Roadha Mihaaru
ޒެލެންސްކީ ހަނގުރާމައިގެ ކުރީ ސަފަށް ވަޑައިގެންފި

ޒެލެންސްކީ ހަނގުރާމައިގެ ކުރީ ސަފަށް ވަޑައިގެން ހިތްވަރު ދެއްވައިފި

30 މެއި 2022

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ފަށާފައިވާ އުދުވާނީ ހަމަލާއިން ގައުމު ދިފާއުކުރުމަށް، ހަނގުރާމަކުރަމުންދާ ޔޫކްރޭންގެ ސިފައިންނަށް ހިތްވަރު ދެއްވުމުގެ ގޮތުން، އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ހަނގުރާމައިގެ އެންމެ ކުރީ ސަފަށް އިއްޔެ ޒިޔާރަތް ކުރައްވައި ސިފައިންނަށް ހިތްވަރު ދެއްވައިފި އެވެ.

ރައީސް ޒެލެންސްކީ އިއްޔެ ވަޑައިގަތީ، އެ ގައުމުގެ އިރުއިތުރު ސަރަހައްދެއް ކަމަށްވާ ޚަރްކީވްގައި ތިބި ޔޫކްރޭން ސިފައިންނާ ބައްދަލުކުރެއްވުމަށެވެ. މިއީ، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ވެރިރަށް ކިޔޭވްގެ ބޭރު ސަރަހައްދަކުން ރައީސް ޒެލެންސްކީ ފެނުނު ފުރަތަމަ ފަހަރެވެ.

ޓެލެގްރާމްގައި އާންމު ކުރެއްވި ވީޑިއޯއެއްގައި ޒެލެންސްކީ ފެންނަނީ ވަޒަން ނާރާ ޒާތުގެ ޖެކެޓެއް ތުރު ކުރައްވައިގެން، ވަރަށް ބޮޑަށް ހަލާކުވެފައިވާ އިމާރާތެއްގެ ކައިރީގައި އުޅުއްވާ މަންޒަރެވެ. އެ ސަރަހައްދަށް ވަޑައިގެން ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސިފައިންނާ ބައްދަލުކުރައްވައި، ބައެއް ސިފައިންނަށް މެޑެލް ވެސް ހަވާލުކޮށްދެއްވި އެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ (ވ) 2022، މެއި 29 ވަނަ ދުވަހު ހަނގުރާމައިގެ މައިދާނަށް ވަޑައިގެން، ރަޝިޔާ ސިފައިންގެ އުދުވާނުން ގައުމު ދިފާއުކުރުމުގައި، ކުރީ ސަފުގައި ހަނގުރާމަ ކުރާ ޔޫކްރޭންގެ ސިފައިންނާ ބައްދަލުކުރައްވައި ހިތްވަރު ދެއްވަނީ. --އޭއެފްޕީ

"އަހަރެމެން އެންމެންނާއި އަހަރެމެންގެ ގައުމުގެ ދިފާއުގައި ކަލޭމެން ނުކުމެ ތި ތިބީ ކަލޭމެންގެ އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލައިގެން. މި ހަނގުރާމައިގައި އިސްތިއުމާރީން މަސައްކަތް ކުރަމުން އެދަނީ ކިތަންމެ ކުޑަ ނަމަވެސް ކާމިޔާބެއް އެމީހުންނަށް ހާސިލުކުރެވޭތޯ،" ރައީސް ޒެލެންސްކީ އިއްޔެ އާންމުކުރެއްވި އެހެން މެސެޖެއްގައި ވިދާޅުވި އެވެ.

"އެހެން ނަމަވެސް، އަހަރެމެންގެ އެންމެ ފަހު މީހާއާ ޖެހެންދެން، އަހަރެމެންގެ ގައުމު ދިފާއުކުރުމުގައި ދެމިތިބޭނެކަން ވަރަށް ކުރިއްސުރެ އެމީހުންނަށް އޮންނަންވާނީ އެނގިފައި. އެމީހުންނަށް ފުރުސަތެއް ނެތް. އަހަރެމެން ހަނގުރާމަކޮށް، އެއްވެސް ޝައްކެއް ނެތި އަހަރެމެން ކާމިޔާބުވެސް ކުރާނަން."

ރައީސް ޒެލެންސްކީ އިއްޔެ ޒިޔާރަތް ކުރެއްވި ސަރަހައްދަކީ އިއްޔެ ވެސް ރަޝިޔާ ސިފައިން ވައިގެ މަގުން ހަމަލާތަކެއް ދިން ސަރަހައްދެކެވެ. ޚަރްކީވް ސަރަހައްދުގެ ގާތްގަނޑަކަށް 31 ޕަސެންޓު މިހާރު ވެސް ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި އޮތް އިރު، ޔޫކްރޭންގެ އިރުމަތީ ސަރަހައްދު ހިފުމަށް ރަޝިޔާ ސިފައިން މިހާރު ދެމުންދާ ހަމަލާތަކުގެ ތެރެއިން، ޚަރްކީވް ސަރަހައްދަށް ވެސް ގެންދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ޒެލެންސްކީ އިއްޔެ ޚަރްކީވް ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި އެ ސަރަހައްދުގެ ގަވަރުނަރާއި އެ ސަހަރުގެ މޭޔަރާ ބައްދަލުކުރައްވައި، ރަޝިޔާގެ ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތްތައް މަރާމާތު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. ޒެލެންސްކީ ވިދާޅުވީ މިއީ ބައެއް ސަރަހައްދުތައް މުޅިން އާ ސިފައެއްގައި އަލުން ފާޅުވާންވީ ވަގުތު ކަމަށެވެ.