ޑިންގީއެއްގައި ރާއްޖޭގެ ފަޅުރަށަކަށް ލެއްގި ސޯމާލިއާގެ ތިން މީހުން މޯލްޑިވްސް އިމިގްރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.
26 ޖޫން 2024
ޑިންގީއެއްގައި ރާއްޖޭގެ ފަޅުރަށަކަށް ލެއްގި ސޯމާލިއާގެ ތިން މީހުން މޯލްޑިވްސް އިމިގްރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.
ފަޅުރަށެއް ކަމަށްވާ ނ. ވަވަތި އަށް ސޯމާލިއާގެ ތިން ފިރިހެނުންނާ އެކު، ޑިންގީއެއް ލެއްގީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
"ސޯމާލިއާ ތިން މީހުން މިއަދު ވަނީ ހުޅުމާލެ އިމިގްރޭޝަން ފެސިލިޓީއާ ހަވާލުކޮށްފައި،" ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ބައިތިއްބާ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރު ހުންނަނީ ހުޅުމާލެ 2 ގަ އެވެ.
އެނގިފައިވާ ގޮތުގައި، އެ މީހުން މިހާތަނަށް ތިބީ ފުލުހުން ހަމަޖައްސައިދިން ވަގުތީ ހިޔާވައްސެއްގައި ނ. ހޮޅުދޫގަ އެވެ. އެ ރަށުގެ މަގުތަކަށް އެ މީހުން ނުކުމެ އުޅޭ ވީޑިއޯ ވެސް މި ފަހުން ސޯޝަލް މީޑިއާގައި އާންމުވި އެވެ.
ވަވައްޗަށް ލެއްގި އެ ޑިންގީގައި ސޯމާލިއާގެ ތިން މީހަކު ތިބިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ކުރިން ބުންޏަސް "އަރްމާޖޯ 1" ނަމަކަށް ކިޔާ އެ ލޯންޗުގައި ތިބި މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް ނުދެ އެވެ.
މީގެ ކުރިން ވެސް، މަހަށް ނުކުމެ އުޅެނިކޮށް ހާލުގައި ޖެހިގެން އޮޔާދަނިކޮށް ސޯމާލިއާގެ ބޯޓުތައް ރާއްޖެ ސަރަހައްދުން ފެނިފައިވެ އެވެ. އަދި ސޯމާލިއާގެ ކަނޑު ފޭރޭ މީހުންގެ ނުރައްކާ ވެސް މި ފަހުން ބޮޑުވެފައިވާއިރު މިއީ އެ ކަހަލަ ކަމެއްގައި އުޅުނު ބައެއް ކަމެއް ވެސް އަދި ނޭނގެ އެވެ.
"އަތުލައިގަތީ ސައްހަ ލިޔެކިޔުން އޮތް ބިދޭސީންތަކެއް"
އިމިގްރޭޝަން ރިޝްވަތުގެ ތުހުމަތު: ވަނަވަރު އާންމުކޮށްފި
ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ހިފަހައްޓައިފި
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ހައްޔަރުކޮށްފި
ބިދޭސީމީހާގެ ފައިސާ ހިފައިގެން ވަނީ ޝަމްއާންގެ ގެއަށް
ޝަމްއާނަށް ކުރާ ތުހުމަތު: މީހަކު ދޫކޮށްލަން 5 ލައްކަ
ޝަމްއާންގެ ގެ ބަލައިފާސްކޮށް، ފައިސާތަކެއް ގެންގޮސްފި
އިމިގްރޭޝަންގެ މުވައްޒަފުންތަކަކަށް ކޮރަޕްޝަންގެ ތުހުމަތު
ވޯކް ވިސާގައި ތިބެ ހަށިވިއްކި ދެ މީހަކު ޑީޕޯޓުކޮށްފި
އިމިގްރޭޝަންގެ ބަންދުގައި ތިބި ބަޔަކު ކާނާ ވިހަވެއްޖެ