21 ޑިސެމްބަރ 2024
ވަރުގަދަކޮށް ފެނުނު ރ. އަލިފުށީގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ގޯލްޑް ކަޕްގެ ފައިނަލަށް އައްޑޫ ދަތުރުކޮށްފި އެވެ.
ވަރުގަދަކޮށް ފެނުނު ރ. އަލިފުށީގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ގޯލްޑް ކަޕްގެ ފައިނަލަށް އައްޑޫ ދަތުރުކޮށްފި އެވެ.
އައްޑޫން ފައިނަލާ ހަމައަށް ދަތުރު ކުރީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ. މުބާރާތުގައި މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް އައްޑޫ އެވެ.
ސެމީ ފައިނަލަށް ދަތުރު ކުރި ހަތަރު ޓީމުގެ ތެރެއިން މުޅި މުބާރާތުގައި އެންމެ ރަނގަޅު ކުޅުމެއް ކުޅުނު އެއް ޓީމަކީ އަލިފުއްޓެވެ. ކުއާޓާ ފައިނަލު މެޗުގައި ފަހަތުން އަރައި ފުވައްމުލަކާ އެއްވަރުކޮށް ޕެނަލްޓީން ވެސް ކުރި ހޯދި އެވެ.
އެކަމަކު، އައްޑޫން އެ ފުރުސަތެއް އަލިފުއްޓަކަށް ނުދިނެވެ.
އައްޑޫން ތަފާތު ދެއްކީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ހަމަލާ އުފެއްދުމުގައި ދެ ޓީމުން ވެސް ނުރައްކާ ކުރި އެވެ.
ދެވަނަ ހާފުގައި އައްޑޫ ޓީމަށް ލީޑް ނަގައި ދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.
އިސްމާއީލް އީސާ ނެގި ކޯނަރު ބޮންޑާ ބޮލުން ގޯލްގެ ތެރެއަށް ވައްދާލީ ފަސޭހަ ކަމާ އެކު އެވެ. އުމުރުން 42 އަހަރުގެ ކުޅުންތެރިޔާގެ ތަޖުރިބާގެ ބޭނުން ވަރަށް ރަނގަޅަށް ހިފި އެވެ.
އައްޑޫގެ ދެވަނަ ލަނޑު ޖެހުމުގައި ވެސް ބޮންޑާގެ ހިއްސާ އޮތެވެ. އެ ލަނޑު އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) ޖަހަން އުފެއްދި ހަމަލާގައި އޭރިއާގެ ތެރެއަށް އެ ބޯޅަ ފުރަތަމަ ނަގައި ދިނީ ބޮންޑާ އެވެ.
އިއްބެ އަށް އެ ބޯޅަ ލިބުނީ ރީބައުންސްވުމުންނެވެ. އަލިފުށީގެ ޑިފެންސްގެ ތެރެއިން އެ ބޯޅަ އޭނާ ގޯލްގެ ތެރެއަށް ވައްދާލި އެވެ.
ފައިނަލުގައި އައްޑޫން ނުކުންނާނީ ބ. އޭދަފުއްޓާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންގާރަ ދުވަހުގެ ރޭގަ އެވެ.
އޭދަފުއްޓަށް އެއް ލައްކަ، އައްޑުއަށް ބައި ލައްކަ
އައްޑޫ ބަލިކޮށް އޭދަފުށިން ގޯލްޑް ކަޕް ކާމިޔާބުކޮށްފި
އޭދަފުއްޓާއި އައްޑޫ: 36 އަހަރުގެ ކުރީގެ ހަނދާނެއް
އައްޑު އަށް މަދުން ޓިކެޓް ވިއްކި މައްސަލަ ހޫނުވެއްޖެ
ރާއްޖޭގައި ފުޓްބޯޅަ ކުޅޭގޮތް ޒަމާނީކޮށްލީ އައްޑޫން!
އައްޑޫގެ ސަޕޯޓަރުން ދަތުރުކުރަން ވަކި ފްލައިޓެއް
މިއީ އައްޑޫ ފުޓްބޯޅައިގެ ޖޭމްސް ބޮންޑް!
މާފުށި ކަޓުވާލުމަށް ފަހު އައްޑޫ ސެމީ އަށް
ޕެނަލްޓީން ފުވައްމުލައް ބަލިކޮށް އަލިފުށި ސެމީއަށް
އަލިފުއްޓަށް އެއްވަނަ، ކުއާޓާގައި ފުވައްމުލަކާ ދެކޮޅަށް