މިފްކޯ އަށް ކިރުވި މަހަށް މަސްވެރިންނަށް ދޭން ޖެހިފައި ހުރީ 80 މިލިއަން ރުފިޔާ ކަމަށާއި މި ހަފުތާގެ ތެރޭގައި އެ ފައިސާ ޖަމާކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
12 ޖޫން 2024
މިފްކޯ އަށް ކިރުވި މަހަށް މަސްވެރިންނަށް ދޭން ޖެހިފައި ހުރީ 80 މިލިއަން ރުފިޔާ ކަމަށާއި މި ހަފުތާގެ ތެރޭގައި އެ ފައިސާ ޖަމާކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
މިފްކޯގެ މީޑިއާ އޮފިޝަލު އިބްރާހިމް ސައީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުން ލަސް ވަނީ ސަރުކާރުން ދޭން ޖެހޭ ސަބްސިޑީގެ ފައިސާ އަދި ނުލިބޭތީ އެވެ.
އެކަމަކު އެ ފައިސާ ވީހާވެސް އަވަހަކަށް ދޭން ސަރުކާރާ ގުޅިގެން ކެނޑި ނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ހަފުތާގެ ތެރޭގައި އެ ފައިސާގެ ވަކި މިންވަރެއް ޖަމާ ކުރަން ފަށާނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފައި ވަނީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަސް ތެރޭގައި ފައިސާ ޖަމާ ކުރުމަށެވެ.
އެހެން ނަމަވެސް ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން އެ ވައުދު ފުއްދަން ސަރުކާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ. މި އަހަރު ކުރީކޮޅު ވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދައްކާތާ އެތައް މަހެއް ވެގެން މަސްވެރިން މުޒާހަރާ ކުރަން ފެށުމުން ސަރުކާރުން ވަނީ އޭރު ނުދެއްކި ހުރި ފައިސާ ދައްކާ ހަލާސް ކޮށްފަ އެވެ.
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އޭރު ވިދާޅުވެފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު 250 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ މަސްވެރިންނަށް ނުދީ އޮތް ކަމަށެވެ. ފުރަތަމަ ހަ މަސް ދުވަސް ނުނިމެނީސް 850 މިލިއަނަށް ވުރެން ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށާއި އެ އަދަދަށް ފައިސާ ދޫކުރުމަށް ފަހު ބާކީ ދައްކަން ޖެހިފައި އޮތީ 27 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ވެރިކަން ފެށުނުއިރު މަސްވެރިންނަށް އެހާ ބޮޑު އަދަދަކުން ފައިސާ ދައްކަން ޖެހިފައި އޮތީ، މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 16 ގައި މަހުގެ އަގު 17 ރުފިޔާ އިން 25 އަށް ބޮޑުކުރުމަށް ފަހު ގެނައި ބަދަލާ ގުޅިގެންނެވެ.
މަސްވެރިންނަށް އަނެއްކާ ވެސް ފައިސާ ނުދެވި 80 މިލިއަނަށް އެރުމުން، ހިތްހަމަނުޖެހި ބައެއް ސަރަހައްދުތަކުގެ މަސްވެރިން އަންނަނީ އެ މައްސަލާގައި ކަންބޮޑުވުންފާޅުކޮށް މުޒާހަރާ އަށް ތައްޔާރުވަމުންނެވެ.
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
މަސްވެރިންނަށް 66 މިލިއަން ރުފިޔާ ޖަމާކޮށްދީފި
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
"މާދަމާ އިން ފެށިގެން މަސް ގަންނާނީ ބާޒާރުގެ އަގަަށް"
މި ހަފުތާގައި މަސްވެރިންނަށް 46 މިލިއަން ޖަމާކުރަނީ
"މަސްވެރިންގެ ވައުދުތައް ފުއްދޭނީ މާލީ ހާލަތު ރަނގަޅުވެގެން"
މިފްކޯ ބޯޑުގައި މަސްވެރިން ހިމަނަން ރައީސް ނިންމަވައިފި
ހޯނޑެއްދޫ ކޯލްޑް ސްޓޯރޭޖު އަވަހަށް ނިންމަން ގޮވާލައިފި
ކޭޑު އާއި ޝާފިއު މަގާމުން އިސްތިއުފާ ދެއްވައިފި
އައިސްޕްލާންޓުތައް މިފްކޯގެ ދަށަށް ބަދަލުކޮށްފި