ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު އެ މަގާމުން މިއަދު ވަކިކޮށް، ފުލުހުންގެ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފި އެވެ.
05 މެއި 2025
ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު އެ މަގާމުން މިއަދު ވަކިކޮށް، ފުލުހުންގެ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފި އެވެ.
ސާމިހު އެ މަގާމުން ވަކިކޮށްފައިވާކަން "މިހާރު" އަށް ޔަގީން ވެފައިވާއިރު، އޭނާ އައްޔަންކުރީ އިންވެސްޓިގޭޝަންތަކުގެ ސްޓޭންޑާޑް ކަނޑައެޅުމުގެ ޒިންމާ އޮންނަ ޑިޕާޓްމެންޓަށެވެ. އެއީ ފުުލުހުންގެ ތަހުގީގުތަކުގެ ފެންވަރު ބަލާ ޑިޕާޓްމަންޓެވެ.
ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާގެ މަގާމުން ސާމިހު ވަކިކުރިއިރު އޭނާ ހުންނެވީ ކުރިއްސުރެ ހަމަޖައްސާފައިވާ ޗުއްޓީއެއްގައި ކަމަށް އެނގިފައި ވެ އެވެ.
ފުލުހުންގެ މި ފިޔަވަޅާ ގުޅިގެން ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
ރާއްޖޭގައި ހިނގާފައިވާ ބޮޑެތި މަރުތަކުގެ ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވަމުން އައި ސާމިހު އިންވެސްޓިގޭޝަން ހެޑްގެ މަގާމުން ވަކިކޮށްފައި މިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގައި އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ އާއިލާ އެކަމަށް ޑިމާންޑް ކުރަމުން ދަނިކޮށެވެ.
އުމުރުން 21 އަހަރުގެ ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމުގައި ސާމިހު އިސްކޮށް ހުންނެވިއިރު، އެ ތަހުގީގާ މެދު ބޮޑެތި ސުވާލުތައް ވަނީ އުފެދިފަ އެވެ. އެ ތަހުގީގުގެ ކުރީކޮޅު ފުލުހުން އަމަލުކުރި ގޮތާމެދު ކަންބޮޑުވުންތައް އޮތްއިރު، އެކަން ބެލުމަށް ރިޔާސީ ކޮމިޝަނެއް ވެސް ވަނީ އެކުލަވާލައިފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި އޭނާއާ އެކު އެ ރޭ އުޅުނު އެހެން ޒުވާނުން ތަހުގީގަށް ހާޒިރު ނުކުރެވި، އެ މީހުންގެ ސާމްޕަލް ވެސް ނުނަގާ ލަސްކުރި ކަމަށް ފުލުހުން ވެސް ވަނީ އެއްބަސްވެފަ އެވެ. އެ ޒުވާނުން ސާމްޕަލް ދޭން އިންކާރު ކުރުމުން އެކަމަށް ފުލުހުން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
އޭގެފަހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ އެ މައްސަލަތައް އެ އޮފީހަށް ފޮނުވުމަށް ފުލުހަށް އަންގައިފަ އެވެ.
ޔުމްނުގެ މައްސަލައިގައި އޭނާއާ އެކު އެ ރޭ އުޅުނު ރައުދު ޒިލާލު ހައްޔަރު ކުރުން ފުލުހުން ލަސްކުރުމަކީ ވެސް ތަހުގީގާ މެދު ސުވާލު އުފައްދަމުންދާ ކަމެކެވެ. ރައުދު ހައްޔަރުކޮށްފައިވަނީ އެ މައްސަލާގައި ޒުވާނުން ރުޅިގަދަވެ، ބޮޑު މުޒާހަރާއެއް ކުރި ފަހުންނެވެ.
ޓެރަރިޒަމް އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފި
ޓެރަރިޒަމް މައްސަލައެއްގައި ނުފޫޒު ފޯރުވާތީ އޮޕަރޭޝަނެއް
ބްލެކްމެއިލް ކުރުމުގައި އުޅޭ ދެ މީހަކު ހައްޔަރުކޮށްފި
ބޮކްސާތެރެއަށް ލައިގެން ޑްރަގް އެތެރެކުރަނިކޮށް ހައްޔަރު
ޑްރަގާ އެކު ހައްޔަރުކުރި އަންހެން ފުލުހަކު ވަކިކުރަނީ
ގޭންގް ކުށްތަކާބެހޭ އާ ގާނޫނުގެ ދަށުން ބަޔަކު ހައްޔަރު
ދަރިފުޅު ހަމަލާދިނުމުން ޒަހަމްވި ބައްޕަ ފަރުވާއަށް މާލެ
އުކުޅަހުގައި މީހަކު ބައްޕަ އަށް ވަޅިން ހަމަލާދީފި
ޑްރަގު ޓްރެފިކްކުރާ މައްސަލައެއްގައި ޒުވާނަކު ހައްޔަރަށް
ބަނގުރާ ފުޅިތަކަކާ އެކު 57 އަހަރުގެ މީހަކު ހައްޔަރު