ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓުމުގެ ހާދިސާގެ ކުރިން އެ ރޭ އޭނާ ފުރަތަމަ ދިޔަ މއ. މާންދޫގެ ދެކުނުގޭގެ އެއްވެސް ސީސީޓީވީ ފުޓޭޖެއް ފުލުހުންނަށް ނުލިބޭ ކަމަށް މިއަދު ބުނެފި އެވެ.
28 އެޕްރީލް 2025
ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓުމުގެ ހާދިސާގެ ކުރިން އެ ރޭ އޭނާ ފުރަތަމަ ދިޔަ މއ. މާންދޫގެ ދެކުނުގޭގެ އެއްވެސް ސީސީޓީވީ ފުޓޭޖެއް ފުލުހުންނަށް ނުލިބޭ ކަމަށް މިއަދު ބުނެފި އެވެ.
އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން އޭނާގެ އެއްބަނޑުއެއްބަފާ ތިން މީހުންގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ގެއެކެވެ.
ފުލުހުން މިރޭ މީޑިއާގައި ބުނީ، މާންދޫގެ ދެކުނުގޭގެ ސީސީޓީވީ ފުޓޭޖު ފުލުހުންނަށް ލިބިފައި ނުވާ ކަމަށެވެ. އެ ގެއިން ފުލުހުންނަށް މައުލޫމާތު ދީފައި ވަނީ ސީސީޓީވީ ކެމެރާތައް ހަލާކުވެފައިވާ ކަން ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އަދި އެކަން ޔަގީން ކުރުމަށް ކުރެވެން ހުރި މަސައްކަތްކޮށް، ސީސީޓީވީ ފުޓޭޖު ނެތްކަން ފުލުހުން ވާނީ ކަށަވަރު ކޮށްފައި،" ފުލުހުން ބުންޏެވެ.
މިނިސްޓަރު އަމީން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް އަދި ނުލިބެ އެވެ.
ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މީގެ ކުރިން މާންދޫގެ ދެކުނުގޭގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފުލޯ ވެސް ބަލައި ފާސްކޮށްފަ އެވެ. އެކަމަކު، ޔުމްނު ވެއްޓުމުގެ ހާދިސާ ހިނގިތާ ހަތަރު ވަރަކަށް ދުވަސް ފަހުން އެ ގެތައް ފާސްކުރިއިރު، ހާދިސާއާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައިވާ ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން އެ ގޭގެ ބަލައި ފާސްކުރީ ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް މި މަހުގެ 18 ވަނަ ދުވަހު ގ. ރަނައުރާގޭއާގޭ، ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށެވެ. އެ ދެ ގެއަކީ މި ހާދިސާ ހިނގުމުގެ ކުރިން ޔުމްނު ދިޔަ ގޭގެ އެވެ.
ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް އޮވެދާނެ ކަމަށް ތުހުމަތުކޮށް، އެ ރޭ ޔުމްނުއާ އެކު ފެންޓޯނިއާގޭގައި އުޅުނު ރައުދު އަހްމަދު ޒިލާލް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހާދިސާ ހިނގި ވަގުތު މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ރައުދުއަށް ކޮށްފައިވެ އެވެ. އޭނާއަށް ދިން ފަސް ދުވަހުގެ ބަންދުގެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.
ރައުދު ހައްޔަރުކުރުމުގެ އިތުރުން، ޔުމްނުއާ އެކު އެ ރޭ އުޅުނު އިތުރު ހަތް މީހެއްގެ ވަނަވަރު އާންމުކޮށް، އެ އެންމެންގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓާފައިވެ އެވެ.
އެ އެންމެންގެ ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނަގަން ފުލުހުން އުޅުމުން ރައުދު ފިޔަވާ އެންމެން ވަނީ ސާމްޕަލް ދިނުމަށް އިންކާރު ވެސް ކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރާ ގޮތާ މެދު ސުވާލުތަކެއް ފެންމަތި ކޮށްފައިވާތީ، އެ މައްސަލަ ބަލަން ހާއްސަ ކޮމިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އުފައްދަވައި ފަސް މެމްބަރުން އެ ކޮމިޝަނަށް އައްޔަން ކުރައްވައިފަ އެވެ.
ރައުދު ބަންދުން ދޫކޮށްލައިފި
ރައުދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
އާ އަމުރެއްގެ ދަށުން ރައުދު އަނެއްކާވެސް ހައްޔަރުކޮށްފި
މެލޭޝިއާގެ ފުލުހުންނާ ގުޅިގެން ޔުމްނުގެ ބަޔާން ނަގަނީ
ރައުދު ބަންދުން ދޫކޮށްލައިފި
ރައުދުގެ ބަންދަށް އިތުރު 20 ދުވަސް
ކޮމިޝަނުން ފުރަތަމަ ފަހަރަށް ރައުދުއާ ސުވާލުކޮށްފި!
ޔުމްނުއަށް އިންސާފު ހޯދަން ޕޮލިސް ކައިރިއަށް އެއްވެއްޖެ
ޔުމްނުއާ ސުވާލުކުރުމުގެ ފުރުސަތެއް އަދި ނުލިބޭ: ޕޮލިސް
ވެއްޓުނީ އަމިއްލައަށް ނޫން ކަމަށް ޔުމްނު ބުނޭ: އާއިލާ