13 ޖޫން 2024
މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ގޮތުން މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދޭނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުވުމުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ގޮތުން މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދޭނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުވުމުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ބޮޑު ކަންނެލި މަސްވެރިން މާލޭގެ ރަސްމީ ފާލަމާ ދިމާލުން ބޭރުގައި އިއްޔެ ހަވީރު މުޒާހަރާކުރީ މިފްކޯ އަށް ބޮޑުކަންނެލި ގަތުމަށާއި ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުއްދަ ދިނުމުގެ ވިސްނުން ސަރުކާރުން ދޫކޮށްލުމަށް ގޮވާލަ އެވެ.
އެ މުޒާހަރާ ތެރޭގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ވައުދުތައް ވުމަށް ފަހު، މި ސަރުކާރު އައިތާ ހަތް މަސްވެފައިވާ ކަން ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ގައުމުގެ މާލީ ހާލަތު ހުރި ގޮތުން އެ ވައުދުތަކުގެ މަސައްކަތް މިއަދުން މިއަދަށް ފެށެން ނެތް ކަމަށެވެ.
މި ސަރުކާރު ހަވާލުވި އިރު ގައުމުގެ ހާލަތު އޮތީ އެ އަށް ވުރެ ގޯސްކޮށް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މަސްވެރިންނަށް ވެވަޑައިގަތް ވައުދުތައް ފުއްދޭނީ ފުރަތަމަ ގައުމުގެ މާލީ ހާލާތު ރަނގަޅު ކޮށްގެން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރިން ބުނެފައިވާ ގޮތަށް މި ސަރުކާރުން މި ވައުދުތައް ފުއްދާނީ ދައުރުގެ ކުރީކޮޅު،"--- ޝިޔާމް
"... ދެން ހުރީ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން ހުރިހާ ސިނާއަތްތަކުން ރާވައިގެން ކުރަން ޖެހޭ ކަންތައްތަކެއްގެ ވާހަކަ،" ޝިޔާމް ވިދާޅުވި އެވެ.
ލޭނު މަސްވެރިކަމުގެ މަޝްވަރާތަކަކީ ވެސް އާމްދަނީ ހޯދުމުގެ ބޭނުމުގައި ވިސްނާ ކަމެއް ކަމަށާއި ދައުލަތަށް އާމްދަނީ ހޯދަން ކުރަން ޖެހޭ ކަންކަން ސަރުކާރުން އެކްސްޕްލޯ ކުރާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެކަމަކު، މަސްވެރިންނާ ގުޅުން ހުރި ކަމެއްގައި އެ ފަރާތްތަކާ މަޝްވަރާ ކޮށްގެން ނޫން ގޮތަކަށް އެއްވެސް ކަމެއް ނުނިންމަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިފްކޯ އިން ކެންނެލި ގަންނަން މަސްވެރިން ޑިމާންޑު ކުރި ނަމަވެސް މި އަހަރު އެކަން ނުކުރެވޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިފްކޯ އޮތީ މަސްވެރިންގެ އަތުން ކަންނެލި ގަނެވޭ ހާލަތުގައެއް ނޫނެވެ. އެހެންވެ، މިފްކޯގެ ހާލަތު ވެސް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރިން ބުނެފައިވާ ގޮތަށް މި ސަރުކާރުން މި ވައުދުތައް ފުއްދާނީ ދައުރުގެ ކުރީކޮޅު،" އޭނާ ވިދާލުވި އެވެ.
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
އެޖެންޑާގެ އެންމެ ކުރީގައި މަސްވެރިންނަށް ފައިސާ ދިނުން
ކަނޑުއޮތްގިރި ފެސިލިޓީ ހުޅުމާލެ އަށް ބަދަލުކުރަނީ
މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ:ރައީސް
މަސްވެރިންނަށް ބާކީ ފައިސާ ޖަމާކުރަން ފަށައިފި
މުޒާހަރާއާ ހެދި ކޫއްޑޫ ހުރިހާ އޮޕަރޭޝަނެއް ހުއްޓިފައި!
މަސްވެރިންނަށް އަދިވެސް 190 މިލިއަން ދޭންޖެހޭ:ޝިޔާމް
މިފްކޯ ބޯޑުގައި މަސްވެރިން ހިމަނަން ރައީސް ނިންމަވައިފި
ހައްލު ހޯދަން "މަސްވެރިންގެ ގުންޒަރު" ފަށައިފި