09 ޖޫން 2022
ޔޫކްރޭންގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންގެ ނުފޫޒު ގަދަ އިރުމަތީ ސަރަހައްދު ދޮންބާސް، ޔޫކްރޭން ސިފައިންގެ ބާރުގެ ދަށުން ގެއްލެމުންދާ ކަމަށް، އެ ސަރަހައްދުގައި ތިބި ޔޫކްރޭންގެ އިސް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ޔޫކްރޭންގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންގެ ނުފޫޒު ގަދަ އިރުމަތީ ސަރަހައްދު ދޮންބާސް، ޔޫކްރޭން ސިފައިންގެ ބާރުގެ ދަށުން ގެއްލެމުންދާ ކަމަށް، އެ ސަރަހައްދުގައި ތިބި ޔޫކްރޭންގެ އިސް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ދޮންބާސް ސަރަހައްދުގައި މިހާރު އެންމެ ވަރުގަދަ އަށް ހަނގުރާމަ ހިނގަމުން ދަނީ، އެ ސަރަހައްދުގެ ސެވެރޮޑޮނެޓްސްކްގަ އެވެ. ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ރޭ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވި ގޮތުގައި، ސެވެރޮޑޮނެޓްސްކްގައި މިހާރު ބަދަލުކުރަމުންދާ ހަމަލާތަކުން ނުކުންނަ ނަތީޖާ އިން، ދޮންބާސް ސަރަހައްދުގެ ކުރިމަގު ކަނޑައެޅިގެންދާނެ ކަމަށެވެ.
ސެވެރޮޑޮނެޓްސްކް ހިފުމަށް ރަޝިޔާ ސިފައިން ދެމުން އަންނަ ހަމަލާތައް ވަރުގަދަކޮށް، އެ ސަރަހައްދުގެ ގާތްގަނޑަކަށް 90 ޕަސެންޓް ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންދިޔައީ މީގެ ދެ ހަފުތާ ކުރިންނެވެ. ނަމަވެސް، ޔޫކްރޭން ސިފައިންގެ ރައްދު ހަމަލާތަކުގައި ރަޝިޔާ ސިފައިން ފަހަތަށް ޖެއްސިފައިވާ ކަމަށް މިދިޔަ ހަފުތާގައި ޔޫކްރޭނުން ބުންޏެވެ.
ޔޫކްރޭނު ސިފައިން ސެވެރޮޑޮނެޓްސްކްގައި ކުރިއެރުންތައް ހޯދަމުން އަންނަ ކަމަށް ބުނިތާ ހަފުތާއެއް ވެސް ނުވަނީސް، އެ ސަރަހައްދުގެ ވަރަށް ކުޑަ ޕަސެންޓެއް ނޫނީ މިހާރު ވަނީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގޮސްފަ އެވެ. އެ ސަރަހައްދުގައި ތިބި ޔޫކްރޭންގެ އޮފިޝަލުން ބުނާ ގޮތުގައި ސެވެރޮޑޮނެޓްސްކްގެ ރަށްބޭރު ސަރަހައްދުތައް ފިޔަވައި މުޅި ސެވެރޮޑޮނެޓްސްކް މިހާރު އޮތީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގަ އެވެ.
ސެވެރޮޑޮނެޓްސްކް ހިފުމަށް ރަޝިޔާ ސިފައިން ކުރަމުން ދާ ހަނގުރާމައިގައި، ވައިގެ މަގުން ދޭ މިސައިލް ހަމަލާތަކާއި ބޮމުގެ ހަމަލާތައް ވަރުގަދަ ވުމުގެ ސަބަބުން، ޔޫކްރޭން ސިފައިން އެ ސަރަހައްދުން ފަހަތަށް ޖެހެން ވަނީ މަޖުބޫރުވެފަ އެވެ.
ރައީސް ޒެލެންސްކީގެ ވާހަކަތަކުން އެނގޭ ގޮތުގައި ސެވެރޮޑޮނެޓްސްކް ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ހިނގައްޖެ ނަމަ، މުޅި ދޮންބާސް ސަރަހައްދު ޔޫކްރޭނަށް ގެއްލޭނެ އެވެ. ޔޫކްރޭން ސިފައިން އެސަރަހައްދުގެ ރަށް ބޭރާ ހަމައަށް ފަހަތަށް ޖެހިފައި ވިޔަސް، މިހާރު ވެސް ރަޝިޔާ ސިފައިންނާ ދެކޮޅަށް ވަރުގަދަ އަށް ހަނގުރާމަ ކުރަމުންދާ ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.
ދޮންބާސް ސަރަހައްދުން އަމިއްލަ މިނިވަންކަން އިއުލާންކޮށްފައިވާ ލުހާންސްކް ސަރަހައްދުގައި ހުންނަ ޔޫކްރޭންގެ ގަވަރުނަރު ސެރްހީ ހައިދާއީ ވިދާޅުވި ގޮތުގައި ސެވެރޮޑޮނެޓްސްކްގެ ގާތްގަނޑަކަށް 98 ޕަސެންޓް މިހާރު އޮތީ ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގަ އެވެ.
ބަޚްމުތުގައި ވަރުގަދަ ހަނގުރާމައެއް، ކޮންޓްރޯލެއް ނެތް
ޔޫކްރޭނުން ވަކިވާ ސަރަހައްދުތަކުގެ ވެރިން ރަޝިޔާ އަށް
ހަނގުރާމަ ވަރުގަދަ ކުރުމަށް ޕުޓިން އަމުރު ނެރުއްވައިފި
ޔޫކްރޭން ހަނގުރާމަ މިހާރު އޮތީ ނާޒުކު ފައްތަރެއްގައި
ރަޝިޔާގެ އަމާޒަކީ ޔޫކްރޭންގެ އިރުމަތީ ދޮންބާސް އަތުލުން
ޕުޓިންގެ އިންޒާރެއް، މިސައިލް ދޭ ނަމަ ހަމަލަދޭނެ
ކޮންމެ ދުވަހަކު ޔޫކްރޭނުން 100 ސިފައިން މަރުވޭ
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
ރަޝިޔާ އިން ނިއުކްލިއާ ހަތިޔާރު ބޭނުމެއް ނުކުރާނެ
އަޑަށް ވުރެ ބާރު މިސައިލުން ޔޫކްރޭނަށް ހަމަލާދީފި