11 ޑިސެމްބަރ 2023
އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށިއިރު، ދައުލަތުން މަސްވެރިންނަށް ދަރާފައިވާ ފައިސާގެ ތެރެއިން 136 މިލިއަން ރުފިޔާ މިހާތަނަށް ޖަމާކޮށްދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.
އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށިއިރު، ދައުލަތުން މަސްވެރިންނަށް ދަރާފައިވާ ފައިސާގެ ތެރެއިން 136 މިލިއަން ރުފިޔާ މިހާތަނަށް ޖަމާކޮށްދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ވެރިކަން މިދިޔަ މަހުގެ 17 ގައި ފެށިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދީ އެބަހުރި ކަމަށެވެ. މަސްވެރިންގެ ވަރަށް ގިނަ ކަންބޮޑުވުންތައް އޭގެ އިތުރަށް ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަމަވެސް، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މިދިޔަ ތިން ހަފުތާގެ ތެރޭގައި މަސްވެރިންނަށް ނުލިބި ހުރި ފައިސާގެ ތެރެއިން 136 މިލިއަން ރުފިޔާ މިހާރު މި ވަނީ މަސްވެރިންނަށް ދޫކޮށްފައި،" ނައިފަރު ދާއިރާގެ ކުރީގެ މެމްބަރު ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ދައުލަތުގެ ހަރަދުތައް މެނޭޖުކުރަން އުނދަގޫ ދުވަސްވަރަކަށް ވިޔަސް، މަސްވެރި އާއިލާތަކަށް މިގޮތަށް ފައިސާ ނުލިބި ގިނަ ދުވަސްވުމަކީ ވަރަށް އުނދަގޫ ތަހައްމަލު ކުރަން ޖެހޭނެ ދުވަސްތަކެއް ކަމަށް މި ސަރުކާރުން ގަބޫލުކުރައްވާ ކަމަށެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދަރުބާރުގެއަށް ވަޑައިގަތުމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އެމަނިކުފާނާ ސަލާންކުރައްވައި މަރުހަބާ ދަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ކުރީގެ ސަރުކާރުން މަސްވެރިންނަށް ނުދީ 240 މިލިއަނެއްހާ ރުފިޔާ އެބަހުރި ކަމަށް އާ ސަރުކާރުން ވަނީ ކުރިން ބުނެފަ އެވެ.
މަސްވެރިންގެ ހުރި ކަންބޮޑުވުންތަކުގެ ލިސްޓު ކުޑަ ނޫން ކަން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަސްވެރިންގެ ގުންޒަރުގައި ކުރި މަޝްވަރާތަކުން ވެސް އެނގޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ. މަސްވެރިން ބާނާ މަސްކޮޅަށް އަވަހަށް ފައިސާ ނުލިބި ގިނަ ދުވަސްވުމާއި މަސް ބާނާއިގެން މަސްކޮޅު ވަގުތުން ކިރުމަށް ހުރި ދަތިތަކާއި އަދި މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބުން ކަހަލަ ވަރަށް ގިނަ މައްސަލަތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހުރިހާ ކަމަކީ ވެސް ރައީސް އެންމެ އިސްކަމެއް ދެއްވައިގެން ހައްލު ކުރަން ބޭނުންވާ ކަންކަން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި، ސްޓޯރޭޖް އިތުރުކުރުމަށާއި އައިސް އުފައްދާ މިންވަރު އިތުރުކުރުމަށް ސަރުކާރުން މިހާރު ވެސް ހިނގަމުން އަންނަ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމާއި އާ މަޝްރޫއުތައް ފެށުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
ރޭގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް ޖުމްލަ ހައްލެއް ގެންނަވާނީ ހުރިހާ ބާވަތެއްގެ މަސްވެރިކަން ވެސް ހިމެނޭ ގޮތަށް ކަމަށެވެ.
"މަސްވެރިން އެދެނީ މަސް ބާނާގެން މަސްކޮޅު ކިރާލީމަ ފައިސާ ލިބޭނެ އިންތިޒާމެއް ސަރުކާރުގައި ހުރުން. މަސްވެރިން އެދެނީ މަސްކޮޅު ކިރާލާފައި އަނެއް ދުވަހު މަހަށް ފުރޭނެ ގޮތެއް ވުން. މަސްވެރިން ނުސީދާ ގޮތުން މި ބުނަނީ މަސް ކިރާ ފެސިލިޓީތަކުގެ އެފިސެންސީ ރަނގަޅުކުރާށޭ. އޭރަށް އެންމެ ދުވަހެއް ވެސް އާމްދަނީ ނުލިބި، ކިޔުގައި ތިބެން ނުޖެހި ފުރޭ ނަމަ، މަހުގެ އަގުގެ ވާހަކައެއް ނުދައްކާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
"ފަރުމަސްވެރިކަން ކުރާ ފަރާތްތަކުން އެބަ ވިދާޅުވޭ، ތިމަންނަމެން މީ އުޅޭ ބައެއްކަން ނުދައްނަނީތޯ. ފާނަ މަސްވެރިކަން ކުރާ ފަރާތްތަކުން ވެސް އެބަ ވިދާޅުވޭ، ތިމަންނަމެން މީ އުޅޭ ބައެއްކަން ނުދައްނަނީތޯ. އަޅުގަނޑުމެން މި އަންނަނީ މި ސިނާއަތުގައި އުޅޭ ބޭފުޅުންނަށް ޖުމްލަ ހައްލެއް ހޯދައިދިނުމަށް."
ޝިޔާމް ވިދާޅުވީ ރާއްޖޭގައި ތަފާތު އެކި ބާވަތްތަކުގެ މަސްވެރިކަން ކުރާ ފަރާތްތައް ކުރިއެރުވުމަށް ގިނަ ޕްލޭންތަކެއް އެބަހުރި ކަމަށެވެ. ކަޅުބިލަ މަސްވެރިކަމާއި ކަންނެލި މަސްވެރިކަމާއި ފަރު މަސްވެރިކަމާއި އަދި ފާނަ މަސްވެރިކަން ކުރާ ފަރާތްތައް ވެސް މި ޕްލޭންތަކުން ބާކީ ނުވާނެ ކަމަށެވެ.
މަސްވެރިންގެ ބެކްލޮގް މާދަމާއެއްކޮށް ކްލިއާވާނެ: ޝިޔާމް
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ހުޅުވަނީ
ހައްލު ހޯދަން "މަސްވެރިންގެ ގުންޒަރު" ފަށައިފި
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ފިޝަރީޒް މިނިސްޓްރީގެ ޓީމަކަށް ދެއްވަދޫން ހުރަސްއަޅައިފި
މަސްވެރިން އޮކްޓޯބަރު 1ގެ ކުރިން ދަފްތަރުވާން ޖެހޭ
ބޮޑުކަންނެލީގެ މަސްވެރިންނާ ރައީސް ބައްދަލުކުރައްވައިފި
ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ބަންދުކޮށްފި
މަސްވެރިންނަށް 66 މިލިއަން ރުފިޔާ ޖަމާކޮށްދީފި