14 ނޮވެމްބަރ 2022
ރަޝިޔާ ސިފައިން ބާރުގެ ބޭނުންކޮށްގެން ހިފުމަށް ފަހު ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނިކޮށް، ޔޫކްރޭން ސިފައިން ދިން ވަރުގަދަ ހަމަލާތަކުގައި މިނިވަންކުރި ޚެރްސޯން ސަހަރަށް އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.
ރަޝިޔާ ސިފައިން ބާރުގެ ބޭނުންކޮށްގެން ހިފުމަށް ފަހު ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނިކޮށް، ޔޫކްރޭން ސިފައިން ދިން ވަރުގަދަ ހަމަލާތަކުގައި މިނިވަންކުރި ޚެރްސޯން ސަހަރަށް އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.
ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކަކާއެކު ގިނަ އަދަދެއްގެ ސިފައިންގެ ހިމާޔަތުގައި ޒެލެންސްކީ ޚެރްސޯނަށް ވަޑައިގަތީ މިއަދު މެންދުރެއްހާއިރު އެވެ. ޚެރްސޯނަށް ވަޑައިގެން ޒެލެންސްކީ ވަނީ އެ ސަހަރުގައި ތިބި ޔޫކްރޭންގެ ސިފައިންނާ ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފަ އެވެ.
#ZELENSKY visiting KHERSON...? pic.twitter.com/LbhYFk6HCA
— Dr_Mikey?? ?? NAFO ( NATO) (@DrMikey13) November 14, 2022
އޭނާ ވިދާޅުވީ ޔުކްރޭން ދާނީ ކުރިއަށް ކަމަށާއި، ގައުމުގެ މިނިވަންކަމަށްޓަކައި ސިފައިން ކުރާ މަސައްކަތަށް ތައުރީފު ހައްގު ކަމަށެވެ. އަދި ޔޫކްރޭން އޮތީ ސުލްހަ ގާއިމުކުރުމަށް ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޚެރްސޯނަކީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އެންމެ ފުރަތަމަ ހިފި ތަންތަނުގެ ތެރޭގައި ހިމެނޭ، ސްޓްރެޓީޖިކް ގޮތުން ވަރަށް މުހިންމު ސަހަރެކެވެ. އެހެންކަމުން މި ސަހަރު ރަޝިޔާ ސިފައިންނަށް ގެއްލުމަކީ، ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ގެއްލުމެވެ.
President #Zelensky visited the newly liberated city of #Kherson, following the retreat of #RussianForces. pic.twitter.com/B45ebIPvp5
— KyivPost (@KyivPost) November 14, 2022
ރަޝިޔާ ސިފައިން އެ ސަހަރު ހިފީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މިދިޔަ ހުކުރު ދުވަހާ ޖެހެންދެން އެ ސަހަރުގެ ފުރިހަމަ ކޮންޓްރޯލް އޮތީ ރަޝިޔާ ސިފައިންގެ އަތްމަތީގަ އެވެ. މީގެ މަހެއްހާ ދުވަސް ކުރިން ޔޫކްރޭން ސިފައިން އެ ސަހަރު ހިފުމަށް ދޭން ފެށި ވަރުގަދަ ހަމަލާތަކުގެ ކުރިމަތީގައި ރަޝިޔާ ސިފައިންނަށް ސާބިތުވެ ތިބެވޭ ގޮތް ނުވުމުން، މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް، އެ ސަހަރު ދޫކޮށް ރަޝިޔާ ސިފައިން ފޭބީ މިދިޔަ ހުކުރު ދުވަހު އެވެ.
މިދިޔަ މާޗް މަހަށް ފަހު ޔޫކްރޭން ސިފައިން މިދިޔަ ހުކުރު ދުވަހު އެ ސަހަރަށް ވަނުމާ އެކު، އެ ސަހަރުގެ އާންމުން މަގުތަކަށް ނުކުމެ ޔޫކްރޭން ސިފައިންނާއެކު އުފާ ފާޅުކޮށް، ސިފައިންނާ އެކު އަންނަނީ މިނިވަންކަން ފާހަގަކުރަމުންނެވެ.
President #Zelensky arrived in #Kherson ??
— ???? ????? | ????????? (@tweetforAnna) November 14, 2022
When asked why he came so soon : " I WANTED A WATERMELON. I am happy we are in Kherson. We are, step by step, coming to all of our country. #Ukraine is ready for peace, PEACE FOR ALL OUR COUNTRY ".#StandWithUkraine #Russia is losing. pic.twitter.com/rlKvlcve1R
ރަޝިޔާ ސިފައިންގެ ބާރުގެ ދަށުން ޚެރްސޯން މިނިވަންކުރުމުގައި ޔޫކްރޭން ސިފައިންނަށް ކާމިޔާބު ލިބުނީ އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން ޔޫކްރޭނަށް ފޯރުކޮށްދިން އަސްކަރީ އެހީތެރިކަމުގެ ސަބަބުންނެވެ. އެކަން ފާހަގަކޮށް، ރައީސް ޒެލެންސްކީ މިއަދު ވަނީ އެމެރިކާ އާއި ނޭޓޯގެ ގައުމުތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. ޚެރްސޯންގެ މެދުތެރޭގައި އޮންނަ މައިދާނަށް އެއްވެ ތިބި މީހުން ކައިރީގައި ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ ހަނގުރާމައިގައި ޔޫކްރޭނަށް ކުރިއެރުންތައް ލިބުމުގައި، އެމެރިކާ އިން ފޮނުވި، ހައި މޯބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް (ހިމާސް) ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމަށެވެ.
ޔޫކްރޭންގެ ބައެއް ސަހަރުތައް ކަނު އަނދިރީގައި
ޔޫކްރޭންގެ އިރުމަތިން އާންމުން ފޭބުމަށް ގޮވާލައިފި
ބެލަރޫސް އޮންނާނީ ރަޝިޔާއާ އެކުގައި
ކޮންމެ ދުވަހަކު ޔޫކްރޭނުން 100 ސިފައިން މަރުވޭ
ޒެލެންސްކީ ހަނގުރާމައިގެ ކުރީ ސަފަށް ވަޑައިގެންފި
ހަނގުރާމަ ހުއްޓޭނީ މަޝްވަރާއިން އެކަނި: ޒެލެންސްކީ
އަހަރެމެން މިނިވަންވާ ދުވަސް އެބަ ގާތްވޭ: ޒެލެންސްކީ
ހިޓްލަރަކީ ޔަހޫދީއެކޭ ބުނުމުން މައްސަލަ ގޯސްވެއްޖެ
އެމެރިކާގެ އިސް ދެ ވަޒީރުން ޔޫކްރޭނަށް
ރަނގަޅު ހަތިޔާރު ދިން ނަމަ ހަނގުރާމަ ނިމިދާނެ