Roadha Mihaaru
ބިލަބޮންގް ހައި އިންޓަނޭޝަނަލަށް ބެލެނިވެރިންގެ ތަރުހީބު

ބިލަބޮންގް ހައި އިންޓަނޭޝަނަލަށް ބެލެނިވެރިންގެ ތަރުހީބު

02 ޖޫން 2024

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އިންޓަނޭޝަނަލް ސްކޫލެވެ. އެ ސްކޫލަށް މިހާރު އަލަށް ވައްދާ ދަރިވަރުންގެ ތަޖުރިބާއާ މެދު ބެލެނިވެރިން ބުނަނީ ކީކޭތޯ ސުވާލު ކޮށްލަން އެބަ ޖެހެ އެވެ.

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އިންޓަނޭޝަނަލް ސްކޫލެވެ. އެ ސްކޫލަށް މިހާރު އަލަށް ވައްދާ ދަރިވަރުންގެ ތަޖުރިބާއާ މެދު ބެލެނިވެރިން ބުނަނީ ކީކޭތޯ ސުވާލު ކޮށްލަން އެބަ ޖެހެ އެވެ.

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ކަރިކިއުލަމް އަދި ކިޔަވައިދޭން ގެންގުޅޭ އުކުޅުތައް ބައްޓަން ކޮށްފައި ވަނީ ކިޔެވުމަކީ ކުދިންނަށް ބުރައަކަށް ނުވާ ގޮތަށް، ކުދިން އަމިއްލައަށް އިސްނަގައިގެން އުފަލާ އެކު ކިޔަވާނޭ ކުދިން ބިނާ ކުރުމަށް އިސްކަން ދީގެންނެވެ.

"ސްކޫލުން ގެންގުޅޭ މެތަޑްތައް އަޅުގަނޑަށް ވަރަށް ކަމުދޭ. ސްކޫލަށް މިސާލަކަށް ނާދެވުނަސް އެޑިއުޕޭޖް (އެޕްލިކޭޝަން) ބަލާލީމަ ހުރިހާ މައުލޫމާތެއް ލިބިގެންދޭ. އެޑިއުޕޭޖް ވެސް އިންނަނީ ކުދިންނަށް އަމިއްލައަށް ވެސް ބަލާލެވޭގޮތަށް, އަޅުގަނޑުގެ ދަރިފުޅު ނައުޝީން އަމިއްލައަށް މިސްވެފަ ހުންނަ ފިލާވަޅުތައް ހޯދާނެ." މިދިޔަ އަހަރު ގްރޭޑް 1 ގެ ދަރިވަރެއްގެ ބެލެނިވެރިއެއް ކަމަށްވާ ދިމްނާ ފާކިރު ބުންޏެވެ.

ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ސައުދުﷲ ވިދާޅުވީ ދަރިވަރުން ކިޔެވުމުގައި އަމިއްލައަށް އިސްނެގުމުން މުދައްރިސުންނަށް ކިޔަވައިދޭން ޖެހޭ "ކޮންޓެންޓު"ގެ އިތުރުން ކްލާސް ރޫމްތަކުގައި އެ މާއްދާއާ ގުޅޭ އެހެން ގިނަގުނަ ހަރަކާތްތައް ރާވަން ފުރުސަތާއި ވަގުތު ލިބެ އެވެ.

ދިމްނާ ފާހަގަކުރެއްވި ގޮތަށް، ކޮންމެ ޓާމެއް ނިމޭއިރު، އެ ޓާމެއްގައި ދަރިވަރުން ދަސްކުރި ބައިތައް، 'ކަލްމިނޭޝަން ޑޭ' ގައި ބެލެނިވެރިންނަށް އެ ކުދިން ހުށަހަޅައިދެ އެވެ. މިއީ، ސްކޫލްގައި ދަރިވަރުން އެ ކުދިންގެ ކިޔެވުމާގުޅޭ ކަންކަމުގައި އިސްނެގުން ހުންނަ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ. ދިމްނާ ބުނީ ބިލަބޮންގުގެ އެންމެ ހާއްސަ އެއް ކަމަކީ ސްކޫލްގެ މުދައްރިސުން ކަމަށެވެ.

"ޓީޗަރުން ކުދިންނާ ދޭތެރޭ ބަހައްޓާ އޯގާތެރިކަން އަޅުގަނޑު ހަމަ ފާހަގަކޮށްލަން. އަޅުގަނޑުގެ ދަރިފުޅުގެ ޓީޗަރުން ހަމަ ވަރަށް ރަނގަޅު. ކުދިންގެ ހުންނަ ވަކި ވަކި ހާއްސަ ކަންކަންކަމަށް އަހައްމިޔަތުދީ ހިތްވަރުދޭން މަސައްކަތް ކުރާކަން އަޅުގަނޑަށް އަބަދުވެސް ފާހަގަކުރެވޭ"، ދިމްނާ ބުންޏެވެ.

ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލްގައި ދަރިވަރަކު ކްލާސްރޫމެއްގައި.  -- ފޮޓޯ: ބިލަ ބޮންގް

ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލްގައި ދަރިވަރަކު ކްލާސްރޫމެއްގައި. -- ފޮޓޯ: ބިލަ ބޮންގް

އެ ސްކޫލާ ގުޅޭ ގޮތުން، ވައިސް ޕްރިންސިޕަލް އައިމިނަތު ރެހެންދި ވިދާޅުވި ގޮތުގައި މުދައްރިސުން ދެމެހެއްޓެނިވި ގޮތެއްގައި، ތަމްރީންކުރުމަކީ ސްކޫލުން އެންމެ އިސްކަންދޭ އެއް ކަންތަކެވެ. ސްކޫލްގައި ބޭނުންކުރާ ބައިނަލްއަގްވާމީ އެވޯޑް ލިބިފައިވާ ބިލަބޮންގް ކަރިކިއުލަމް މިކަމުގައި ކުޅޭ ރޯލު ވަރަށްބޮޑެވެ. މިގޮތުން، ފިލާވަޅުތަކުގެ އިތުރަށް، ދަރިވަރުންނަށް ވަކި ވަކިން ބޭނުންވާ އަހައްމިއްޔަތުކަން ލިބިދިނުމާ ގުޅޭ ޕްލޭންތައް ވެސް ކަރިކިއުލަމްގެ ތެރެއިން ލިބެ އެވެ.

އިންޓަނޭޝަނަލް ސްކޫލަކަށް ވިއަސް ދިވެހި، އިސްލާމް އަދި ގުރުއާނަށް އަހައްމިޔަތުކަން ދޭ ކަމަށާއި ހުރިހާ ގްރޭޑްތަކަށް ބަހާލައިގެން ގުރުއާން މުބާރާތާއި އިސްލާމް ކުއިޒް އަދި ދިވެހި އަދަބީ ހަފްތާ ފަދަ ހަރަކާތްތައް ބާއްވާ ކަމަށް ދިމްނާ ބުންޏެވެ. މި މާއްދާތަކަށް ދޭ މުހިއްމުކަން، އެހެން ސްކޫލްތަކާ އެއްވެސް ތަފާތެއް ނޯންނަކަން ވެސް ދިމްނާ ފާހަގަކުރެއްވި އެވެ.

އެހެން ސްކޫލްތަކާ ޚިލާފަށް ގްރޭޑް އެކަކުން ފެށިގެން ބިލަބޮންގުގައި ބައެއް ހާއްސަ މާއްދާތައް ކަމަށްވާ 'ގްލޯބަލް އެވެއަނަސް، އައިސީޓީ އަދި އިންގްލިޝް ލިޓްރޭޗަ' ކިޔަވައިދޭ ކަމަށް ދިމްނާ ބުންޏެވެ.

"އަޅުގަނޑުގެ ދަރިފުޅަށް އެންމެ ކަމުދާ މާއްދާތައް އެއީ. މި މާއްދާތަކުގެ ތެރެއިން އެހާ ތުއްތުއިރުގައި ވެސް ދަރިވަރުން ދުނިޔޭގެ ކަންކަމަށް ވަރަށް ބޮޑަށް ލޯހުޅުވިގެންދޭ. އަދި އައިސީޓީ ފަދަ މާއްދާތަކުގެ ތެރެއިން ކޮމްޕިއުޓަ ލިޓްރަސީ ކުދިންނަށް ދަސްވޭ،" ދިމްނާ ވިދާޅުވި އެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް ސައުދުﷲ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް އަހަރަކީ މިފަދަ އިތުރު ހާއްސަ މާއްދާތަކެއް މުޅިން އަލަށް ދިވެހިރާއްޖޭގެ ސްކޫލެއްގައި ވެސް ތައާރަފްކުރެވޭ އަހަރެކެވެ.

"މި އަހަރު ސްކޫލްގައި މުޅިން އަލަށް ތަފާތު ކަންކަން ތައާރަފްކުރުމުގެ މަސައްކަތް ދަނީ ކުރިއަށް. ހާއްސަ އެއް ކަމަކީ މެދު މަދަރުސީ ދަރިވަރުންނަށް ހާއްސަކޮށް ތައާރަފްކުރާ ކެމްބްރިޖްގެ 'ވެލްބީއިންގް' އަދި 'ޑިޖިޓަލް ލިޓްރަސީ' މި ދެ މާއްދާ ކިޔަވައިދޭން ފެށުން. މި މާއްދާގެ ތެރެއިން އަޅުގަނޑުމެންގެ އުއްމީދަކީ، ދަރިވަރުންނަށް ކުރިއަރަމުންދާ މި ދުނޔޭގެ ޓެކްނޮލޮޖީތައް ޒިންމާދާރު ގޮތެއްގައި ބޭނުންކުރުމަށް ކުދިންނަށް ދަސްކޮށްދީ، އެ ކުދިންގެ މައިންބަފައިން އުޅެ ބޮޑުވި ދުނިޔެ އާއި ހާސްބައި ތަފާތު، އަދުގެ ދުނިޔެއަށް އަންނަމުންދާ ހަލުވި ތަރައްގީތަކަށް ދަރިވަރުން އަހުލުވެރިކުރުވުން،" ސައުދުﷲ ވިދާޅުވި އެވެ.

ކިޔަވައިދިނުމުގެ އިތުރަށް ސްކޫލްގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކަކީ ދިމްނާ ދެކޭ ގޮތުގައި ސްކޫލްގެ ވަރަށް ހާއްސަ އަދި ތަފާތު ސިފައެކެވެ.

ދަރިވަރުން ބޭނުން ކްލަބެއް ހިޔާރުކުރެވޭ ގޮތަށް ހުންނަ ޗެސް، ކެރަމް އަދި މާޝަލް އާޓްސް ފަދަ ކްލަބްތަކަކީ އެކަމާ ގުޅޭ ގޮތުން ކޯޗުން ނުވަތަ އެސޯސިއޭޝަންތަކާ ގުޅިގެން، ސްކޫލް ނިމޭ ގަޑިއަށް އަމާޒުކޮށް ކުރިއަށްގެންދާ ކްލަބްތަކެވެ. ސްކޫލްގެ މުދައްރިސުން ސީދާ ކުރިއަށްގެންދާ ފޮޓޯގްރަފީ، ކުކިން، އާބަން ގާޑަނިން، ޑިޖިޓަލް އާޓްސް އަދި ރޮބޮޓިކްސް ފަދަ ކްލަބްތައް ހިމެނެ އެވެ.

އެހެން ބައެއް ސްކޫލުތަކާ ޚިލާފަށް ބިލަބޮންގް ސްކޫލުން ކުޅިވަރުގެ ހަރަކާތްތަކަށް އިތުރު ފީތަކެއް ނުނަގަ އެވެ.

މިގޮތުން ކޮންމެ ދަރިވަރަކަށް ވެސް މަދުވެގެން އެއް ކުޅިވަރުގައި ބައިވެރިވުމަށް ސްކޫލުން މަގުފަހިކޮށްދޭއިރު ފުޓްބޯޅަ، ބާސްކެޓް، ޓޭބަލް ޓެނިސް، ބެޑްމިންޓަން އާއި ސްވިމިން އަދި އެތްލެޓިކްސް ފަދަ ހަރަކާތްތައް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދެ އެވެ. ތަފާތު އެކަޑަމީތަކާއި ގުޅިގެން ގެންދެވޭ މިފަދަ ހަރަކާތްތައް ބާއްވަނީ ކުޅިވަރުގެ ތެރެއިން، ދަރިވަރުންގެ ސިއްހީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގެ ބޭނުމުގަ އެވެ.

"ސްކޫލް މިހާރު ވެފައި މި އޮންނަނީ ހަމައެކަނި ކިޔަވަން އަންނަ ތަނަކަށް. އަޅުގަނޑު ދެކޭ ގޮތުގައި ސްކޫލް ވާންޖެހޭނީ ކިޔެވުމުގެ އިތުރަށް ކޮންމެ ދަރިވަރަކަށް ވެސް އެ ކުއްޖެއްގެ ހުންނަ އަމިއްލަ ހުނަރުތަކާއި އުކުޅުތައް އިތުރަށް ތަރައްގީކުރުމުގައި ވެސް މަގުފަހިކޮށްދޭ ތަނަކަށް. ވަށާޖެހޭ ތައުލީމެއް ލިބުމަކީ އެއީ. އެހެންކަމުން، ސްކޫލްގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތައް ވާން ޖެހޭނީ ކިޔެވުމެކޭ އެއްވަރަށް އަހައްމިޔަތުކަން ދޭންޖެހޭ ކަމަކަށް." ސައުދުﷲ ވިދާޅުވި އެވެ. ސްކޫލްގެ އެޑްމިޝަނަށް މިހާރު ވެސް ވަނީ ހުޅުވާލައިފަ އެވެ. މިގޮތުން، އައިލޭންޑާސް އެޑިއުކޭޝަންގެ ވެބްސައިޓް www.islanderseducation.com/admissions މެދުވެރިކޮށް އެޕްލިކޭޝަން މިހާރު ވެސް ހުށަހެޅޭނެ އެވެ.

އެޑިޓާސް ނޯޓް: މިއީ ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.