20 އެޕްރީލް 2022
ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ހިންގަމުންދާ އުދުވާނީ އަމަލުތަކުން ދިފާއުވުމަށް، ޔޫކްރޭނަށް އެކަށީގެންވާ ރަނގަޅު ހަތިޔާރު ދިން ނަމަ، މި ހަނގުރާމަ މިހާރު އޮންނާނީ ނިމިފައި ކަމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ހިންގަމުންދާ އުދުވާނީ އަމަލުތަކުން ދިފާއުވުމަށް، ޔޫކްރޭނަށް އެކަށީގެންވާ ރަނގަޅު ހަތިޔާރު ދިން ނަމަ، މި ހަނގުރާމަ މިހާރު އޮންނާނީ ނިމިފައި ކަމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިން ބޭނުންކުރާ ހަތިޔާރަށް ވުރެ ފެންވަރު ރަނގަޅު ހަތިޔާރު ޔޫކްރޭންގައި ހުރި ނަމަ، ރަޝިޔާ ސިފައިންގެ މައްޗަށް ކާމިޔާބު ހޯދުމަކީ ޔޫކްރޭނަށް މާ އުނދަގޫ ކަމެއް ނޫނެވެ.
"އަހަރެންގެ ހުރިހާ އިންޓިވިއުތަކުގައި ވެސް އަދި ގައުމުތަކުގެ ވެރިންނާ އެކުގައި ކުރަމުންދާ މަޝްވަރާތަކުގައި ވެސް ތަކުރާރުކޮށް ބުނަމުން މި އަންނަނީ، ޔޫކްރޭންގެ ރަހްމަތްތެރި ގައުމުތަކުން އެތައް އަހަރެއް ވަންދެން ގުދަންކޮށްފައި ހުރި ހަތިޔާރު ދިނުމަށް އެދި އާދޭސްކުރަން ޖެހުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް. ޔޫކްރޭނަށް ބޭނުންވާ ހަތިޔާރާއި އުންޑަ އެ ގައުމުތަކުގައި ހުރިއްޔާ، ޔޫކްރޭންގެ އެތައް ހާސް ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، މިނިވަންކަން ހިމާޔަތް ކުރުމުގައި އެހީތެރިވެދިނުމަކީ އެމީހުންގެ ބޮލުގައި އެޅިފައިވާ އަޚުލާގީ ވާޖިބެއް،" އިއްޔެ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަހްމަތްތެރި ގައުމުތަކުން ޔޫކްރޭނަށް ދިނުމަށް ވައުދުވެފައިވާ ހަތިޔާރުތައް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ލިބިއްޖެ ނަމަ، އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށެވެ. ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގެ ބޮޑެތި ސަހަރުތަކަށް ދެމުންދާ ވަރުގަދަ ހަމަލާތައް ހުއްޓުވުމަށްޓަކައި، އިތުރު ހަތިޔާރު ވަރަށް އަވަހަށް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިޔާ ސިފައިންގެ ވަރުގަދަ ހަމަލާތަކެއް، ދޮންބާސް ސަރަހައްދުގެ ޚަރްކީވް އަށް މިހާރު ދެމުން ދާއިރު، އެ ސަރަހައްދުގައި ހަނގުރާމަކުރާ ޔޫކްރޭން ސިފައިންނަށް ވެސް އިތުރު ހަތިޔާރު ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޔޫކްރޭންގެ އަސްކަރީ މަގާމުތަކަށް ރަޝިޔާ ސިފައިން ދޭ ހަމަލާތައް ވަރުގަދަ ކޮށްފައިވާ އިރު، އާންމުންނަށް ދޭ ހަމަލާތައް ވެސް އިތުރުކޮށްފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.
ރައީސް ޒެލެންސްކީ ވިދާޅުވި ގޮތުގައި ދެކުނުގައި އޮންނަ މަރިއުޕޯލް ސަހަރު ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގޮސްފައިވާ އިރު، އެ ސަހަރުގެ ގިނަ އަދަދެއްގެ ބަޔަކު މިހާރު ވަނީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި އޮތް އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފަ އެވެ. އެހެންކަމުން އެމީހުން މިހާރު ތިބި ހާލަތަކާ މެދު ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮންމެ ދުވަހަކު ޔޫކްރޭނުން 100 ސިފައިން މަރުވޭ
ބަޚްމުތުގައި ވަރުގަދަ ހަނގުރާމައެއް، ކޮންޓްރޯލެއް ނެތް
ޔޫކްރޭންގެ ބައެއް ސަހަރުތައް ކަނު އަނދިރީގައި
މިނިވަންކުރި ޚެރްސޯނަށް ޒެލެންސްކީ ވަޑައިގެންފި
ޔޫކްރޭނުން ވަކިވާ ސަރަހައްދުތަކުގެ ވެރިން ރަޝިޔާ އަށް
ޔޫކްރޭންގެ އިރުމަތިން އާންމުން ފޭބުމަށް ގޮވާލައިފި
ހަނގުރާމަ ވަރުގަދަ ކުރުމަށް ޕުޓިން އަމުރު ނެރުއްވައިފި
ބެލަރޫސް އޮންނާނީ ރަޝިޔާއާ އެކުގައި
ޔޫކްރޭން ހަނގުރާމަ މިހާރު އޮތީ ނާޒުކު ފައްތަރެއްގައި
ރަޝިޔާގެ އަމާޒަކީ ޔޫކްރޭންގެ އިރުމަތީ ދޮންބާސް އަތުލުން