ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރިންގެ އަބުރަށް އުނިކަން އަންނަ ފަދަ ގޮތަކަށް ވާހަކަ ދެއްކި ކަމަށް ބުނެ ގދ. ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދުގެ މައްސަލަ ބަލަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.
28 ނޮވެމްބަރ 2024
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރިންގެ އަބުރަށް އުނިކަން އަންނަ ފަދަ ގޮތަކަށް ވާހަކަ ދެއްކި ކަމަށް ބުނެ ގދ. ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދުގެ މައްސަލަ ބަލަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.
އެލްޖީއޭއިން ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތަށް ފޮނުވި ސިޓީއެއްގައިވާ ގޮތުން ރައީސް މުއިއްޒާއި ސަރުކާރުގެ ވެރިންގެ އަބުރަށް ހުތުރުވާ ގޮތަށް، ހަޑި ހުތުރު ބަހުން ގައްދޫ ކައުންސިލްގެ ރައީސް މުއާމަލާތް ކުރި ކަމަށް ބުނެ އަމިއްލަ މީހަކު އެ އޮތޯރިޓީއަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.
އެހެންވެ، ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު މިގޮތަށް ވާހަކަ ދައްކަވާފައިވަނީ ކައުންސިލްގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖްތަކެއްގައި ކަމަށް ވެސް ސިޓީގައިވެ އެވެ.
އެހެންވެ، ގދ. އަތޮޅު ކައުންސިލަށް އެލްޖީއޭއިން އަންގާފައިވަނީ ގައްދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ބެލުމަށާއި އެކަން އިސްލާހު ކުރަން އޭނާއަށް އެންގުމަށެވެ.
ނަމަވެސް މިހާތަނަށް އަތޮޅު ކައުންސިލުން ގައްދޫ ކައުންސިލްގެ ރައީސްއާ މެދު ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދަކީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކ. މާފުށީ ޖަލު ބަންދުގައި ހުއްޓާ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވި ބޭފުޅެކެވެ. އޭނާ މަގާމަށް އިންތިހާބުވީ ޕީޕީއެމްގެ ޓިކެޓްގަ އެވެ.
ނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމުން ވަކިވެ ވަޑައިގަތް ފަހުން ގައްދޫ ކައުންސިލްގެ ރައީސް ވެސް ވަނީ މި ސަރުކާރަށް ތާއީދު ނުކުރައްވާ ކަމަށްވެ އެވެ.
މި އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުތަކަކާ ގުޅިގެން ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ޕާޓީގެ ސިޔާސީ ކެމްޕެއިން ކުރިއަށް ގެންދާ ކަމަށް ބުނެ ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނަކާ ގުޅިގެން އެ ބަޔާން ބާތިލް ކުރަން އެންގި މައްސަލައެއް ވެސް ބޮޑުވި އެވެ.
އެކަމާ ގުޅިގެން އޭރު ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެލްޖީއޭއިން ލޯކަލް ކައުންސިލްތަކަށް ފިޔަވަޅު އެޅުމަކީ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށާއި ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތަކާ ގުޅިގެން، ކައުންސިލްތައް ބާރުވެރިކޮށްގެން މަސައްކަތް ކުރުން ކަމަށެވެ.
ކައުންސިލްތަކަށް ފިޔަވަޅުއަޅަން ތާއީދެއް ނުކުރަން:ރައީސް
ރަށުގެ ބޮޑުމިނަށް ބަލައިގެން ބްލޮކް ގްރާންޓު ދޫކުރަނީ
އަތޮޅުކައުންސިލްތައް އުވާލަން ގާނޫނުއަސާސީ އިސްލާހުކުރަނީ
"އިސްލާހު ގެނައީ ބަޖެޓު ނަހަމަ ގޮތުގައި ބޭނުންކުރާތީ"
ލާމަރުކަޒީ ގާނޫނުގެ އިސްލާހުގެ ބިލް ތަސްދީގުކޮށްފި
ކައުންސިލްގެ ދަތުރުތައް ބޭކާރު ނޫން ކަމަށް ބުނެ ރައްދު
އިސްލާހުތަކުގެ ސަބަބުން ލިބޭނީ ބާރުވެރިކަން: ރައީސް
ރައީސްގެ ކުރިމަތީގައި ހުރެ އެދުނީ ބިލް ތަސްދީގުނުކުރަން
ބްލޮކް ގްރާންޓު ފައިސާ ހޭދަނުކުރާ މައްސަލަ ބޮޑު!
ކައުންސިލްތަކުން ބޭކާރުދަތުރުކުރާތީ ރައީސްގެ ނުރުހުން!