22 މެއި 2022
ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައި އެ ގައުމާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ ކިތަންމެ ދިގު މުއްދަތަކަށް ދެމިގެން ދިޔަސް، ދާއިމީ ގޮތެއްގައި ހަނގުރާމަ ނިމުމަކަށް އަންނާނީ ދެ ފަރާތުގެ ދެމެދުގައި ކުރެވޭ މަޝްވަރާތަކުން ކަމަށް، ޔޫކްރޭންގެ ރައީސް ވޮލިޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައި އެ ގައުމާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ ކިތަންމެ ދިގު މުއްދަތަކަށް ދެމިގެން ދިޔަސް، ދާއިމީ ގޮތެއްގައި ހަނގުރާމަ ނިމުމަކަށް އަންނާނީ ދެ ފަރާތުގެ ދެމެދުގައި ކުރެވޭ މަޝްވަރާތަކުން ކަމަށް، ޔޫކްރޭންގެ ރައީސް ވޮލިޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވި ގޮތުގައި ހަނގުރާމައިގެ މައިދާނުގައި ކާމިޔާބު ލިބޭނީ ޔޫކްރޭނަށެވެ. އަދި މިހާރު ކުރަމުންދާ ހަނގުރާމަ އަކީ ލޭއޮހޮރުވުން ބޮޑު، ވަރުގަދަ އަށް ހަމަލާ ބަދަލުކުރާ ހަނގުރާމައެއް ކަމަށް ވިޔަސް، ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓުމަކަށް އަންނާނީ ޑިޕްލޮމެސީ ބޭނުންކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހައްލަކީ އެއީ ކަމަށް ވިޔަސް، ދެ ފަފާތުން ކުރެ އެއްވެސް ފަރާތަކުން، އެއްވެސް ދުލެއް ދިނުމަށް ބޭނުން ނުވާއިރު، ޒެލެންސްކީ ވިދާޅުވި ގޮތުގައި، މަޝްވަރާކޮށްގެން ހަނގުރާމަ ހުއްޓައިލުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ.
ހަނގުރާމަ ފެށުމާއެކު، ރަޝިޔާ އާއި ޔޫކްރޭންގެ މަންދޫބުންގެ މެދުގައި، ހަނގުރާމަ ހުއްޓައިލުމާ ބެހޭ ގޮތުން މަޝްވަރާތައް ވެސް ފެށުނެވެ. ނަމަވެސް ހަނގުރާމަ އަށް ތިން މަސް ފުރެން ދާއިރު، ސުލްހައިގެ މަޝްވަރާތަކުން މިހާތަނަށް އެއްވެސް ނަތީޖާއެއް ހާސިލެއް ނުކުރެވެ އެވެ.
ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވާ ޔޫކްރޭން ވަފްދުގެ ވެރިޔާ މައިޚާލޯ ޕޮޑޮލްޔަކް އިއްޔެ ވިދާޅުވި ގޮތުގައި ސުލްހައިގެ ވާހަކަތައް މިހާރު އޮތީ މެދުކެނޑިފަ އެވެ. ނަމަވެސް ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު އިއްޔެ ވިދާޅުވި ގޮތުގައި، ދެފަރާތުގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަން ނައްތައިލުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޔޫކްރޭން ބޭނުމެއް ނުވެ އެވެ.
ރަޝިޔާގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ދެ ފަރާތުގެ މެދުގައި ސުލްހައިގެ މަޝްވަރާތައް އެންމެ ފަހުން ބޭއްވީ މިދިޔަ އެޕްރީލް މަހުގެ 22 ވަނަ ދުވަހު އެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިން އިއްޔެ ދިން ވަރުގަދަ 11 ހަމަލާއެއް، ޔޫކްރޭން ސިފައިން އިއްޔެ ވަނީ ނާކާމިޔާބުކޮށްލައި، ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. ޔޫކްރޭން ސިފައިން ދިން ރައްދު ހަމަލާތަކުގައި ހަލާކުކޮށްލި ރަޝިޔާގެ އުޅަނދުތަކުގެ ތެރޭގައި އަށް ޓޭންކު ހިމެނޭ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ މީޑިއާތައް ބުނާ ގޮތުން މިދިޔަ 48 ގަޑިއިރުގެ ތެރޭގައި އެންމެ ވަރުގަދަ އަށް ހަމަލާ ބަދަލުކުރީ، ޔޫކްރޭންގެ އިރުމަތީގައި އޮންނަ ދޮންބާސް ސަރަހައްދުގައި އޮންނަ ސެވެރޮޑެނެސްޓް ކިޔާ ސަހަރުގެ ވަށައިގެންވާ ސަރަހައްދުގަ އެވެ. މިއީ ދޮންބާސް ސަރަހައްދުން މިނިވަންކަން އިއުލާން ކޮށްފައިވާ ލުހާންސްކް ޖުމްހޫރިއްޔާގެ ރަށްބޭރުގައި އޮންނަ އެ ޖުމްހޫރިއްޔާގެ ސަހަރެކެވެ.
ރަޝިޔާ ސިފައިން މިހާރު މަސައްކަތް ކުރަމުން ދަނީ، ލުހާންސްކް ޖުމްހޫރިއްޔާގެ ހުރިހާ ސަރަހައްދެއް އެމީހުންގެ ފުރިހަމަ ބާރުގެ ދަށަށް ގެންދިއުމަށެވެ. އެ ގޮތުން، ޔޫކްރޭންގެ ދެކުނުން ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ ސަހަރެއް ކަމަށްވާ މަރިއުޕޯލް، ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށަށް އައުމާއެކު، އެ ސަހަރު ހިފުމަށް ހަނގުރާމަކުރި ގިނަ ސިފައިން މިހާރު ވަނީ ލުހާންސްކް ސަރަހައްދަށް ފޮނުވައިފަ އެވެ.
ޔޫކްރޭންގެ ބައެއް ސަހަރުތައް ކަނު އަނދިރީގައި
މިނިވަންކުރި ޚެރްސޯނަށް ޒެލެންސްކީ ވަޑައިގެންފި
ޔޫކްރޭންގެ އިރުމަތިން އާންމުން ފޭބުމަށް ގޮވާލައިފި
ބެލަރޫސް އޮންނާނީ ރަޝިޔާއާ އެކުގައި
ކޮންމެ ދުވަހަކު ޔޫކްރޭނުން 100 ސިފައިން މަރުވޭ
ޒެލެންސްކީ ހަނގުރާމައިގެ ކުރީ ސަފަށް ވަޑައިގެންފި
އަހަރެމެން މިނިވަންވާ ދުވަސް އެބަ ގާތްވޭ: ޒެލެންސްކީ
ހިޓްލަރަކީ ޔަހޫދީއެކޭ ބުނުމުން މައްސަލަ ގޯސްވެއްޖެ
އެމެރިކާގެ އިސް ދެ ވަޒީރުން ޔޫކްރޭނަށް
ރަނގަޅު ހަތިޔާރު ދިން ނަމަ ހަނގުރާމަ ނިމިދާނެ