11 ޑިސެމްބަރ 2022
މީގެ ކުރިން ރަޝިޔާ އިން އީރާނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްނުދޭ މިންވަރަށް މިހާރު އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް، އިނގިރޭސި ވިލާތުން ތުހުމަތުކޮށްފި އެވެ.
މީގެ ކުރިން ރަޝިޔާ އިން އީރާނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްނުދޭ މިންވަރަށް މިހާރު އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް، އިނގިރޭސި ވިލާތުން ތުހުމަތުކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު، އދ.ގެ ސަލާމަތީ މަޖިލީހުގައި އޮތް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިނގިރޭސި ސަފީރު ބާބަރާ ވުޑްވާޑް ވިދާޅުވީ އާދަޔާ ޚިލާފު މިންވަރަށް ރަޝިޔާ އިން އީރާނަށް މިހާރު އަސްކަރީ ގޮތުން މަދަދު ފޯރުވަމުން ގެންދަނީ، އދ.ގެ ގަވާއިދުތަކާ ޚިލާފަށް ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރަޝިޔާގައި އުފައްދާ އަސްކަރީ ޓެކްނޮލޮޖީ އާއި އަސްކަރީ އުފެއްދުންތަކުގައި ބޭނުންކުރާ އެކިއެކި ބައިތައް އީރާނަށް ފޯރުކޮށްދެނީ، އީރާންގައި އުފައްދާ އަސްކަރީ ހަތިޔާރުތައް ހޯދުމުގެ ބޭނުމުގަ އެވެ.
އިނގިރޭސި ސަފީރު ވިދާޅުވި ގޮތުގައި ރަޝިޔާ އިން އީރާނަށް ފޮނުވާ އަސްކަރީ ސާމާނުގެ ބަދަލުގައި، އީރާނުގައި އުފައްދާފައިވާ ޒަމާނީ ހަތިޔާރުތައް އީރާނުން ރަޝިޔާ އަށް ފޮނުވާނެ އެވެ. އޭގެ ތެރޭގައި އެތައް ސަތޭކަ ބެލިސްޓިކް މިސައިލެއް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަޝިޔާގެ ޒަމާނީ އަސްކަރީ ޓެކްނޮލޮޖީގެ އެހީގައި އީރާނުން އެ ގައުމުގެ އަސްކަރީ ބާރު އިތުރަށް ވަރުގަދަ ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އީރާނުގެ އަސްކަރީ ހަތިޔާރުތަކަކީ ހަމައެކަނި މެދުއިރުމަތީ ސަރަހައްދަށް ހުރި ނުރައްކަލެއް ނޫން ކަމަށާއި، މުޅި ދުނިޔޭގެ ސުލްހައަށް ވެސް ހުރި ނުރައްކަލެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
އޭނާގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން، އދ.ގައި ހުންނަވާ ރަޝިޔާގެ ސަފީރު ވެސިލީ ނެބެންޒިއާ ވިދާޅުވީ ޔޫކްރޭން މައްސަލަ ހައްލުނުވެ ދިގުލައިގެން ދަނީ ހުޅަނގުގެ ގައުމުތަކުން އަމަލުކުރާ ގޮތުގެ ސަބަބުން ކަމަށެވެ. އެ ގޮތުން އޭނާ ވިދާޅުވީ ހުޅަނގުގެ ގައުމުތަކުން ހުއްޓުމެއް ނެތި، ޔޫކްރޭނަށް ހަތިޔާރު ފޮނުވުމަކީ އަނދަ އަނދާ ހުރި އަލިފާންގަނޑެއްގެ ތެރެއަށް ދަރު އެޅުން ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ހަތިޔާރު ފޯރުކޮށްދެމުން އަންނަ މިންވަރަށް، ދުނިޔޭގެ ތާރީޚުގައިވެސް އެއްވެސް ގައުމަކުން އަނެއް ގައުމަކަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްނުދޭ ކަމަށެވެ. އަދި މިހާރު ކަން ހިނގަމުންދާ ގޮތަށް ބަލާއިރު، ޔޫކްރޭން ހަނގުރާމައިގެ އަނެއް ފަރާތަކީ ހަމައެކަނި ޔޫކްރޭންތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދާދި ފަހުން ޔޫކްރޭނަށް ދިން ހަމަލާތަކުގައި ޑްރޯންތަކެއް ބޭނުންކޮށްފައިވާތީ އެކަން ތަހުގީގުކުރަން އދ.ގެ ޓީމެއް ޔޫކްރޭނަށް ފޮނުވަން ގަސްދުކުރާ ކަމަށް އދ. އިން ބުނުމުން އެކަމަށް ވެސް ރަޝިޔާ ސަފީރު ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ ޑްރޯންގެ ހަގީގަތް ހޯދުމަށް ތަޖުރިބާކާރުންގެ ޓީމެއް ޔޫކްރޭނަށް ފޮނުވުމުގެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އަށް ނެތް ކަމަށެވެ.
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ޔޫކްރޭންގެ ބައެއް ސަހަރުތައް ކަނު އަނދިރީގައި
އީރާންގެ މިސައިލުން ދިފާއުވެވޭކަށް ނެތް: ޔޫކްރޭން
ޔޫކްރޭންގެ ދިފާއު ވަރުގަދަކޮށް ރަޝިޔާ ސިފައިން ފަހަތަށް
ރަޝިޔާ، ތުރުކީ އަދި އީރާންގެ ވެރިން ބައްދަލުކުރައްވަނީ
އީރާނުން ރަޝިޔާ އަށް އަސްކަރީ ޑްރޯން ވިއްކަނީ
އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން ރަޝިޔާ ވަކިކުރަނީ
"ރަޝިޔާ ނުހުއްޓުވެންޏާ، ސަލާމަތީ މަޖިލިސް އުވާލާ"
ހަނގުރާމަ ހުއްޓާލުމަށް ދުނިޔޭގެ ކޯޓުން އަމުރުކޮށްފި
ޔޫކްރޭންގައި ބިންގަރާސް ސްކޫލްތަކެއް ހަދަނީ