ކައުންސިލުތަކަށް ސަރުކާރުން ދޫކުރާ ފައިސާގައި "ތަޖުރިބާގެ ދަތުރުތައް" ކައުންސިލުތަކުން ކުރަމުންދާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ.
11 އޯގަސްޓް 2025
ކައުންސިލުތަކަށް ސަރުކާރުން ދޫކުރާ ފައިސާގައި "ތަޖުރިބާގެ ދަތުރުތައް" ކައުންސިލުތަކުން ކުރަމުންދާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ.
ކައުންސިލްތަކުގެ ހަރަދުތައް ކުޑަކުރުމަށާއި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ސަރުކާރުން އަންގާފައި ވިޔަސް، ބައެއް ކައުންސިލްތަކުން ޔޫއޭއީ އާއި ތުރުކީ އާއި ތައިލެންޑް ފަދަ ގައުމުތަކަށް ބޭކާރު ދަތުރުތައް ކުރާ މައްސަލަ ވަރަށް ބޮޑެވެ.
މިފަހުން ވަނީ ހދ. އަތޮޅު ކައުންސިލުގެ ބަޖެޓުން ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެން، އެއްވެސް ފައިދާއެއް ނުކުރާ ތަޖުރިބާ ދަތުރެއްގައި އެ ކައުންސިލްގެ ގިނަ އަދަދެއްގެ މެމްބަރުންނާއި މުވައްޒަފުން ތައިލެންޑުގެ ބެންކޮކަށް ދިޔަ މައްސަލައެއް ފެންމަތިވެ، އެކަމަށް ފިޔަވަޅު އަޅަަން އޮޑިޓާ ޖެނެރަލް ވެސް އަންގަވައިފަ އެވެ.
ބ. އަތޮޅަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެންދު އަށް ވަޑައިގެން އެ މަނިކުފާނު ވިދާޅުވީ، ބައެއް ކައުންސިލްތަކުން ޒިންމާދާރުކަން ކުޑަ ގޮތެއްގައި ބްލޮކް ގްރާންޓަށް ދޫކުރާ ފައިސާ އާއި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ބޭނުންކުރަމުންދާ ކަމަށެެވެ.
މިސާލެއްގެ ގޮތުގައި އެ މަނިކުފާނު ނެންގެވީ ބައެއް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލުތަކުގެ ހުރިހާ މެމްބަރުން، އެއްފަހަރާ ތަޖުރިބާ ހޯދުމަށް ރާއްޖެއިން ބޭރަށް ދަތުރުކާ މައްސަލަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިފަދަ ދަތުރުތަކަކީ އެއްވެސް ރައްޔިތަކަށް ނުވަތަ އަތޮޅަކަށް ވެސް ފައިދާއެއް ލިބޭ ދަތުރުތަކެއް ނޫނެވެ.
"މުޅި ކައުންސިލް އޮތް ގޮތަށް ރަށު ކައުންސިލު އެކަންޏެއް ނޫން، އަތޮޅު ކައުންސިލް އޮތް ގޮތަށް ތަޖުރިބާގެ ދަތުރޭ ކިޔާފައި އެއްވެސް ރަށެއްގެ ރައްޔިތަކަށް ނޫނީ އަތޮޅެއްގެ ރައްޔިތަކަށް ފައިދާ ނުވާނެ، ފައިދާ ނުހޯދޭނެ ތަންތަނަށް ގައުމުތަކަަށް އެބަދޭ ބްލޮކް ގްރާންޓާއި އާމްދަނީގެ ގޮތުގައި ހޯދާ ފައިސާ ބޭނުންކޮށްގެން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، ކައުންސިލުތަކަށް ބްލޮކް ގްރާންޓުދީ، ރަށުގައި އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދީފައި ވަނީ ރަށްރަށުގެ މުނިސިޕަލް ކަންކަމާއި ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް އިންވެސްޓް ކުރުމަށެވެ.
އެ މަނިކުފާނު ވިދާޅުވީ އަތޮޅު ކައުންސިލަކުން ތަޖުރިބާ ހޯދުމަށް ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު ވެސް ނޫހެއްގެ ސުރުހީއަކުން ފެނިވަޑައިގަތް ކަމަށެވެ. އެކަމަކު ކައުންސިލުތަކުގެ ދައުރު ހަމަވާން މިހާ ގާތްވެފައި ވަނިކޮށް ތަޖުރިބާ ހޯދަން ޖެހޭތޯ އެ މަނިކުފާނު ސުވާލު އުފެއްދެވި އެވެ.
President Dr @MMuizzu meets Kendhoo residents, outlining upcoming projects and reiterating the Administration’s commitment to fulfilling community needs.#RayyithunGaathah #BaaAtollVisit pic.twitter.com/yT5Zjx0c0d
— The President's Office (@presidencymv) August 11, 2025
ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ މާ ސީރިއަސް ނިޒާމެއް ކަމަށެވެ. އެއީ ރައްޔިތުންނަށް ވަރަށް މުހިއްމު ނިޒާމެއް ކަމަށާއި އެ ނިޒާމުގެ ދަށުން މަސައްކަތް ކުރަން ވާނީ އިހުލާސްތެރިކަމާއި ޒިންމާދާރުކަމާ އެކު ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވެ، ކޮންމެ ޕާޓީއަކުން ކައުންސިލަަށް އިންތިހާބުވި ނަމަވެސް އެ އޮންނަ ސަރުކާރަކާ އެކު މަސައްކަތް ކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ. އަދި ކައުންސިލްތަކަށް ލިބޭ ފައިސާ ޒިންމާދާރުކަމާ އެކު ބޭނުންކުރުމަށް އެދިވަޑައިގަތެވެ.
އަތޮޅުކައުންސިލްތައް އުވާލަން ގާނޫނުއަސާސީ އިސްލާހުކުރަނީ
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ރައީސްގެ އާ ހިޔާލެއް
"3،000ގެ އާބާދީއަކަށް ތިން ކައުންސިލަރުން ފުދޭ"
ރަށުގެ ބޮޑުމިނަށް ބަލައިގެން ބްލޮކް ގްރާންޓު ދޫކުރަނީ
"އިސްލާހު ގެނައީ ބަޖެޓު ނަހަމަ ގޮތުގައި ބޭނުންކުރާތީ"
ލާމަރުކަޒީ ގާނޫނުގެ އިސްލާހުގެ ބިލް ތަސްދީގުކޮށްފި
ކައުންސިލްގެ ދަތުރުތައް ބޭކާރު ނޫން ކަމަށް ބުނެ ރައްދު
އިސްލާހުތަކުގެ ސަބަބުން ލިބޭނީ ބާރުވެރިކަން: ރައީސް
ރައީސްގެ ކުރިމަތީގައި ހުރެ އެދުނީ ބިލް ތަސްދީގުނުކުރަން
ބްލޮކް ގްރާންޓު ފައިސާ ހޭދަނުކުރާ މައްސަލަ ބޮޑު!