އެވެ.