ސިހުރު ހެދި ކަމުގެ ތުހުމަތުގައި ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކޮށް، ޖިނާއީ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
26 ޖޫން 2024
ސިހުރު ހެދި ކަމުގެ ތުހުމަތުގައި ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކޮށް، ޖިނާއީ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިއަދު ވިދާޅުވީ، ޝަމްނާޒް އާއި އިތުރު ދެ މީހެއްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ ތިން މީހުން މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކޮށް، ތަހުގީގުގެ ބޭނުމަށް ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމުގެ ހުއްދަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އެ މައްސަލައިގެ ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އެކަމަކު، ފުލުހުންގެ އޮފިސަރަކު "މިހާރު" ޔަގީންކޮށް ދެއްވި ގޮތުގައި ޝަމްނާޒްއާ ގުޅޭ ގޮތުން ބަލަމުން ދަނީ ސިހުރު ހެދި ކަމުގެ މައްސަލައެކެވެ.
ޝަމްނާޒްއަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ ދެ ބޭފުޅުންގެ ދަރިން ވެސް ތިބިއިރު، މި ފަހުން ވަނީ ވަރިކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި، ޝަމްނާޒް ހައްޔަރުކޮށްފައިވާ މައްސަލައިގައި ރަމީޒުގެ މައްޗަށް އެއްވެސް ތުހުމަތެއް ނެތެވެ. ތަހުގީގު ކުރާ މީހުންގެ ތެރޭގައި ރަމީޒުގެ ނަމެއް ނެތެވެ.
މީގެ ކުރިން ޝަމްނާޒް ހުންނެވީ މާލެ ސިޓީ ކައުންސިލްގެ މެންބަރަކަށެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުން އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި އެވެ. ޝަމްނާޒް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ މުލީއާގެއަށެވެ.
ޝަމްނާޒް ފަހުން ވަނީ ރިޔާސީ ގަނޑުވަރު މުލީއާގެ އިން ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓްގެ މިނިސްޓަރަކަށް އައްޔަންކޮށްފަ އެވެ.
ޔުމްނުއަށް އިންސާފު ހޯދަން ޕޮލިސް ކައިރިއަށް އެއްވެއްޖެ
ޔުމްނުއާ ސުވާލުކުރުމުގެ ފުރުސަތެއް އަދި ނުލިބޭ: ޕޮލިސް
ވެއްޓުނީ އަމިއްލައަށް ނޫން ކަމަށް ޔުމްނު ބުނޭ: އާއިލާ
މަގުމަތީ ހުރި މީހެއްގެ ގަޔަށް ވަޅިން ހަމަލާދީފި
އިންވެސްޓިގޭޝަން ހެޑްގެ މަގާމުން ސާމިހު ވަކިކޮށްފި
ކޮމިޝަންގެ އަމާޒަކީ އިންސާފަށް ވާސިލްވުން: މުނައްވަރު
ރައުދުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
އުންމީދަކީ އަވަހަށް ކޮމިޝަންގެ މަސައްކަތް ނިންމުން
ދިވެހިބަހުގެ މިނިސްޓްރީން ފުލުހުންނާއެކު މަޝްވަރާއަށް
ޔުމްނުގެ އެންމެ ނާޒުކު ސާޖަރީ ކާމިޔާބު: އާއިލާ