އައްޑޫގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ގާއިމްކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ އެކު ދިވެހި ސަރުކާރުން އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
04 ސެޕްޓެމްބަރ 2025
އައްޑޫގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ގާއިމްކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ އެކު ދިވެހި ސަރުކާރުން އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އިތުރު ދުވެއްޔެއް ގެނައުމުގެ މަޤްޞަދުގައި، އައްޑޫ ސިޓީގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ޤާއިމުކުރުމުގެ މުހިންމު މަޝްރޫޢެއް ކުރިއަށް ގެންދިއުންދިއުމަށްޓަކައި، ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)… pic.twitter.com/yZjFy0hWfs
— Ministry of Fisheries and Ocean Resources (@MFORmv) September 3, 2025
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ އެ މަޝްރޫއަކީ ގައުމުގެ އިގުތިސާދީ ތަރައްގީއަށް މަގުފަހިކޮށްދޭނެ އަދި ދެކުނުގެ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް އާ ދޮރެއް ހުޅުވައިދޭނެ މުހިންމު މަސައްކަތެއް ކަމަށެވެ.
އައްޑޫގެ ލޮކޭޝަނަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެންމެ އެކަށޭނެ އެއް ސަރަހައްދު ކަމަށް ބެލެވޭއިރު، މި މަޝްރޫއު ފެށުމުގެ މައިގަނޑު މަގުސަދަކީ އައްޑޫގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކްސްގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ މަސްވެރިންނަށް ގިނަ ފަސޭހަތަކެއް ލިބި، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް އުންމީދުކުރެވެ އެވެ.
ދިވެހިރާއްޖޭގެ މެރިކަލްޗަރ ސިނާޢަތް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ވަކި ސިނާޢަތެއްގެ ގޮތުގައި ކުރިއެރުވުމުގެ މަޤްޞަދުގައި، ޗައިނާގެ މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ ( އެމް.އޯ.ޔޫ) ގައި ވަޒީރު އަޙްމަދު… pic.twitter.com/SREsHBQJWm
— Ministry of Fisheries and Ocean Resources (@MFORmv) September 3, 2025
އެ އެމްއޯޔޫގެ ދަށުން އެ މަޝްރޫއުގެ ތަފްސީލީ މާސްޓަ ޕްލޭނާއި މާލީ އަދި އިގުތިސާދީ ފައިދާގެ ދިރާސާތަކުގެ އިތުރުން މަޝްރޫއު ހިންގާނެ ވިޔަފާރި މޮޑެލް އާއި ފައިނޭންސް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދެ ފަރާތުން ގުޅިގެން މަޝްވަރާކޮށް، ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށް އެއްބަސްވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ސަރުކާރުގެ އަމާޒަކީ ދެކުނުގެ އިގުތިސާދު އާލާކޮށް، ގިނަ ފުރުސަތުތަކެއް އުފެއްދުން ކަމަށެވެ.
ރާއްޖޭގެ މެރިކަލްޗާ ސިނާއަތް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ވަކި ސިނާއަތެއްގެ ގޮތުގައި ކުރިއެރުވުމުގެ މަގުސަދުގައި، ޗައިނާގެ މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ހޮންގްޑޮންގް ފިޝަރީ ކޯޕަރޭޝަނާ އެކު ވެސް ދިވެހި ސަރުކާރުން ވަނީ އެމްއޯޔޫއެއްގައި އިއްޔެ ސޮއިކޮށްފަ އެވެ.
މަސްވެރިންގެ ބެކްލޮގް މާދަމާއެއްކޮށް ކްލިއާވާނެ: ޝިޔާމް
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ފިޝަރީޒް މިނިސްޓްރީގެ ޓީމަކަށް ދެއްވަދޫން ހުރަސްއަޅައިފި
މަސްވެރިން އޮކްޓޯބަރު 1ގެ ކުރިން ދަފްތަރުވާން ޖެހޭ
މަސްވެރިންނަށް 66 މިލިއަން ރުފިޔާ ޖަމާކޮށްދީފި
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
އައްޑޫ މަސްވެރިން ކޮންޓްރޯލް ނަގައި، ދަތިކުރަނީ!
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ހުޅުވަނީ
މަސްވެރިންނަށް 136 މިލިއަން ރުފިޔާ ޖަމާކޮށްދީފި
މަސް ބޭރުކުރާ ކުންފުނިތަކަށް 51 މިލިއަން ރުފިޔާ ދީފި