13 ޖޫން 2022
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި، ރަޝިޔާ ސަރުކާރުގެ އަމާޒު ކުރީ، ޔޫކްރޭންގެ އިރުމަތީ ދޮންބާސް ސަރަހައްދު ޔޫކްރޭނުން މުޅިން ވަކިކޮށްލައި ރަޝިޔާގެ ބާރުގެ ދަށަށް ގެންދިއުމަށް ކަމަށް ޔޫކްރޭންގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި، ރަޝިޔާ ސަރުކާރުގެ އަމާޒު ކުރީ، ޔޫކްރޭންގެ އިރުމަތީ ދޮންބާސް ސަރަހައްދު ޔޫކްރޭނުން މުޅިން ވަކިކޮށްލައި ރަޝިޔާގެ ބާރުގެ ދަށަށް ގެންދިއުމަށް ކަމަށް ޔޫކްރޭންގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ދޮންބާސް ސަރަހައްދުން އަމިއްލަ އަށް މިނިވަންކަން އިއުލާންކޮށްފައިވާ ލުހާންސްކް ސަރަހައްދުގައި ހުންނަ ޔޫކްރޭންގެ އަސްކަރީ ވެރިޔާ ސެރްހީ ހައީޑޭ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިންގެ ހަމަލާތައް މިހާރު އަމާޒުކޮށްފައި ހުރީ، ދޮންބާސް ސަރަހައްދުގައި އޮންނަ ސެވެރޮޑޮނެޓްސްކް ސަހަރު، މި ހަފުތާގެ ތެރޭގައި ހިފުމަށެވެ.
ޔޫކްރޭންގެ އިރުމަތީގައި އޮންނަ ދޮންބާސް ސަރަހައްދު ހިފުމަށް ރަޝިޔާ ސިފައިން މިހާރު ކުރަމުންދާ ހަނގުރާމައިގައި، އެންމެ ވަރުގަދަ އަށް ހަމަލާތައް ބަދަލުކުރަމުން ދަނީ، އެ ސަރަހައްދުގެ އެންމެ ބޮޑު ދެ ސަހަރު ކަމަށްވާ ސެވެރޮޑޮނެޓްސްކް އާއި ލީސީޗަންސްކްގަ އެވެ. އެ ދެ ސަހަރުގެ ވެސް ބޮޑު ބައި މިހާރު އޮތީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގަ އެވެ.
އެ ދެ ސަހަރުގެ ދެމެދުގައި އޮންނަ ފުން ކޯރު ހުރަސްކޮށް، އެއް ސަހަރުން އަނެއް ސަހަރަށް ދަތުރުކުރުމަށް އަޅާފައި އޮތް ތިން ބްރިޖްގެ ތެރެއިން ދެ ބްރިޖު، ރަޝިޔާ ސިފައިން އިއްޔެ ދިން ހަމަލާތަކުގައި ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކު ކޮށްލައިފަ އެވެ. އަދި ތިން ވަނަ ބްރިޖަށް ވެސް މިއަދު ހަމަލާތަކެއް ދިން ކަމަށް ޔޫކްރޭނުން ބުނެ އެވެ.
ޔޫކްރޭނުން ބުނި ގޮތުގައި ރަޝިޔާ ސިފައިން އެ ބްރިޖްތަކަށް ހަމަލާދީ ހަލާކު ކުރަނީ، ސެވެރޮޑޮނެޓްސްކްގެ ރަށްބޭރުގައި ތިބި ޔޫކްރޭން ސިފައިންނަށް، ޔޫކްރޭން ސަރުކާރުން އަސްކަރީ މަދަދު ފޯރުކޮށްދެމުން ދާތީ އެކަމަށް ހުރަސް އެޅުމުގެ ގޮތުންނެވެ. ސެވެރޮޑޮނެޓްސްކް އަށް ދެވެން އޮންނަ މައި މަގު މިހާރު ވެސް ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އިރު، ކޯރު ހުރަސްކޮށް އަޅާފައިވާ ބްރިޖްތައް ފުނޑުފުނޑު ކޮށްލުމުން، ޔޫކްރޭންގެ މައި ސަރުކާރާ އެ ސަހަރު މުޅިން ގުޅުން ކެނޑިގެން ދާނެ އެވެ.
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން، ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރެއްވީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. ރަޝިޔާ ސިފައިން ވަނީ ހަމަ އެ ދުވަހު، އެއްގަމާއި ވަޔާއި ކަނޑު މަގުން ޔޫކްރޭނަށް ހަމަލާ ދޭން ފަށައިފަ އެވެ.
ރައީސް ޕުޓިން ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިން ޔޫކްރޭންގައި ފަށާފައިވާ ޚާއްސަ އަސްކަރީ ހަރަކާތްތަކުގެ އަމާޒަކީ، ރަޝިޔާއާ ދެކޮޅަށް ޔޫކްރޭންގައި ހިންގާ ނާޒީ ހަރަކާތްތައް ނައްތައިލުމެވެ.
ބަޚްމުތުގައި ވަރުގަދަ ހަނގުރާމައެއް، ކޮންޓްރޯލެއް ނެތް
ޔޫކްރޭނުން ވަކިވާ ސަރަހައްދުތަކުގެ ވެރިން ރަޝިޔާ އަށް
ހަނގުރާމަ ވަރުގަދަ ކުރުމަށް ޕުޓިން އަމުރު ނެރުއްވައިފި
ޔޫކްރޭން ހަނގުރާމަ މިހާރު އޮތީ ނާޒުކު ފައްތަރެއްގައި
ދޮންބާސްގެ ސަރަހައްދު ޔޫކްރޭނަށް ގެއްލެނީ
ޕުޓިންގެ އިންޒާރެއް، މިސައިލް ދޭ ނަމަ ހަމަލަދޭނެ
ކޮންމެ ދުވަހަކު ޔޫކްރޭނުން 100 ސިފައިން މަރުވޭ
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
ރަޝިޔާ އިން ނިއުކްލިއާ ހަތިޔާރު ބޭނުމެއް ނުކުރާނެ
އަޑަށް ވުރެ ބާރު މިސައިލުން ޔޫކްރޭނަށް ހަމަލާދީފި