ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާދަމާއިން ފެށިގެން މަސްވެރިންނަށް ފައިނޭންސިން ފެސިލިޓީތައް ދޫކުރަން ފަށާއިރު ރަހުނަކާނުލައި 300،000ރ. އާ ހަމައަށް ފެސިލިޓީސްތައް ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
30 އެޕްރީލް 2025
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާދަމާއިން ފެށިގެން މަސްވެރިންނަށް ފައިނޭންސިން ފެސިލިޓީތައް ދޫކުރަން ފަށާއިރު ރަހުނަކާނުލައި 300،000ރ. އާ ހަމައަށް ފެސިލިޓީސްތައް ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
މަސްވެރިންގެ ގައުމީ ދަފްރަތުގައި ރަޖިސްޓްރީ ވެފައިވާ މަސްވެރިންނަށް ބީއެމްއެލްގެ ފައިނޭންސިން ފެސިލިޓީތައް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ވާއިރު މިނިސްޓްރީން ބުނީ ފާސަނަލް ފައިނޭސިންގެ ގޮތުގައި ދޫކުރަނީ 10،000ރ. އާއި 300،000ރ.އާ ދެމެދު އަދަދެއް ކަމަށެވެ.
ބީއެމްއެލް އިން ކުރިން ބުނެފައި ވަނީ މަސްވެރިންގެ އާމްދަނީ އެ ބޭންކަށް އެނގެން ހުންނާނެ ކަމަށާއި ފައިނޭންސިން ފެސިލިޓީތަކަށް ޝަރުތު ހަމަވޭތޯ ބަލާނީ މަހެއްގެ މައްޗަށް އެވްރެޖުކޮށް ލިބޭ އާމްދަނީއަށް ބެލުމަށް ފަހު ކަމަށެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފު މަސްވެރިންނަށް ފައިނޭންސިން ފެސިލިޓީސް ދިނުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވައިގެން.
ފަސް އަހަރަށް ބަހާލައިގެން ދެއްކޭ ފައިނޭންސިން ފެސިލިޓީގެ އިންޓްރެސްޓް ރޭޓަކީ 15 ޕަސެންޓެވެ.
އިންޓަނެޓް އަދި މޮބައިލް ބޭންކިންގް އެޕްލިކޭޝަން މެދުވެރިކޮށް މި ފެސިލީޓީތަކަށް ހުށަހެޅޭނެ އެވެ. މިކަމަށް އިކުއިޓީ އަދި ސެކިއުރިޓީއެއް ވެސް ބޭނުމެއް ނުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ގައުމީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް ބީއެމްއެލްއިން ލޯނު ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައި ވަނީ މިހާރު ދަފްތަރުގައި ގާތްގަނޑަކަށް 95 ޕަސެންޓު މަސްވެރިން ރަޖިސްޓްރީވެފައިވާ ކަމަށެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީ ނުވާ ފަރާތްތައް އަވަހަށް ރަޖިސްޓްރީވުމަށް އޭނާ ގޮވާލެއްވި އެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު
މިނިސްޓަރު ވިދާޅުވީ ދިވެހިން މަސްވެރިކަމުގައި ދެމިތިބުމަކީ ރައީސްގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި އެ ދާއިރާގައި މީހުން ދެމި ތިބުމަށް މިފަދަ އެކި ލުއިތަކުގެ ބޭނުން ބޮޑު ކަމަށެވެ.
އެ ފެސިލިޓީތައް ދޫކުރަން ފެށުމުން ބީއެމްއެލްގެ ޕާސަނަލް ފައިނޭންސިން ފެސިލިޓީ އާއި ގެދޮރުވެރިކަމަށް ދޫކުރާ ތިން ފައިނޭންސިން ފެސިލިޓީ އާއި އާއިލާގެ ފަރާތަކަށް ކިޔެވުމަށް ދޫކުރާ ލޯނު އަދި ކްރެޑިޓް ކާޑަށް ވެސް އެޕްލައި ކުރެވޭނެ އެވެ.
މި ފެސިލިޓީތަކުގެ ރީޕޭމަންޓަށް މަސްވެރިކަން ދަށް ސީޒަންތަކުގައި މަދުން ދައްކަން ޖެހުނު ނަމަވެސް އަހަރެއްގެ މައްޗަށް ދައްކަން ޖެހޭ އަދަދަކީ އެފަދަ ފެސިލިޓީތައް ނަގާ އެހެން ފަރާތްތަކުން ވެސް ދައްކަން ޖެހޭނެ އަދަދެވެ.
މަހަށް ދޭ ފައިސާ ބަރާބަރަށް ލިބޭނެ ގޮތް ހަމަޖެހޭނެ
ފަސް މަސް ތެރޭގައި މަސްވެރިންނަށް 1.6 ބިލިއަން
ހއ.އިން އައްޑުއަށް ފީނައި، ދުނިޔޭގެ ރެކޯޑެއް ހަދަނީ
ކޯލްޑް ސްޓޯރޭޖު 25،000 ޓަނަށް އިތުރު ކުރަނީ
މަސްވެރިންގެ ބެކްލޮގް މާދަމާއެއްކޮށް ކްލިއާވާނެ: ޝިޔާމް
ފައިސާ ދޭން ފެށުމުން މަސްވެރިން މުޒާހަރާ ހުއްޓާލައިފި
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
އެޖެންޑާގެ އެންމެ ކުރީގައި މަސްވެރިންނަށް ފައިސާ ދިނުން
ފައިސާ ނުލިބޭތީ ހުޅުމީދޫގައި މަސްވެރިން މުޒާހަރާ ކުރަނީ
މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި އަޑުއުފުލައިފި