11 ސެޕްޓެމްބަރ 2024
ޔޫކްރެއިންއާ ދެކޮޅަށް ބޭނުން ކުރުމަށް ރަޝިޔާއަށް ކުރު ރާސްތާގެ މިސައިލްތަކެއް ފޯރުކޮށްދިނުމުން ހުޅަނގުގެ ބާރުތަކުން އީރާނާ ދެކޮޅަށް އަނެއްކާވެސް ދަތިކުރުމުގެ ފިޔަވަޅު ތައް އަޅަން ނިންމައިފި ނެވެ.
ޔޫކްރެއިންއާ ދެކޮޅަށް ބޭނުން ކުރުމަށް ރަޝިޔާއަށް ކުރު ރާސްތާގެ މިސައިލްތަކެއް ފޯރުކޮށްދިނުމުން ހުޅަނގުގެ ބާރުތަކުން އީރާނާ ދެކޮޅަށް އަނެއްކާވެސް ދަތިކުރުމުގެ ފިޔަވަޅު ތައް އަޅަން ނިންމައިފި ނެވެ.
ޔޫކޭ، ފްރާންސް އަދި ޖަރުމަނުން ވަނީ އީރާނާ އެކު ވެފައިވާ ވައިގެ ދަތުރުފަތުރުގެ އެއްބަސްވުންތައް އުވާލައި، އެ ގައުމުގެ ގައުމީ އެއާލައިން އީރާން އެއާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. އެއީ އެ ގައުމުތަކުން ބުނި ގޮތުގައި ހަތިޔާރު ނުދިނުމަށް އީރާނަށް ކުރި އިންޒާރުތަކަށް ތަކުރާރުކޮށް ހިލާފުވެފައި ވާތީ އެވެ.
"މިއީ އީރާނާއި ރަޝިއާ އިން ވެސް ހިންގި، ހަނގުރާމަ އިތުރަށް ފުޅާކުރުމުގެ އަމަލެއް. މިއީ ސީދާ ޔޫރަޕްގެ ސަލާމަތަށް އޮތް ނުރައްކަލެއް،" އީ3 ގެ ނަން ދީފައިވާ ގައުމުތަކުގެ ގުޅިފައިވާ ބަޔާނުގައިވެ އެވެ.
ލަންޑަނަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވަނީ އީރާނުން ރަޝިޔާއަށް ދިން މިސައިލްތައް ޔުކްރެއިނާ ދެކޮޅަށް "މަދު ހަފްތާތަކެއްގެ ތެރޭގައި" ބޭނުންކޮށްފާނެ ކަމަށް ވިދާޅުވެފަ އެވެ.
ބްލިންކެން ވިދާޅުވި ގޮތުގައި 75 މޭލު (120 ކިލޯމީޓަރު) އަށް ފޯރާ ފާތު-360 މިސައިލް ބޭނުންކުރަން ދަސްކުރުމުގެ ތަމްރީންތަކެއް ރަޝިއާ ސިފައިންގެ ބަޔަކު ވަނީ އީރާނުގައި ވަނީ ހަދައިފަ އެވެ.
"އީރާނުގެ އާ ރައީސާއި ހާރިޖީ ވަޒީރު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ޔޫރަޕާ އެކު ގުޅުން ބަދަހިކުރަން ބޭނުންވާ ކަމަށް،" އޭނާ ވިދާޅުވި އެވެ.
"އެމީހުން ބޭނުންވަނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދޭން. އެކަމަކު މިފަދަ އަމަލުތައް ހިންގުމަކީ އެ އެދޭ ގޮތުގެ ދިމާ އިދިކޮޅު ނަތީޖާ ނުކުންނާނެ ކަމެއް."
އޭގެ ކުޑަ އިރުކޮޅެއް ފަހުން އިނގިރޭސި ސަރުކާރުން ވަނީ އިނގިރޭސިވިލާތާއި އީރާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ހުއްޓާލުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށް ބުނެފަ އެވެ.
އެމެރިކާ އިން ތުހުމަތު ކުރާ ގޮތުގައި އީރާން އެއާ އިން ވަނީ މިސައިލް ސަޕްލައި ކުރުމުގައި ބައިވެރިވެފަ އެވެ. އެހެންވެ އެ އެއާލައިނާއި އެ ކުންފުނީގެ 10 މީހަކާ ދެކޮޅަށް ވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަނާނީ ވިދާޅުވީ ހުޅަނގުން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށާއި މިއީ އިޒްރޭލުން ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ ދެމުން ގެންދާ ހަމަލާތަކުގައި އިޒްރޭލަށް އެމެރިކާއިން ކުރާ ތާއީދަށް އަމާޒުވާ ފާޑުކިޔުންތަކުން ސަމާލުކަން ގެއްލުވާލަން ދައްކާ ވާހަކައެއް ކަމަށެވެ. -- އޭއެފްޕީ
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ސައޫދީ-އީރާން ގުޅުން، އެމެރިކާ އަށް ލަދެއް
ރަޝިޔާއާ ގުޅުން ބަދަހިކުރަން ހުއްދައެއް ބޭނުމެއް ނޫން
ޔޫކްރޭންގެ ބައެއް ސަހަރުތައް ކަނު އަނދިރީގައި
ރަޝިޔާގެ ގިނަ އަސްކަރީ އެހީތަކެއް އީރާނަށް
އީރާންގެ މިސައިލުން ދިފާއުވެވޭކަށް ނެތް: ޔޫކްރޭން
ރަޝިޔާ އަށް އީރާނުގެ އިތުރު 2000 ޑްރޯން ގަންނަނީ
ޔޫކްރޭނުން އީރާނާ ގުޅުން ކަނޑާލައިފި
ޔޫރަޕަށް ގޭސް ފޮނުވާ ހޮޅި ރަޝިޔާ އިން ބަންދުކޮށްފި
ޔޫކްރޭންގެ ދިފާއު ވަރުގަދަކޮށް ރަޝިޔާ ސިފައިން ފަހަތަށް