25 އޮކްޓޯބަރ 2022
އީރާންގައި އުފައްދާފައިވާ "ކަމިކާޒޭ" ޑްރޯންގެ އިތުރު 2000 ޑްރޯން ގަތުމަށް ރަޝިޔާ އިން އީރާނަށް އޯޑަރު ދީފައިވާ ކަމަށް ޔޫކްރޭނުން މިއަދު ބުނެފި އެވެ.
އީރާންގައި އުފައްދާފައިވާ "ކަމިކާޒޭ" ޑްރޯންގެ އިތުރު 2000 ޑްރޯން ގަތުމަށް ރަޝިޔާ އިން އީރާނަށް އޯޑަރު ދީފައިވާ ކަމަށް ޔޫކްރޭނުން މިއަދު ބުނެފި އެވެ.
މިހާރު ކުރަމުންދާ ހަނގުރާމައިގައި ޔޫކްރޭން ސިފައިން ދޭ ހަމަލާތަކުގައި ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބެން ފެށުމާ ގުޅިގެން، ރަޝިޔާ އިން ވަނީ އީރާނުގައި އުފައްދާފައިވާ ޑްރޯން މަތިންދާބޯޓުތަކެއް ގަނެ، ޔޫކްރޭނާ ދެކޮޅަށް ބޭނުންކުރަން ފަށައިފަ އެވެ. މިދިޔަ ދެ ހަފުތާގައި އީރާންގެ ޑްރޯންތައް ބޭނުންކޮށްގެން ދިން ހަމަލާތަކުގެ ސަބަބުން ޔޫކްރޭންގެ ކަރަންޓު ވިއުގަ ވަނީ މުޅިންހެން ހަލާކުވެފަ އެވެ.
ޔޫކްރޭންގެ ރައީސް ވޮލިޑިމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި ރަޝިޔާ އަށް އީރާންގެ ޑްރޯންތައް ގަތުމަށް މަގުފަހިވީ، ޔޫކްރޭންގެ ދިފާއުގައި ބޭނުންކުރުމަށް އިޒްރޭލުގެ ހަތިޔާރުތައް ދޭން އިޒްރޭލުން ދެކޮޅު ހެދުމުންނެވެ. އެހެން ނޫން ނަމަ، ރަޝިޔާއާ އެކުގައި އަސްކަރީ ގުޅުން ބަދަހިކުރަން އީރާނަށް ނުކެރޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އީރާންގެ 2000 ޑްރޯން ގަންނަން އޯޑަރު ދިނުމާ ގުޅިގެން، އީރާންގެ އަސްކަރީ ތަޖުރިބާކާރުންގެ ޓީމެއް މިހާރު ތިބީ ރަޝިޔާ އަށް ގޮހެވެ. އެމީހުންގެ މަސައްކަތަކީ އީރާންގެ ޑްރޯންތައް ބޭނުންކުރާނެ ގޮތް ރަޝިޔާގެ ސިފައިންނަށް ކިޔައިދީ އެކަމަށް އަހުލުވެރި ކުރުމެވެ.
އީރާނުގައި އުފައްދާފައިވާ ޝާހިދު މަރުކާގެ ޑްރޯންތަކަކީ، އޭގައި ގިނަ އަދަދެއްގެ ގޮވާތަކެތި ހަރުކޮށް، ދުއްވާފައި ގޮސް ދުޝްމަނުންގެ އަމާޒަށް ޖެހިގަތުމާއެކު ގޮވާ ގޮތަށް، ޕައިލެޓަކާ ނުލައި ދުއްވުމަށް ތައްޔާރުކޮށްފައިވާ ކުދި މަތިންދާބޯޓުތަކެކެވެ.
މި ބާވަތުގެ ޑްރޯންތައް "ކަމިކާޒޭ"ގެ ނަމުން މަޝްހޫރުވެފައިވަނީ، އެ ޑްރޯން ގޮސް އޭގެ އަމާޒުގައި ޖެހިގަނެ ގޮވާ ގޮތަށް އުފައްދާފައިވާތީ އެވެ. "ކަމިކާޒޭ" އަކީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ދުޝްމަނުންގެ އަމާޒުތަކަށް ހަމަލާ ދިނުމުގައި ޖަޕާނުން ބޭނުންކުރި ވައިގެ ސިފައިންގެ ފިދާއީ ލަޝްކަރަކަށް ދީފައިވާ ނަމެކެވެ. އެ ލަޝްކަރުގެ ދައުރަކީ، ހަތިޔާރު ބަރުކޮށްފައި ހުންނަ މަތިންދާބޯޓުގައި ގޮސް، ދުޝްމަނުންގެ އަމާޒުތަކަށް ބޯޓާއެކު ޖެހިގަނެ ޖާނުން ފިދާވުމެވެ.
ރަޝިޔާއާ ގުޅުން ބަދަހިކުރަން ހުއްދައެއް ބޭނުމެއް ނޫން
ޔޫކްރޭންގެ ބައެއް ސަހަރުތައް ކަނު އަނދިރީގައި
ޔޫކްރޭންގެ ހަމަލާތައް ރަޝިޔާގެ އެންމެ އެތެރެއަށް
ޔޫކްރޭނުން އީރާނާ ގުޅުން ކަނޑާލައިފި
ޔޫކްރޭންގެ ދިފާއު ވަރުގަދަކޮށް ރަޝިޔާ ސިފައިން ފަހަތަށް
އީރާނުން ރަޝިޔާ އަށް އަސްކަރީ ޑްރޯން ވިއްކަނީ
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ރަޝިޔާގެ ހަ ސަރަހައްދަކަށް ޑްރޯން ހަމަލާތަކެއް
ޑްރޯން ހަމަލާތަކުން މޮސްކޯގެ ވައިގެ ދަތުރު ހުއްޓިއްޖެ
ދެވަނަ ބޮޑު ހަނގުރާމައަށް ފަހު މޮސްކޯ ގުޑުވާލައިފި