Roadha Mihaaru
އީރާންގެ މިސައިލުން ދިފާއުވެވޭކަށް ނެތް: ޔޫކްރޭން

އީރާންގެ މިސައިލުން ދިފާއުވެވޭކަށް ނެތް: ޔޫކްރޭން

02 ނޮވެމްބަރ 2022

އީރާނުން ރަޝިޔާ އަށް ފޮނުވުމަށް މިހާރު ތައްޔާރުވަމުންދާ މިސައިލްތަކުން ދިފާއު ވެވޭނެ އެކަށީގެންވާ ނިޒާމެއް ޔޫކްރޭންގައި ނެތް ކަމަށް، ޔޫކްރޭންގެ ވައިގެ ސިފައިންގެ ލަޝްކަރުން އިއްޔެ ބުނެފި އެވެ.

އީރާނުން ރަޝިޔާ އަށް ފޮނުވުމަށް މިހާރު ތައްޔާރުވަމުންދާ މިސައިލްތަކުން ދިފާއު ވެވޭނެ އެކަށީގެންވާ ނިޒާމެއް ޔޫކްރޭންގައި ނެތް ކަމަށް، ޔޫކްރޭންގެ ވައިގެ ސިފައިންގެ ލަޝްކަރުން އިއްޔެ ބުނެފި އެވެ.

ޔުކްރޭންގެ ވައިގެ ސިފައިންގެ ލަޝްކަރުގެ ތަރުޖަމާނު ޔޫރީ އިހްނާޓް މިއަދު ވިދާޅުވި ގޮތުގައި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި ޔޫކްރޭނަށް ހަމަލާ ދިނުމުގައި ބޭނުންކުރުމަށް، އީރާނުގައި އުފައްދާފައިވާ މިސައިލްތަކެއް ވަރަށް އަވަހަށް ރަޝިޔާ އަށް ގެންދާނެ އެވެ. އެ މިސައިލްތައް ރަޝިޔާ އަށް ގެންދިއުމަށްޓަކައި މިހާރު ބޯޓުތަކަށް ބަރުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އީރާނުން ރަޝިޔާ އަށް ފޮނުވުމަށް މިހާރު ބަރުކުރަމުންދާ ބެލިސްޓިކް މިސައިލްތަކުގެ ތެރޭގައި 300 ކިލޯމީޓަރުގެ ރާސްތާ އަށާއި 700 ކިލޯމީޓަރުގެ ރާސްތާ އަށް ދަތުރުކުރާ މިސައިލް ވެސް ހިމެނެ އެވެ. އެއީ ރަޝިޔާގެ އިމުގެ ތެރޭގައި ތިބެގެން ވެސް، ޔޫކްރޭންގެ ކޮންމެ ސަރަހައްދަކަށް ވެސް ހަމަލާ ދެވޭނެ މިސައިލްތަކެއް ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

އީރާނުން އުފައްދާފައިވާ އަލްފާތިހް މަރުކާގެ މިސައިލްތަކެއް، އެ ގައުމުގެ އަސްކަރީ ތަމްރީންތަކެއްގައި ބޭނުންކުރަނީ.

އީރާނުން އުފައްދާފައިވާ އަލްފާތިހް މަރުކާގެ މިސައިލްތަކެއް، އެ ގައުމުގެ އަސްކަރީ ތަމްރީންތަކެއްގައި ބޭނުންކުރަނީ.

ވެރިރަށް ކިޔޭވްގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ތަރުޖަމާނު ވިދާޅުވީ އީރާނުން ފޮނުވާ މިސައިލްތައް ގެންދަން ހަމަޖެހިފައިވަނީ ޔޫކްރޭންގެ އުތުރު ފަޅިން ރަޝިޔާއާ ގުޅިފައިވާ އިމުގެ ކައިރިއަށް ކަމަށް މައުލޫމާތު ލިބެ އެވެ. އެ ސަރަހައްދުން ފޮނުވައިލާ 700 ކިލޯމީޓަރުގެ ރާސްތާގެ މިސައިލަކުން ޔޫކްރޭންގެ ކޮންމެ ތަނަކަށް ވެސް ހަމަލާ ދެވޭނެ އެވެ.

ސީއެންއެން އިން އިއްޔެ ބުނި ގޮތުގައި ރަޝިޔާ އަށް ބޭނުންވާ އިތުރު ހަތިޔާރު ފޮނުވުމަށް އީރާނުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. މިފަހަރު އީރާނުން ރަޝިޔާ އަށް ފޮނުވަން ނިންމާފައިވާ 1000 ހަތިޔާރުގެ ތެރޭގައި، ބިމުން ބިމަށް ހަމަލާ ދޭން ބޭނުންކުރާ ކުރު ރާސްތާގެ މިސައިލާއި، ހަމަލާ ދޭ ޑްރޯން ވެސް ހިމެނެ އެވެ.

ތަރުޖަމާނު ވިދާޅުވި ގޮތުގައި ވައިގެ މަގުން އަންނަ ހަމަލާތައް ދިފާއުކުރުމުގެ ގާބިލުކަން ޔޫކްރޭންގައި އެބަހުއްޓެވެ. ނަމަވެސް އެފަދަ މިސައިލްތަކުން ދިފާއުވުމަށް އެކަށޭނަ ދިފާއީ ނިޒާމުތަކެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހަގީގަތް އެނގި ތިބެ ޔޫކްރޭނު ސިފައިން މަސައްކަތް ކުރަމުންދާނީ، ލިބި ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން އީރާންގެ މިސައިލްތަކުން ޔޫކްރޭންގެ ރައްޔިތުން ރައްކާތެރިކުރުމަށް ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ. އަދި މިހާރު ޔޫކްރޭންގެ ވައިގެ ސިފައިންގެ އަތުގައި ހުރި އަސްކަރީ އާލާތްތައް ބޭނުންކޮށްގެން ވެސް، އީރާންގެ މިސައިލްތައް ވައްޓައިލެވޭނެ ކަމަށާއި ނަމަވެސް އެންމެ އެކަށީގެންވާ ގޮތެއްގައި އެކަން ކުރުމަށް، މިހާރު ހުރި އާލާތްތައް ނުފުދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫކްރޭނުން ބުނި ގޮތުގައި ރަޝިޔާ އިން އީރާންގެ މިސައިލްތައް މި ހޯދަނީ، ރަޝިޔާގައި އުފައްދާފައި ހުރި އިސްކަންދަރު މަރުކާގެ މިސައިލްތައް ޔޫކްރޭނަށް ހަމަލާ ދިނުމަށް ބޭނުންކޮށް ހުސްވުމަކާ ގާތްވެފައިވާތީ އެވެ.