ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހޮރައިޒަން ފިޝަރީޒުން ގދ. ހޯނޑެއްދޫގައި ހަދަން ފަށާފައިވާ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމައި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް އެ ރަށުން ކައުންސިލުން އިއްޔެ ސަރުކާރަށް ގޮވާލައިފި އެވެ.
13 އެޕްރީލް 2022
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހޮރައިޒަން ފިޝަރީޒުން ގދ. ހޯނޑެއްދޫގައި ހަދަން ފަށާފައިވާ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމައި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް އެ ރަށުން ކައުންސިލުން އިއްޔެ ސަރުކާރަށް ގޮވާލައިފި އެވެ.
މިފްކޯ އަށް މަސް ގަންނަ ވަރު މިދިޔަ ހަތަރުވަރަކަށް ދުވަހު ލިމިޓް ކުރުމާ ގުޅިގެން، ހޯނޑެއްދޫ ކައުންސިލުން ފާސްކުރި ގަރާރެއްގައި ބުނީ، ޒަމާނުއްސުރެ އެންމެ ގިނައިން ކަޅުބިލަ މަސް ބާނަނީ ހުވަދުއަތޮޅަށް ކަމަށް ވިޔަސް އެ ސަރަހައްދުގެ މަސްވެރިންނަށް ދިމާވެފައިވާ މަސްނުކިރުމުގެ މައްސަލަ އަދި މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދި ލަސްވެގެން ދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
އެހެންވެ، މަސްވެރިކަން ތިޔާގިވެ، މަސްވެރިން ބާނާ މަސްކޮޅު ނުކިރި އުކާލާ ހިސާބަށް ގޮސް މަސްވެރިން އިހުތިޖާޖު ކުރާ މި ދަނޑިވަޅުގައި ހުވަދު އަތޮޅުގައި ގާއިމްކުރާ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނުނިމި 16 އަހަރު ވެފައި ވާތީ، އެކަން އެ ގަރާރުގައި ސަމާލުކަމަށް ގެނެސްފައި ވެ އެވެ.
"ހޮރައިޒަން ފިޝަރީޒް އިން ހޯނޑެއްދޫަގައި ހަދަން ފަށާފައިވާ ހުވަދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކޯލްޑް ސްޓޯރޭޖް ނިމި އެ ތަނުގެ ހިދުމަތް މަސްވެރިންނަށް ފޯރުކޮށްދެވިއްޖެ ނަމަ މިއަދު ދިމާވެފައި މި ވާ ހާލަތުން މަސްވެރިންނަށް އަރައިގަނެވޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ،" ގަރާރުގައި ބުންޏެވެ.
"ވީ އެންމެ އަވަހަކަށް ހޯނޑެއްދޫގައި ހަދަން ފަށާފައިވާ ކޯލްޑް ސްޓޯރޭޖު ނިންމައި ހިދުމަތް ފޯރުކޮށްދިނުމަށް ބާރުއެޅުމަށް ސަރުކާރަށާއި ކަމާގުޅޭ ހުރިހާ މުއައްސަސާތަކަށް ހޯނޑެއްދޫ ކައުންސިލުން ގޮވާލަމެވެ."
ގަރާރުގައި ވަނީ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް ލަސްވަމުންދާތީ މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް، ވަގުތީ ގޮތުން ހުވަދޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސް ކިރޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް އެ ކުންފުންޏަށް ގޮވާލައިފަ އެވެ.
މިފްކޯއިން ކޮންމެ ދޯންޏަކުން ދުވާލަކު ފަސް ޓަނު މަސް ގަންނަ ގޮތަށް ލިމިޓްކުރުމަށްފަހު މަޝްވަރާތަކަށް ފަހު ވަނީ ހުރިހާ މަހެއް ގަންނަން ނިންމައިފަ އެވެ. އެކަމަކު، ބައެއް ދޯނިތަކުގެ ޝަކުވާތަކާ ހެދި އެކަން އަނެއްކާ ވެސް ބަދަލުކުރީ އެވެ.
ކޫއްޑޫގެ ހާލަތު ގޯސްވެ، ހަމަނުޖެހުން ކޮންޓްރޯލް ކުރަން ފުލުހުން ވެސް ހަރަކާތްތެރިވި އެވެ.
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
މަސްވެރިންނަށް 66 މިލިއަން ރުފިޔާ ޖަމާކޮށްދީފި
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
"މާދަމާ އިން ފެށިގެން މަސް ގަންނާނީ ބާޒާރުގެ އަގަަށް"
މި ހަފުތާގައި މަސްވެރިންނަށް 46 މިލިއަން ޖަމާކުރަނީ
"މަސްވެރިންގެ ވައުދުތައް ފުއްދޭނީ މާލީ ހާލަތު ރަނގަޅުވެގެން"
މަސްވެރިންގެ 80 މިލިއަން މި ހަފުތާގައި ދޭން ފަށަނީ
ކޫއްޑޫ މަސް ފެކްޓަރީގެ އޮޕަރޭޝަންތައް އަލުން ފަށައިފި
މަސްވެރިންނަށް ނުދީ 300 މިލިއަން ރުފިޔާވަރުއެބައޮތް
މިފްކޯ ބޯޑުގައި މަސްވެރިން ހިމަނަން ރައީސް ނިންމަވައިފި