Roadha Mihaaru
ކެންދޫ މޮޅުވާން މާފުށި ފުރުސަތެއް ނުދިން!

ކެންދޫ މޮޅުވާން މާފުށި ފުރުސަތެއް ނުދިން!

30 ނޮވެމްބަރ 2024

ކެންދޫ މޮޅުވާން ދަނިކޮށް، މެޗުގެ ފަހު ވަގުތު މާފުށިން ޕެނަލްޓީ އަކުން މެޗުގެ ނަތީޖާ 1-1 ން ހަމަހަމަ ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކެންދޫ މޮޅުވާން ދަނިކޮށް، މެޗުގެ ފަހު ވަގުތު މާފުށިން ޕެނަލްޓީ އަކުން މެޗުގެ ނަތީޖާ 1-1 ން ހަމަހަމަ ކޮށްފި އެވެ.

މި ދެ ޓީމު ވެސް ފުރަތަމަ މެޗުތަކުން ބަލި ވެފަ އެވެ. މާފުށި ބަލިވީ، ޅ. ނައިފަރު އަތުންނެވެ. ކެންދޫ ބަލިވީ ގުރޫޕްގެ ފޭވަރިޓް، ރ. އަލިފުށި އަތުންނެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ހާފުގައި ކެންދޫން ލީޑް ނެގި އެވެ. އެ ލަނޑު އެ ޓީމަށް ލިބުނު ކޯނަރަކުން ތަނަވަސްވި ބޯޅައިން ލަނޑު ޖަހައި ދިނީ ގާސިމް ޝަމާމް (ޝަންމެ) އެވެ. ފުރަތަމަ ޑިވިޝަނުގައި، މާފުއްޓަށް ނިސްބަތްވާ ދަ ގްރާންޑޭގެ ފަހު ސީޒަނުގައި އެ ޓީމުގެ ކެޕްޓަންކަން ކުރި ޝަންމެ، ލަނޑު ޖެހީ، ނެގި ކޯނަރު ބޮލުން ވައްދާލައިގެންނެވެ.

މެޗުގެ ބޮޑުބައެއް، ކެންދޫން ލީޑް ކުރި އެވެ. އެކަމަކު އެ ޓީމު އަތުން ލީޑް ގެއްލުނީ މެޗުގެ އެންމެ ފަހު މިނެޓްގަ އެވެ.

މާފުށީގެ މުޝްރިފް މޫސާ، އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަނުމުން، އޭނާ އަތުން ބޯޅަ ހޯދަން ވިއްދި ޝިޒާން ވަހީދު ކުރި ފައުލަކާ ގުޅިގެން ރެފްރީ ދެއްކީ ޕެނަލްޓީ އެކެވެ.

އެ ޕެނަލްޓީ، ކެންދޫގެ ގޯލްގެ ތިރީ ކަނަށް ވައްދާލައިގެން މާފުއްޓަށް ނަތީޖާ ހަމަހަމަކޮށް ދިނީ އަލީ އުޒައިރު މުހައްމަދެވެ.