މި މަހުގެ 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ މަތިން ވެއްޓުނު މައްސަލަ ތަހުގީގުކުރަން ހެދި ރިޔާސީ ކޮމިޝަންގެ މަގްސަދު ސާފު ނުވިޔަސް، އެ ކޮމިޝަންގެ އަމާޒަކީ އިންސާފަށް ވާސިލްވުން ކަމަށް އެ ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
30 އެޕްރީލް 2025
މި މަހުގެ 18 ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ މަތިން ވެއްޓުނު މައްސަލަ ތަހުގީގުކުރަން ހެދި ރިޔާސީ ކޮމިޝަންގެ މަގްސަދު ސާފު ނުވިޔަސް، އެ ކޮމިޝަންގެ އަމާޒަކީ އިންސާފަށް ވާސިލްވުން ކަމަށް އެ ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ކޮމިޝަންގެ މަސައްކަތް ފެށިކަން އިއުލާނުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވި ގޮތުގައި ޔުމްނު ވެއްޓުނު މައްސަލަ ބަލަން ކޮމިޝަން އުފެއްދި ނަމަވެސް، އެ ކޮމިޝަނުގެ މަގުސަދު ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާތަނަށް ސާފުކޮށް ދެއްވާފައިނުވެ އެވެ.
"ރައިސުލްޖުމްހޫރިއްޔާ ކޮމިޝަން އުފެއްދެވި މަގުސަދެއް އެހެނެއް ނޭނގޭ. އަޅުގަނޑަށް އެނގެނީ ކޮމިޝަން އުފައްދައިފި ކަމާއި އަޅުގަނޑަށް ކޮމިޝަންގެ މަސައްކަތް ހަވާލުކޮށްފި ކަން. މެންޑޭޓް އެ އޮތީ ފެންނަން. ގަރާރު އެބަ އޮތް ގާނޫނު އެބައޮތް، އެއީ އަދި އެނގޭ ވަރަކީ،" މުނައްވަރު ވިދާޅުވި އެވެ.
"ކޮން ވިސްނުންފުޅެއްގައި ކޮން ފަރާތެއްގެ އިހުމާލު އޮވެގެން ކޮން ކަމެއް ނުކުރެވިގެންތޯ އެ ބައި އަދި އަޅުގަނޑާ ޝެއާއެއް ނުކުރައްވާ."
ކޮމިޝަންގެ މަގުސަދު ސާފުކޮށް ނޭނގޭ ކަމަށް ވިދާޅުވިޔަސް، މެންޑޭޓް ވަރަށް ސާފު ކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި ކޮމިޝަންގެ މެންޑޭޓްގައި އޮތީ ހާދިސާ ހިނގި ސަބަބު ތަހުގީގުކޮށްފި ތޯ ނުވަތަ ނޫންތޯ ބެލުން ކަމަށާއި އެކަން ކޮށްފައި ނެތްނަމަ ކޮމިޝަނުން ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތް މި ކުުރަނީ ނަތީޖާއެއް ނެރުމަށް. ނަތީޖާއެއް ނެރުމަކީ ރައްޔިތުން ބޭނުންވާ ފަދަ އަދުލު އިންސާފަކަށް ވާސިލްވުން. އެކަމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ވާހަކަ މި ދަންނަވަނީ،" މުނައްވަރު ވިދާޅުވި އެވެ.
ޔުމްނުގެ މައްސަލައިގެ ތަހުގީގު ފުލުހުން ވެސް ކުރަމުންދާ ކަމަށާއި އެހެންކަމުން ދައުލަތުގެ ދެ މުއައްސަސާއަކުން "ޑުބްލިކޭޓް"ކޮށް މަސައްކަތްކޮށްގެން ނުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮމިޝަނުން އެންމެ ފުރަތަމަ ކުރާނެ ކަމަކީ ފުލުހުން ކޮށްފައިވާ ތަހުގީގު ބެލުމެވެ. އަދި ފުލުހުންގެ ތަހުގީގާ މެދު ދެން ވާނެ ގޮތާ މެދު ވެސް ސުވާލު އޮތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މުނައްވަރު ވިދާޅުވީ ރައީސްގެ ގަރާރުގައި އޮތީ ހާދިސާ ތަހުގީގު ކުރަން ކަމަށާއި އެހެން ބަޔަކު އެ ތަހުގީގު ކުރިއަށް ގެންދާ ކަމެއް ވެސް އަދި އެ ތަހުގީގަށް ވާނެ ގޮތެއް ވެސް ގަރާރުގައި ނެތް ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ގޮތެއް ނިންމާނީ ރައީސް އަދި ކަމާބެހޭ މިނިސްޓަރު ކަމަށް މުނައްވަރު ވިދާޅުވި އެވެ.
"އަޅުގަނޑު ކައިރީގައި ރައީސް އަދި ވިދާޅެއް ނުވޭ އެހާ ސާފުކޮށް އެހެންވެގެނޭ ކޮމިޝަން މި އުފައްދަނީ. އެހެންނެއް ނޫން، ގަރާރު އޮތްގޮތުން އެނގޭ ސަބަބު މި މައްސަލައިގެ އިންސާފު ގާއިމް ކުރަން ބޭނުންވެފައި އޮތް މިންވަރު،" މުނައްވަރު ވިދާޅުވި އެވެ.
ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަންގެ ފުރަތަމަ ޕްރެސް ކޮންފަރެންސް. -- ފޮޓޯ: ރައީސް އޮފީސް
މުނައްވަރު ވިދާޅުވީ ރައީސްގެ ގަރާރަކުން ތަހުގީގީ ކޮމިޝަނެއް އުފައްދައިފި ނަމަ، އެ ތަހުގީގެއް ދެން ހިންގަން ޖެހޭނީ ކޮމިޝަނުން ކަމަށެވެ. އަދި އެ މައްސަލައެއް ތަހުގީގު ކުރާ އިދާރާއަށް ދެން އެހާ ހިސާބުން ކޮންމެވެސް ކަމެއް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ކޮމިޝަނުން މި އުޅެނީ މާބޮޑު ކަމެއް ލިބިގެން ތަހުގީގާ ހަވާލުވެގެނެއް ނޫން. އަޅުގަނޑުމެންގެ އީގޯއާ ގުޅޭ ކަމެއް ނުހިނގާނެ. އެ ކަށަވަރުކަން ދެން. ދެން މެންޑޭޓް ދީފައި މި އޮތީ ކޮމިޝަންގެ މަގުސަދު ހާސިލް ކުރުން،. މަގުސަދަކީ ކޮބާ؟ މި ހާދިސާގައި ވެއްޓުނު ކުއްޖާ އާއި އާއިލާއަށް އިންސާފު ލިބުން،" މުނައްވަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ކޮންފްލިކްޓެއް އުފައްދާ ފުލުހުންތޯ ކުރަންވީ މަ ތޯ ކުރަންވީ، އޭނާ ތޯ ކުރަންވީ އެކަން ބެލުމެއް ނޫން. އަޅުގަނޑުމެންގެ ޓާގެޓަކަށް ވާނީ ހަގީގަތްތައް ހާމަކޮށް އިންސާފަށް ދިޔުން."
މުނައްވަރު ވިދާޅުވީ ގާނޫނުން ކޮމިޝަނަށް ލިބިފައިވާ ބާރުތަކާއި އިހްތިޔާރުތައް ބޭނުން ކުރުމުގައި ދޫދޭނެ ކަމަށެވެ. އަދި ފުލުހުންގެ އެއްބާރުލުން ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަން އެގޮތަށް ނުވާ ނަމަ، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހާއްސަ ކޮމިޝަނެއް އުފައްދައި، މަސައްކަތްތައް ހަވާލުކޮށްފައި ވާއިރު، މިހާތަނަށް ކޮމިޝަނަށް ލިބިފައިވާ ބަޖެޓް ސާފު ނޫން ކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި ކޮމިޝަންގެ މެންބަރުންނަށް މުސާރައެއް ދޭނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަންގެ ފުރަތަމަ މީޑިއާ ބްރީފިން މިއަދު
ރައުދުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
އުންމީދަކީ އަވަހަށް ކޮމިޝަންގެ މަސައްކަތް ނިންމުން
ޔުމްނުގެ އެންމެ ނާޒުކު ސާޖަރީ ކާމިޔާބު: އާއިލާ
އަމީންގެ ގޭގެ ސީސީޓީވީ ފުޓޭޖުތައް ފުލުހުންނަށް ނުލިބުނު
ތަހުގީގީ ކޮމިޝަނަށް އިތުރު ތިން ބޭފުޅަކު އައްޔަންކޮށްފި
ގޯލްޑަން އަވާ ގެއްލި، ތަހުގީގުގައި ފެއިލިއާތައް!
ޝަމީމަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި
ކޯޓު އަމުރުނެތި 48 ގަޑިއިރަށް މީހުން ބަންދުކުރެވޭނެ
މިސްކިތަށް ކުޑަކަމުދިޔަ މީހާގެ ބަންދަށް 7 ދުވަސް