20 ސެޕްޓެމްބަރ 2023
ނުބަޔަށް އެއްވެސް އިރެއްގައި އިތުބާރު ކުރެވެން ނޯންނާނެ ކަމަށް ވިދާޅުވެ، ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް، މުޅި ދުނިޔެ އެއްބައިވުމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ގޮވާލައްވައިފި އެވެ.
ނުބަޔަށް އެއްވެސް އިރެއްގައި އިތުބާރު ކުރެވެން ނޯންނާނެ ކަމަށް ވިދާޅުވެ، ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް، މުޅި ދުނިޔެ އެއްބައިވުމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ގޮވާލައްވައިފި އެވެ.
އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބޭއްވި އާންމު މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޒެލެންސްކީ ވިދާޅުވީ މުޅި ދުނިޔެ ހަނގުރާމައެއްގެ ތެރެއަށް ލަވަމުން ދާ ރަޝިޔާ ހުއްޓުވަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ފަށާފައިވާ އުދުވާނުގައި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަނީ ހަމައެކަނި އަސްކަރީ ހަތިޔާރުތަކެއް ނޫނެވެ.
އޭގެ ބަދަލުގައި ހަކަތަ އާއި ގޮވާމާއި ކާބޯތަކެތި ވެސް ރަޝިޔާ އިން މިހާރު ބޭނުންކުރަނީ، އެހެން މީހުން ކުޑަ ކަކޫ ޖައްސާ ހަތިޔާރެއްގެ ގޮތުގައި ކަން އޭނާ ވިދާޅުވި އެވެ. ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ލިބިފައިވާ ރަޝިޔާގެ އެ އަމަލުތައް ހުއްޓުވޭނީ، މުޅި ދުނިޔެ އެކުގައި ތެދުވެގެން ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ މުޖްތަމައަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލެވެން އޮތީ ވެސް، ރަޝިޔާ ފަހަތަށް ޖައްސައިގެންނެވެ. ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވައިގެން ނޫނީ، މިހާރު ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތައް ފަދަ ގޮންޖެހުންތަކާ ކުރިމަތިލެވޭނެ ގޮތެއް ނެތެވެ.
"ރަޝިޔާ އިން މުޅި ދުނިޔެ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ލަވަމުން ގެންދާ އިރު، ޔޫކްރޭނުން ގަދައަޅައި މަސައްކަތް ކުރަމުން މިއަންނަނީ، އެހެން އެއްވެސް ގައުމަކުން އަނެއް ގައުމަކާ ދެކޮޅަށް އެފަދަ އުދުވާނީ ހަމަލާއެއް ނުދޭނެ ކަން ކަށަވަރުކުރުމަށް،" ޒެލެންސްކީ ވިދާޅުވި އެވެ.
"ރަޝިޔާ އަކީ ނިއުކްލިއާ ހަތިޔާރު ގެންގުޅުމުގެ އެއްވެސް ހައްގެއް ލިބިގެންވާ ގައުމެއް ނޫން. އަސްކަރީ ބާރުވެރިކަން ހޯދުމަށް އެ ކުރާ މަސައްކަތް ހުއްޓުވަންޖެހޭ. ހަނގުރާމައިގެ ޖަރީމާތަކަށް އަދަބު ދެވެންޖެހޭނެ. ގައުމުން ފައްސައިލެވުނު މީހުން އަނބުރާ ގައުމަށް ގެނެވެންޖެހޭނެ. އަދި އިސްތިއުމާރީން އެނބުރި އެމީހުންގެ ގައުމަށް ދާންޖެހޭނެ."
އޭނާ ވިދާޅުވީ އެކަންތައް އެ ގޮތަށް ކުރުމުގައި އެންމެން އެއްބައިވާންޖެހޭ ކަމަށާއި އެ ކަންތައް އެ ގޮތުގައި ކުރައްވާނެ ކަމަށެވެ.\
ޒެލެންސްކީގެ އިތުރުން އާންމު މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދެއްކެވި އެހެން ގައުމުތަކުގެ ވެރިންވެސް ވަނީ، ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ކުރަމުންދާ ހަނގުރާމަ ކުށްވެރިކޮށް، ހަނގުރާމަ ހުއްޓައިލުމަށް ގޮވާލައްވައިފަ އެވެ.
ހަނގުރާމަ މިހާރު އެ ވަންނަނީ ރަޝިޔާއަށް: ޒެލެންސްކީ
އެފްރިކާގެ ރައީސް، ޕުޓިންއަށް: ހަނގުރާމަ ހުއްޓަލާ
ޑޭމް ގޮއްވައިލުމުން އެތައް ހާސް ބަޔަކަށް ނުރައްކާ
ރަޝިޔާ ސިފައިން ބަޚްމުތު ހިފައިފި
ފްރާންސުން ޔޫކްރޭނަށް އިތުރު ބަރު ހަތިޔާރު ދެނީ
ރަޝިޔާގައި މިސައިލް އުފެއްދުން ދެގުނަ އިތުރުކުރަނީ
ޔޫކްރޭން ދުވަހަކުވެސް އަމާނެއް ނުދޭނެ: ޒެލެންސްކީ
ޔޫކްރޭން ދުވަހަކު ވެސް އެކަންޏެއް ނުވާނެ: ބައިޑެން
ޔޫކްރޭންގެ ބައެއް ސަހަރުތައް ކަނު އަނދިރީގައި
މިނިވަންކުރި ޚެރްސޯނަށް ޒެލެންސްކީ ވަޑައިގެންފި