މިދިޔަ މަހުގެ 18 ވަނަ ދުވަހު އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ވެއްޓި، ބޮޑެތި ޒަހަމްތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނީ އަމިއްލަ އަށް ނޫން ކަމަށް އޭނާއާ ހަވާލާދީ އާއިލާއިން މިރޭ ބުނެފި އެވެ.
08 މެއި 2025
މިދިޔަ މަހުގެ 18 ވަނަ ދުވަހު އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ވެއްޓި، ބޮޑެތި ޒަހަމްތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނީ އަމިއްލަ އަށް ނޫން ކަމަށް އޭނާއާ ހަވާލާދީ އާއިލާއިން މިރޭ ބުނެފި އެވެ.
އިތުރު ފަރުވާ އަށް މެލޭޝިއާގައި ފަރުވާ ހޯދަމުން އަންނަ ޔުމްނުގެ ހާލު ރަނގަޅުވަމުން އަންނައިރު، މި މަހު ހަތަރު ވަނަ ދުވަހު އޭނާ ވަނީ ހޭ އަރައިފަ އެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން ރާއްޖެ ޓީވީ އާއި ޗެނަލް 13 މެދުވެރިކޮށް ދިން އިންޓަވިއުއެއްގައި، އޭނާގެ ދައްތަ ބުނީ، ޔުމްނު އާއި އޭނާއާ އެކު ހަރަކާތްތެރިވި ގ. އެރިއަދޫ، ރައުދު އަހުމަދު ޒިލާލް އެ ރޭ ދިޔަ ހ. ފެންޓެނޯއީ ގެއަކީ ފުލުހުންގެ ތަހުގީގުގައި ބުނި ގޮތަށް "ރެންޑަމް" ގެއެއް ނޫން ކަމަށާއި އެއީ ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ.
ޔުމްނު ވެއްޓުނު ރޭ މއ. މާންދޫގޭދެކުނު ގޭގައި ޔުމްނުއާ އެއްކޮށް އުޅުނު ކަމަށް ފުލުހުން ބުނެފައިވާ މީހުންނަކީ:
- ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ
- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
- އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު
- އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު
- ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި
- އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް
މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ފެންޓެނޯއީގެ އަށް ދިޔައީ އެ ރޭ ޔުމްނުއާ އެކު އުޅުނު ގުރޫޕުގައި ހިމެނޭ މީހުންގެ ތެރެއިން ހ. މީނާޒް، ޔޫސުފް ޔައްސާރު އަބްދުލްޣަފޫރުގެ ދައުވަތަކަށް ކަމަށާއި އެކުގައި ރައުދުގެ އިތުރުން ހަތަރު މީހަކު ވެސް ދިޔަ ކަމަށް ޔުމްނު ބުނި ކަމަށް ޔުމްނުގެ ދައްތަ ބުންޏެވެ.
ޔުމްނުގެ ދައްތަ ބުނީ އެ ރޭ ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމުގެ ޔަގީންކަން ޔުމްނު ދޭ ކަމަށެވެ.
"އެންމެ ފަހުގެ ބަހަކަށް ޔުމްނު އަޅުގަނޑުމެން ގާތު ބުނެފައިވަނީ އިންސާފު ލިބޭނެހޭ. ޔަގީންހޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލަ އަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ،" ޔުމްނުގެ ދައްތަ ބުންޏެވެ.
އާއިލާއިން ވަނީ ފުލުހުންގެ ތަހުގީގުގައި މިހާތަނަށް ގިނަ އޮޅުވާލުންތަކެއް ހުރި ކަމަށް ވެސް ބުނެފަ އެވެ. އަދި، ފުލުހުން އާންމުކުރި ސީސީޓީވީއަކީ ވެސް އެޑިޓުކޮށް، އޭގެ އަސްލު ގެއްލުވާލާފައިވާ އެއްޗެއް ކަމަށް ތުހުމަތު ކުރި އެވެ.
ޔުމްނުގެ މައްސަލަ ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން މިހާތަނަށް އާއިލާއާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާތީ އެ ކަމާ ވެސް ޔުމްނުގެ ދައްތަ މިރޭ ފާޑުކިޔެވެ. އަދި ފުލުހުން ވެސް އާއިލާއާ ސުވާލު ނުކުރާތީ ޔުމްނުގެ ދައްތަ ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
"ކޮމިޝަނުން އަޅުގަނޑަށް މިއަދު ފެނުނު އެއްޗަކީ ޕޯޓަލް ތައްޔާރު ކޮށްފައި އިން ތަން. އެއީ ތޯ މައްސަލަ ބަލާ ގޮތް ކޮމިޝަނުން. ޕޯޓަލްއަކުން ރެންޑަމް މީހުން ފޮނުވަން މި ޖެހެނީ އިންފޮމޭޝަން. އެއީ ތޯ މައްސަލަ ބަލަން ބޭނުންވާ ގޮތަކީ؟ ފުލުހުން ކީއްވެގެންތޯ ޔުމްނުގެ ސްޓޭޓްމަންޓު ނުނަގައި ހުރިހާ އެއްޗެއް ޕަބްލިކް ކުރަނީ؟،" އާއިލާގެ ފަރާތުން ޔުމްނުގެ ދައްތަ ސުވާލުތައް އުފެއްދި އެވެ.
ފެންޓެނޯއީގެ އިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނު އަށް ފަރުވާ ދެމުން ފުރަތަމަ އައީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ.
ހާދިސާ ހިނގުމުގެ ކުރިން ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ކަމަށް ފުލުހުން ބުނާ ރައުދު ހައްޔަރުކޮށް، 10 ދުވަހަށް ބަންދުކޮށްފައިވާއިރު އެ މައްސަލަ ތަހުގީގުކުރުމަށް ރައީސް މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ.
ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ހާއްސަ ކޮމިޝަނެއް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ.
ޔުމްނުއަށް އިންސާފު ހޯދަން ޕޮލިސް ކައިރިއަށް އެއްވެއްޖެ
ޔުމްނުއާ ސުވާލުކުރުމުގެ ފުރުސަތެއް އަދި ނުލިބޭ: ޕޮލިސް
ކޮމިޝަންގެ އަމާޒަކީ އިންސާފަށް ވާސިލްވުން: މުނައްވަރު
ރައުދުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
އުންމީދަކީ އަވަހަށް ކޮމިޝަންގެ މަސައްކަތް ނިންމުން
ޔުމްނުގެ އެންމެ ނާޒުކު ސާޖަރީ ކާމިޔާބު: އާއިލާ
އަމީންގެ ގޭގެ ސީސީޓީވީ ފުޓޭޖުތައް ފުލުހުންނަށް ނުލިބުނު
ގޯލްޑަން އަވާ ގެއްލި، ތަހުގީގުގައި ފެއިލިއާތައް!
ރިޔާސީ ކޮމިޝަނާ މައުލޫމާތު ހިއްސާކުރަން ޕޯޓަލްއެއް
މަގުމަތީ ހުރި މީހެއްގެ ގަޔަށް ވަޅިން ހަމަލާދީފި